ގދ. ވާދޫ ކައުންސިލްގައި މުވައްޒަފުންގެ ޒާތީ ކޯޅުމުގެ ސަބަބުން އިދާރާ ހުއްޓުމަކަށް އައިސްފައިވާތީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިންކުއަރީއެއް ހަދަން ނިންމައިފިއެވެ.

އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވާދޫ ކައުންސިލްގައި ކައުންސިލަރުންނާއި މުވައްޒަފުންގެ ޒާތީ ކޯޅުން ބޮޑުގެ އިދާރާގެ މަސައްކަތަށް އޭގެ އަސަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް އެލްޖީއޭގެ ބޯޑުގައި ވެސް އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ޓީމެއް ވެސް ވަނީ މިދިޔަ ހަފުތާގައި އެ ރަށަށް ގޮސް ތަހުގީގެއް ހިންގާފައެވެ. މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރިނަމަވެސް މައްސަލަ ހައްލު ނުވުމުން އެންމެ ފަހުން މަޝަވަރާތަކަށްފަހު އެލްޖީއޭއިން ނިންމީ މިކަމާއި ގުޅޭ ފުރިހަމަ އިންކުއަރީއެއް ހެދުމަށެވެ.

އެލްޖީއޭގެ ބަޔާނުގައި ބުނާގޮތުން ވާދޫ ކައުންސިލުގައި އަހްލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ ހިންގުން ހުއްޓި، މަސައްކަތްކުރާނެ މާހައުލެއް ނެތި، އާންމުންނަށް ދޭން ޖެހޭ ހިދުމަތްތައް ވެސް އޮތީ ހުއްޓިފައެވެ.

ކައުންސިލްގެ މުވައްޒަފުން އެކަކު އަނެކަކަށް ޖެއްސުން ކުރުމާއި ހަޑިހުތުރު ބަސްތަކުން މުއާމަލާތްކުރުމާއި ޒާތީ ގޮތުން ޖައްސާލައި އެއްޗެހި ކިޔުން ކަހަލަ ގިނަ މައްސަލަތަކެއް ވަނީ ހިނގާފައެވެ. އަދި ވާހަކަދައްކައިގެން ވެސް ކަންކަން ހައްލު ނުވާ ހިސާބަށް މައްސަލަތައް ވަނީ ހޫނުވެގެން ގޮސްފައެވެ.

ވާދޫ ކައުންސިލުގައި ޑިމޮކްރެޓްސްގެ ކައުންސިލަރެއްގެ އިތުރުން ދެން ތިބި ފަސް ކައުންސިލަރުންނަކީވެސް އަމިއްލަ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަމްކުޅިބޭ

    ތިޔަހުންނަނީ ދުނިޔޭގައިނެތްފެންވަރުގެ މާމޮޅު ގާނޫނު ރާއްޖޭގައި އޮންނާތީ ވާގޮތް. ރައްޔިތުންގެ މަޖިލީހަށް، ކައުންސިލަރުންނަށް އެއްވެސް ތައުލީމެއް އަޚްލާގެއް ތަނެއްދޮރެއްނޭގޭ އެބޯޅޭ މިބޯޅޭ މީހުނަށް ކުރިމަތިލެވޭ ގޮތަށް އޮންނާތީ ސިޔާސީ އޮއިވަރާއެކު މިހާރު ތިޔަ ތަންތަން ބަދަލު ވެފައިވަނީ ރޯނުގޭ ގެރިކޮށްޓަށް. އެތަނުން އަބަދުވެސް އިވޭނީ ގެރިފެލޭއަޑު.

    20
  2. ބަލިމަޑު

    ކާށިދޫ ކައުންސިލް ވެސް،، ތެޅޭ ފޮޅެނީ

  3. ހުސޭނުބޭ

    ޑިމޮކްރަސީ ދޮންވެ ފައްކާވެ ފަނިގިރާވަރު ވީމާ އެހެންވާނެ!

    9
    1
  4. Anonymous

    މާލޭގެ ބާރުދަށަށް ހުރިހާ ކައުންސިލެއް ގެނައުމަށް ގޮވަަލަން.…އޭރުން ހުދުގަމީސް ލާފަ ދަށައްޖަހާފަ ކޯޅެންތިބޭކަށް ނުކެރޭނެ.…

    1
    4
  5. ފާތުން

    ޕިސް ޕިސް ތެޅޭވައްތަރެއްދެން. ރައްޔިތުންނައް ޙިދްމަތްދީ ރައް ކުރިއަރުވަން އުޅެބަލަ. �

  6. މުހައްމަދު

    ކުރީގައި އޮތްގޮތް މާ ރަގަޅު. ކަތީބަކު ލާފައި ބަހައްޓަންވީ. ކޮން ކައުންސިލަރުންނެއް. ގިނަ ރަށްރަށުގައި އޮތީ ހަމަ އެހެން.

  7. ދަޅޭ

    ޚިދުމަތް ނުދެންޏާ، އެބަޔަކު ކަނޑާފައި އައިތާކަށް ފޮނުވާލާ! އޭރުން ތިކަން ނިމުނީ

  8. ސޮލާހު

    ތިކަން ހައްލުވާނީ، ހަންމުށިއަޅައިގެން. ދެނެއް ތިކަމެއް ހައްލެއްނުވާނެ. ތީ މިރާއްޖޭގަ ހިނގާނެ ކަމެއްނޫން. ދައުލަތަށްވުރެ މަތީގަ އެމީހުން އުޅޭނީ. ތިއޮތީއެއްނު ތިނަދޫ ކައުންސިލްވެސް. އެ ނިންމީއެއްނު ޖޫރިމަނާކުރަން. ބަލަ ގާނޫނުގަ އޮވެޔޭ ދިވެހިރައްޔިތުކަންވެސް ދޫކޮށްލެވޭ ގޮތަށް. ކޮންކަމަކާ ތިނަދޫ ރައްޔިތުކަން ދޫކޮށްލީމަ ޖޫރިމަނާ ކުރަންވީ. ފައިސާނަގަންވީ. ތިޔަ އާލާތުންވީ ހަންމުށިއަޅަން.

  9. Anonymous

    ތީއޭ ދިވެހިންގެ ފެންވަރަކީ، ފުނައޮށެއްވަރު ތަންކޮޅެއްގަ އެހާކާރީގަ އުޅޭއިރުވެސް ތީ ވާވަރު. ޓައީއަޅާފަ ދުފާރަތްކޮއްފަ އޮފީހައްހެނދުނުދިޔައީމަ ވީކީނޫނޭ.

  10. ޜިތަ

    ލޯކަލް ގަވަރމަންޓަށް ކުރެޥޭ މަސައްކަތަކީ ސަސްޕެންޑް ކޮށްފަ ޢެކަން ނޫހަށް އެންގުން. ނޫހުގެ ފަލަ ސުރިޚީއިން ޖާގަ ހޯދުން. ޢެތަނުން ކޮށްފަ ހުންނަ މަސައްކަތްތައް މިހާރު ހާމަވެސް ނުކުރޭ!!!