މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ފާހިޝް އަމަލުތައް ހިންގަމުން އަންނަ ތަންތަން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް މި ސަރުކާރުގެ ކޮމިޝަރ އޮފް ޕޮލިސް، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަގާމާއި ހަވާލިފަހުން ކުރުމަށް ނިންމާފައިވާ ބައެއްކަންކަން ޝުޖާއު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޝުޖާއު ވަނީ މާލޭގައި ސްޕާތަކުގެ ނަމުގައި ހިންގާ ތަންތަން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ޝުޖާއު ވިދާޅުވީ، އެފަދަ ތަންތަން ހުއްޓުވުމުގެ މަސައްކަތް މިހާރު ވެސް ފެށިފައިވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އެފަދަ ވިޔަފާރިތައް ހިންގާ، އޭގެއިން ނަގާ ލިބޭ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"ގްރޭޓާ މާލެ ސަރަހައްދުގައި ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމަށް ހާއްސަ މަސައްކަތެއް މިހާރު ވެސް ވަނީ ފެށިފަ. އަދި އެފަދަ ވިޔަފާރިތައް ހިންގާ މީހުންނާއި އޭގެ ނަފާ ލިބޭ މީހުން އަޅުގަނޑުމެން ބަލާ ފިޔަވަޅު އަޅާތަން ފެނިގެންދާގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެ" ޝުޖާއު ވިދާޅުވިއެވެ.

ާމާލޭގައި ސްޕާތަކުގެ ނަމުގައި ފާހިޝް އަމަލުތައް ކުރާ ތަންތަން ގިނަ ކަން ވަރަށް ގިނައިން ދެކެވެއެވެ. އަދި އެފަދަ ތަންތަނަށް ފުލުހުން ރެއިޑްކޮށް މީގެ ކުރިން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެފަދަ ތަންތަނާއި ދެކޮޅަށް ފުލުހުން އޮޕަރޭޝަންތައް ހިންގައި މީހުން ހައްޔަރު ކުރި ނަމަވެސް، އަދިވެސް އެފަދަ ތަންތަން މާލޭ ސަރަހައްދުގައި ހިންގާ ކަމަށްބުނެ އެތަކެއް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޥައުދުބޮޑޭ

    އަޅަނީ އަޅަނީ އަޅަނީ، މި ކޮންމެ މީހަކަށް މަތީމަޤާމަކަށް އާދެވޭއިރަށް ރައްޔިތުންނަށް ވަރަށް ހުވަފެންދައްކާނެ. ވާކަމެއް ސެވަން ހަރާމުން ހަރާމް. ދެދުވަސް ނުވަނީ ގޮތްނޭނގޭ ނުފޫޒެއްގެ ބާރުގައި ޖެހި ހުރިހާ ހުވަފެން ވާނީ ބިލާހަކަށް.

  2. ހުސޭނުބޭ

    އެބަ ރަގަޅުވޭ! ކުރިޔަށް ކުރިޔަށް!

    34
    7
    • ދޯދީ

      އަހަރެން ދަނީ ގުރަހަ އަށް ވަރަށް ފައްކާ މޮޑޭ ލެއް

  3. ވަޠަން

    ސާބަސް. ސީޕީ. ސާބަސް ރައީސް.

    35
    6
  4. އަހުމަދު

    ފާހިޝްކަންތައް ފާޅުގައި ކުރަންޏާ ކާފަރުބައެއްގެ އަޅުވެތިކަމަކަށް ގޮސްދާނެކަމަށް ރެޑީވެ ތިބޭތި!

  5. މަ

    މަ ހާދަ ލޯތްބެއް ވެޔޭ !!!! ކީޕް އިޓް އަޕް!!!!

    11
  6. Anonymous

    މުސްލިމު ޤައުމެއްމީ.
    މުޖުތަމައު އިސްލާޙް ކުރުމުގައި ކޮންމެ ކަމެއް ކުރަން ޖެހުނަސް ފަސްޖެހިގެން ނުވާނެ. ޝުކުރިއްޔާ ހިތްވަރުގަދަ ސީޕީއަށް.

    19
  7. ނޯޓީ

    ފުރަތަމަ އެހެންކަންކަން ވެސް ރަނގަޅު ކުރަންވެސް އުޅެބަ.އެކަން އެކަންޏެއް ނޫން

  8. ނަނަނަ

    ހެޑްލައިންތައް މިދުވަސްކޮޅު ހާދަ ސަޅިއޭ! ޝުކުރިއްޔާ ނޫސްވެރިން.

  9. ާާާޢަލީ

    އަންހެނުން ފިބޭތަނެއްގަ ފިރިހެނުން މަސާޖުކޮށް ތެޔޮދަމާހެދުމުގެ ޚިދުމަތްދޭ އެއްވެސް ތަނެއް ނުބަހަށްޓަވާތި..ތިކުރާހިތްވަރަށް ސާބަސް..

    15
  10. ބަބޫ

    ދެން ގައިގެ ރިހުންތައްވެސް ފޮހެ ނުލެވޭނެ

  11. އައްލާގެ އަފީފް

    ސ.ހެރެތެރެ ރިސޯޓްގައި މަސްތުވާތަކެތި ވިޔާފާރި ކުރާ މީހުން ފިލާފަ އެބަތިބި ލަންކާ މީހުންނާއި ގުޅިގެން މުސްލިމް ކިޔާ މީހަކު މިކަން ފުޅާ ދާއިރާއެއްގައި ކުރަމުން ދަނީ މިކަމުގައި ސ.ހުޅުދޫގައި ހުންނަ ވިލުނު ސެންޓަރުގެ ކްލިނިކަލް އޭޑީގެ އެއްބާރުލުމާއި އެހީތެރިކަންވެސް ލިބޭ އަދި އެ ސެންޓަރުގައިވެސް މަސްތުވާތަކެތި ވިޔާފާރި އެބަ ހިންގާ މިކަން ބަލާބަލަ