ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއީލުގެ ޝިޕިންގް ކުންފުނި ‘ޒެޑްއައިއެމް’ ގެ ބޯޓުތައް މެލޭޝިއާގެ އެއްވެސް ބަނދަރެއްގައި ބަނދަރުކުރުން މެލޭޝިއާގެ ސަރުކާރުން މަނާ ކޮށްފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބުރާހީމް މިއަދު ވިދާޅުވީ އެ ކުންފުންޏަށް މެލޭޝިއާގައި ބަނދަރު ކުރުން ދާއިމީ ކޮށް މަނާކުރުމުގެ ނިންމުން ވަގުތުން ތަންފީޒުކުރަން ނިންމާފައިވާ ކަމަށެވެ.

ހަމަ އެއާއެކު ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއީލުގެ ދިދަ ނެގި އެއްވެސް އުޅަނދެއް މެލޭޝިއާގައި ބަނދަރު ކުރަން ހުއްދަ ނުދޭނެ ކަމަށްވެސް އަންވަރު ވަނީ ވިދާޅުވެފައެވެ.

އަދި އޭގެ އިތުރުން ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއީލަށް ދަތުރު ކުރަމުންދާ އެއްވެސް ބޯޓަކަށް މެލޭޝިއާގެ ބަނަދަރުތަކުން މުދާ އެރުވުންވެސް މަނާ ވާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މި ނިންމުމާއެކު މީގެ ކުރިން ޒެޑްއައިއެމް ގެ ބޯޓުތަކަށް މެލޭޝިއާގައި ބަނދަރު ކުރުން ހުއްދަދިން ކެބިނެޓްގެ ހުރިހާ ނިންމުންތައް ބާތިލުވާނެ ކަމަށެވެ.

”މި ކުންފުނީގެ ބޯޓުތަކަށް މެލޭޝިއާގައި ބަނދަރުކުރަން ކެބިނެޓުން ހުއްދަ ދޭން ފެށީ 2002 ވަނަ އަހަރު. 2005 ވަނަ އަހަރު ކެބިނެޓުން ވަނީ އެ ބޯޓުތަކަށް މެލޭޝިއާއަށް އަރަން ހުއްދަ ދީފައި. އެކަމަކު މިހާރުގެ ސަރުކާރުން މިވަނީ ކެބިނެޓްގެ ކުރީގެ ހުރިހާ ނިންމުންތައް ބާތިލު ކުރަން ނިންމާފައި.” އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މި ނިންމުމަކީ ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއީލުގެ އަމަލުތަކުގެ ސީދާ ރައްދެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. ޔަހޫދީ ނުލަފާ ދައުލަތް އިސްރާއީލުން ދަނީ އިންސާނީ އުސޫލުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވެ، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރިކަން ދައްކާ ގަތުލު އާންމުތައް ހިންގަމުން ކަމަށްވެސް އަންވަރު ވިދާޅުވެފައި ވެއެވެ.

މި ނިންމުމުގެ ސަބަބުން މެލޭޝިއާގެ އެއްވެސް ވިޔަފާރިއަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އޮބައޮތް ކަމަށްވެސް މެލޭޝިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މެލޭސިއާ އަކީ މެޖޯރިޓީ މުސްލިމު ގައުމެކެވެ. އެހެން ދީން ތަކުގެ ރައްޔިތުން ވެސް ގިނަ އަދަދަކަށް އުޅެމުންދާ މެލޭޝިއާގައި އަބަދުވެސް ވެރިކަން ކުރަނީ މެޖޯރިޓީ އޮންނަ މުސްލިމް ދަރިކޮޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުސްލިމުންނަކީ އެއްބައެއް

    ވ. ރަގަޅު.
    އިސްލީމީ ޤައުމުތަކުން ސީދާގޮތުންނާއި ނުސީދާގޮތުންވެސް މުސްލިމުންގެ އަދުއްވުންނާ ދެކޮޅުވާންޖެހޭނެ.
    އެކަން އެމީހުންނަށްވެސް އެނގެންވާނެ.
    ހަމައެކަނި ހަރުކަށި އިބާރާތުން ކުށްވެރި ކޮށްލުމަކީ 5 އަހަރުގެ ކުއްޖަކަށްވެސް ކޮށްލެވޭނެ ކަމެއް. އޭގެ ބަދަލުގައި މުސްލިމުން އެކަތިގަނޑަކަށްވާންޖެހޭ.
    ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައިވެސް މުސްލިމުންނާ ދެކޮޅަށް ކުރާ ކަންތައްތަކަކީ ބަލައިނުގަންނަ ކަންތައްތައްކަން އަމަލުން ދައްކަންޖެހޭނެ.

  2. އިބްރާހިމް

    މަރުޙަބާ މެލޭޝިއާގެ ތިޔަފިޔަވަޅަށް.

    18
    1
  3. ދޯހަޅި

    މަރުހަބާ

    17
  4. ހަސަން

    އަޅުގަނޑުމެން ދިވެހިންވެސް މުސްލިމުންގެގޮތުއި ކުރެވެންއޮތްކަމެއް ކުރީމަ ހަނގުރާމަ ހުއްޓުވޭނީ!

    16