މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި 3:00 ޖެހުމާއި ހަމައަށް ވޯޓު ލާފައި ވަނީ 12،000 މީހުން ކަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރު ކަމަށް ކެންޑިޑޭޓަކު އިންތިހާބު ކުރުމާއި މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ފެށީ މިއަދު ހެނދުނު 8:00 ގައެވެ.

އީސީން އާއްމު ކުރި އެންމެ ފަހުގެ އަދާހަމަތަކުން ދައްކާގޮތުން 3:00 ޖެހުމާއި ވޯޓު ލާފައި ވަނީ 12،198 މީހެކެވެ. އެއީ ވޯޓު ލެވޭ އާބާދީގެ %21.78 އެވެ.

އެއީ 5،400 އަންހެނުންނާއި 6،798 ފިރިހެނުންނެވެ.

މިހާތަނަށް 43،804 މީހަކު ވޯޓު ލާފައެއް ނުވެއެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާއިރު، މި އިންތިހާބަށް މާބޮޑު ފޯރިއެއް ނެތް ކަމަށް ދައްކައެވެ.

ކެންޑިޑޭޓުން ފޯރިގަދަ ކެމްޕެއިނެއް ކުރެއްވި ނަމަވެސް ވޯޓުލާ މަރުކަޒުގައި ފޯރިއެއް ނެތް މަންޒަރު ފެނިގެންދާއިރު، ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާނެ މީހަކު ނެތި އޮތީ މުޅިން ހުސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    މިހާރު ވޯޓް ލައިގެން އެއްވެސް މީހަކު އެއްވެސް މާޤާމަކަށް ހޮވުމުގެ ބޭނުމެއް ނެއްކަން ރައްޔިތުންނަށް އޮޅުންފިލާއިފި! ވޯޓްލައިގެން މީހުން މަޤާމް ތަކަށް ހޮވީމާ ދެނީ މުޅިން " ދޯކާ " ! އެހެންވީމަ ވޯޓްލާން ދާނެ މާގިނަމީހުނެއް ނުވާނެ !