ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް ހިދުމަތްތަކެއް ކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެއެވެ.

އުމުރުން 66 އަހަރުގެ އަހުމަދު އަލީ ނިޔާވީ މާލެ ވަޑައިގެން އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ. ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް ހެއްދެވި އަހުމަދު އަލީ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަން އެނގިފައިވެއެވެ.

ތައުލީމީ ދާއިރާއާ 1979 ވަނަ އަހަރު ގުޅިވަޑައިގެންނެވި އަހުމަދު އަލީ އެންމެ ފުރަތަމަ އަދާކުރެއްވީ ބ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ. އެ ސްކޫލުގައި އަހަރެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި ބ. އަތޮޅު ތައުލީ މަރުކަޒުގައި ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ.

ސްކޫލުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި އިރު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައިސާގެ ކަންކަމާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވިއެވެ. މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު އޭނާ އެންމެ ފަހުން އަދާކުރެއްވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އެހެންކަމުން އަހުމަދު އަލީ ވަނީ ތައުލީމީ ދާއިރާ އަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ސްކޫލަށް ލިބުނު ހުރިހާ ކުރިއެރުމަކާއި ސްކޫލު ތަރައްގީ ކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި އެއް ބޭފުޅަކީ އަހުމަދު އަލީއެވެ. އޭނާގެ މަސައްކަތުން މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒު ވެފައި ވަނީ މެދު ރާއްޖެ ތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލަށެވެ.

އަހްމަދު އަލީ ނިޔާވި އިރު އޭނާގެ ތިން ދަރިންނާއި ދެ އަނބިން ދުނިޔޭގައި އެބަތިބިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފާއިޒު

    ޥަކިވެގެން އެދިޔައީ ވަރަށް ގާތް އަޚެއް. އަޙްމަދު ޢަލީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި.

    11
  2. ހުސްބަސްތީ

    އަހުމަދު އަލީ އަކީ ބ.އަތޮޅު ތައުލީމީ މަރުކަޒު ގެ ހުރިހާ ކާމިޔާބަކާއި ގުޅުފައިވާ ބޭފުޅެއް، އެމަރުކަޒު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއްކުރެއްވި ބޭފުޅެއް ޔާﷲ މަރުހޫމުގެ ފުރާނަޔަށް ސުވަރުގޭގެ ނިއުމަތް މިންބަރުކޔރައްވާށި އާމީން

  3. އޯމައި ޑޭސް

    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ .

    16
  4. ަާ ަ \

    މަރްޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭއިން މަތިވެރި ދަރަޖަ މިންވަރު ކުރައްވާށި އާމީން !

    20
  5. އަހްމަދު އިސްމާޢީލް

    މަރުހޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.އާމީން!

    23
  6. ރާޢިމް

    އަޙްމަދު ޢަލީގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

  7. ފައިނު އިބްރެ

    ވަކިވެގެންއެދިޔައީ ބ.އަތޮޅު ތަޢުލީމީ މަރުކަޒޭ ބުނެވިދާނެ.އެހާވެސް ބޮޑު އެތަނުގެ ޚިދްމަތްތެރިއެއް.
    މާތްﷲ އެ މަރްޙޫމުގެ ފުރާނަ ފުޅަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވަވާށިއެވެ. އާމީން

  8. އަބްހަ

    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ .
    ވަރަށް ހެޔޮ މީހެއް،، ރަގަޅު ރަހްމަތްތެރިއެއް...

  9. ސައީދު

    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ