ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ އެކުގައި އެއްބަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންވާނީ ތުރުކީއާ އެކީގައި އެބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ." ރައީސް ވިދާޅުވިއެވެ.

އެއާ އެކީގައި ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބިސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއެއް، 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރާނެ. އަދި މީގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ފައި މައްޗަށް ބަރޯސާ ވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސާހިބާ

    ތިޔައީވަރައްއުފާވެރިވާހަކައެއް
    މާތްﷲއަށްހަމްދުކޮށްއެކަލާގެޝުކުރުކުރުމާއިއެކުމިފަދަރައްޔަތުންނާއިގައުމުދެކެލޯބިވާވެރިއަކުލިބުނުކަމައްޓަކާމާތްﷲއަށްޝުކުރުދައްނަވަން

    79
    1
    • ތތތ

      ލިޔަން ދަސްކޮއްބަލަ

      10
      6
      • ޢަބްދުﷲ

        "ސްޕޭސް ބަޓަން" ހަލާކުވެފަ ތޯއްޗެއް!! އ.ހ

        6
        1
        • ބޯކިބާ

          އިސްކިރީނު ހަލާކުވެފަކަންނެ އެއުޅެނީ، ގައިމު އެހެންނޫންނަމަ ފެންނާނެތާ.

      • އަލީ

        ދެން އެހެންވީމާ ތިބޭފުޅާ ދަސްކުރަންވީ އުނގަންނައި ދޭނެ ގޮތް. އޭރުން ރީތިކޮއް ލޯބިން ބުނެދޭން އިނގޭނެ

    • ވާނުވާ

      ސަރުކާރުގެ ހަރަދުގަ މިސޮރަށް "ސްޕޭސް ބަޓަން" އެއް ހަދިޔާކޮއްބަލަ.

  2. Anonymous

    ބަސްތާއެއ

    16
    1
  3. ގޯނިބޭ

    ބަސްތާއެއްނޫން. 10ކިލޯގެހުންނާނީ ކޮތަޅު.

    16
    23
  4. ޢާލް

    ގޯނިބެއަށް ތިއޮތީ އޮޅިފަ. ކުދި ބަސްތާ ހުންނަކަން ނޭންގެނީތޯ. 10 ކިލޯގެ ހަނޑޫ ބަސްތާ ހުރޭ ދެލޯފުޅާ.

    37
    4
    • ޢެމްއެސް

      ބަސްތާ ކިޔަނީ ވަކި ގޮތަކަށް ބަންދުކުރީމަ ކޮތަޅު ކިޔަނީ ވެސް އެގޮތަށް ކޮތަޅު ހުންނާނީ އައްސާފައި ބަސްތާ ހުންނަނީ ފަހާފަ!

      9
      1
  5. އިބޫ

    ރޯދަ އެލަވަންސް 10000 އަށް ބޮޑު ކޮށްދީ

    27
    12
    • ޙެހެހ

      ތިއުޅެނީ ލާރިކޮޅުގައި ޗުއްޓީއަށް ކަނޑާލަން ، ވަރަށްގިނަ ދިވެހިން ކުރާކަމެއްތީ ! ޢަދި މިފަހަރު ރޯދައިގެ ފަހު 10 އެއް އޮފީސްތައް ބަންދުކޮށްދިނީމަ ދިވެހިންގެ އީމާންތެރިކަން ބަލާލަންތިބެބަލަ ، ޔަޤީން ނާޗަރަންގީއަށް ދަތުރުކުރާނީ

      6
      2
  6. ަމަގޭ

    ކޮބާ ހަކުރު؟ ރޯދަމަހު އެންމެ ގިނައިން ގިރާނީ ފަނި ހަކުރު އަޅައިގެން.

    12
    3
    • ބެއްޔާ

      ހަކުރަކީ ސިއްހަތަށް ވަރަށްގެއްލުންހުރިއެއްޗެއް. މިސަރުކާރުންބޭނުންވަނީ ދުޅަހެޔޮ ސިއްހަތުގައި ރައްޔިތުން ތިބުން.

      11
  7. ޠުުުކޮޮ

    ބޭނުމެއްނޫން

    3
    8
  8. 1960ގެ އަހަރުތަ

    މިއަކީ 60ގެ އަހަރުތަކެއްނޫން ދެއްތޯ މިއުޅެނީކީ 10ކިލޯ ހަނޑޫ ހަކުރު ފުއް ނުލިބިގެނެއްނޫން، ތިލިބޭ މީހުންނަށް ވުރެ ތިބަހަން ތިބޭ މީހުންނަށް ދޭންޖެހޭ އުޖޫރަބޮޑުވާނެ، ރައްޔިތުންނަށް ރޯދަމަހަށް އެއްޗެއްދޭންބޭނުންނަމަ ކޮންމެ ގެއެއްގެ ކަރަންޓުބިލުން ކުޑަވަރެއްގެ ލުއިކަމެއް ދިނުންމާ މުހިއްމު ނޫންތޯ!

    29
    6
    • ޙމމމމ

      ޙަމަަ އެއްގޮތެއްް ވާނީ

  9. نسيم

    ކަރަންޓް ބިލް ފެންބިލްގެ ކަންތައްވެސް ހަމަޖެހޭނެެ
    إن شاء الله ރައްޔަތުންނަށް އޮތީ الله އާ އެކަލާންގެ ،رسول އާ ދެއްކެވި މަގުގައި ސާބިތުވެ ތިބުން

    14
  10. ސަރަފަކައްދަ

    މަނިކުފާނޫ! އަދި ރައްޔިތުން ބަނޑަކަށް ނުޖެހޭ! ހާދަ ދަށު ދަރަޖަ އަކަށް މި ޤައުމުގެ ރައްޔިތުން ތި ވައްޓާލީ!

    3
    12
    • ޑީޑީ

      ދެލޯފުޅާ ބަޑައްޖެހުނީމަ އެކަނި ތިބޭފުޅާ ބައްލަވާ އެއްޗެއްތޯއެއީ؟

  11. ހައުސްހޯލްޑް

    ކޮންމެ ހައުސް ހޯލްޑަކަށް އެޓްލީސްޓް ދެއްވާނެކަމަށް މި ބަލަނީ

  12. މަ

    ފަލަސްތީނުގެ ރައްޔިތުންނަށް ދޭންވީނޫންތޯ