ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން ކަމަށާއި މިއީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ބެލެވޭ ގޮތުގައި ރައީސް މިހެން ވިދާޅުވީ އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށެވެ. ކުރީ ސަރުކާރުން އިންޑިއާއެކީ ގާތް ގުޅުމެއް ބަދަހިކޮށްފައިވާއިރު މި ސަރުކާރުން ދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ދާދި ފަހުން ފެންމަތިވި ލަކްޝަދީޕް މައްސަލައިގައިވެސް އިންޑިއާގެ ރައްޔިތުން ދަނީ ރާއްޖެ ބޮއިކޮޓްކޮށް ރާއްޖެއާ ދެކޮޅަށް ވާހަކަތައް ދައްކަމުންނެވެ. އަދި އިންޑިއާ އިން އެހީ ނުދޭނަމަ ރާއްޖެ ހާލުގައި ޖެހިދާނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ގޮތުގައި ރާއްޖެ ސިފަކޮށް އިންޑިއާ ރައްޔިތުން ދަނީ މީސްމީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ފެށުނީއްސުރެ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެއްވެސް ގައުމަކުން ނަގާނުލެވޭނެ ކަމަށެވެ. ބޭރު ގައުމުތަކާއެކީ ގާތް ގުޅުމެއް ބޭއްވިކަމުގައިވިޔަސް ރާއްޖޭގެ ކަންކަމުގެ ތެރެޔަށް އެހެން ގައުމުތަކުގެ ނުފޫޒު ވަނަ ނުދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ކިތަންމެ ކުޑަ ޖަޒީރާ ގައުމުތަކެއް ކަމުގައިވިޔަސް ރާއްޖޭގެ ކަނޑުގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މި ކަނޑުގައި، ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް އެކްސްކްލޫސިވް އިކޮނަމިކް ޒޯން ވަރަށް ބޮޑު، ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ ކަނޑަކީ ހަމައެކަނި ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށް ވެސް ރައިސް ވިދާޅުވިއެވެ.

"ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ނިސްބަތްވާ ވަށައިލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަނީ ހަމައެކަނި އިންޑިއާއިން ކަމުގައިވިޔަސް މިހާރުން ފެށިގެން ތުރުކީއިން ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ބޭސްފަރުވާއަށް ވެސް އާސަންދައިގެ ދަށުން އިންޑިއާ އިން އެކަނި ފަރުވާ ލިބުމުގެ ބަދަލުގައި ތައިލެންޑް އަދި ދުބާއީ ފަދަ ގައުމުތަކަށް އާސަންދަ ހަމަޖައްސައި ދޭން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ މާޗްއިން ފެށިގެން އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުން ނުކޮށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ރައީސް ވިދާޅުވީ އެއްގައުމަކަށް ބަރޯސާވެފައި އޮތް އޮތުން މި ސަރުކާރުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މިހާރު އޮތީ ޗައިނާގެ ބެކްޔާރޑް ގައި

    އިތުރުފުޅު ނުހައްދަވާށެވެ!

    7
    40
  2. ސާބަހޭ

    ސާބަހޭ ސާބަހޭ

    51
    4
  3. ޢަހުމަދު

    ސާބަހޭ ރައީސް ތިޔައީ ބަތަލެއް

    55
    5
  4. ޢެމް

    ސާބަހޭ މިގައުމުގެ ހިންގުންތެރި ރައީސް!

    54
    4
  5. Anonymous

    ސާބަހޭ ރައީސް

    51
    3
  6. ޞިނާ

    ސާބަހޭ! ޕްރޯމޯލްޑިވްސް ބޭފުޅެެއްތީ....އެމް.ޑީ.ޕީ ސަރުކާރުތަކުގަ ވެރިންނަށް ތިބީ ބީތާ އިން....ކުރިން މަށަކީ އެމް.ޑީ.ޕީ މީހެއް. އެކަމް މިއަދައްފަހު މިހުރީ ރައީސްގެ ފަހަތުގަ....

    54
    3
  7. އަހުމަދު

    ސާބަސް ރައީސް.....
    ތި ކަހަލަ ވެރިންނޭ އަހަރެމެން ބޭނުންވީ...
    ރިޒުގު ދަތިކުރައްވައި ރިޒުގު ތަނަވަސް ކުރައްވަނީ މާތްﷲ އެވެ. އެއީ އިންޑިޔާ އަކަށް ކުރެވޭނެ ކަމެއްނޫން.. މި ގައުމުގެ ބަޔަކު އިންޑިއާ ވަރުނެތިގެން އުޅުނަކަސް އެއީ މުސްލިމުންގެ އަދާވަތްތެރިން..
    "އިންޑިއާ މިލްޓަރީ އައުޓް"

    60
    1
  8. އއއ

    ވަރައްރަނގަޅު ނިއްމުމެއް.

    54
    3
  9. މުޙައްމަދު

    ސަރުކާރުން ތިވަރުގެ ނިއްމުމެއް ނިންމާނީ ކޮންމެވެސް ކަމެއް ވަރަށް ގޯސްވެގެން. އިންޑިޔާގެ ބޭސް ތަކަށްވުރެން ޔޫރަޕްގެ ބޭސްތަް މޮޅުވާނެ. ރަގަޅު ނިންމުމެއް.

    57
    1
  10. ގުރައިދޫ އުސްމާނު

    މަނިކުފާނު ތިޔަ ހެއްދެވީ ގޯހެއް. ވަރަށް ބޮޑު ގޯހެއް. މި ޤައުމުގެ ފަސްގަނޑުގައި އުޅެވެން ނެތިގެން ބޭސްފަރުވާއަށާއި ތައުލީމު ހޯދުމަށް ގޮސް އިންޑިޔާގައި ވަޒަންވެރިވެފައިވާ ދިވެހިން ތި ވައްޓާލީ އަނދިރި ވަޅުގަނޑަކަށް. މަނިކުފާނު ވެރިކަމަށް ގެންނަން ވޯޓު ދެވުނީތީ ހިތާމަކުރަން. ތިޔަ ހެއްދެވީ ބޮޑު ގޯހެއް

    15
    80
    • ފަރުހާދު

      ރާއްޖޭގެ މައިނާރުގައި ހިފާ ފިތަން ފެށީމާ، މަޑުން ނެން ނޯންނާނެދޯ. އެކަން ތިބާއަށް ނުވިދްނޭތޯ

      16
    • ެމުހަަަަަައިމިން 7746709

      އިންޑިޔާ ގެ އެތްތަ ރަތްއިޔަތުން ނެ މިރާއްޖެ ގަ ދިރި އެއްބައުލާ އަދި ވަޒީފާ ތަކުައްގެ ވެސް.

      10
  11. Anonymous

    އިންޑިޔާގެ ހުރިހާ ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓުކުރަންގޮވައި ރާއްޖެ ދެންޖެހޭނީ ސަލާން ޖަހަންށޭ ގޮވައި ކާޓޫނުހަދައި ޖޯކުޖަހަމުން ދުވަނީ އެމީހުން ގަބޫލުކުރާގޮތުގައި ރާޢްޖެއަކީ އިންޑިޔާގެއަޅެއް. އިންޑިޔާޢިން ބުނިހާ ގޮތެއް ހަދަން ޖެހޭނެ.

    އިންޑިޔާއިން ބޭސްފަރުވާ ކުރުން ހުއްޓާލައި އެހެން ގައުމުތަކަށް ޑައިވާޓް ކޮށްލިޔަސް ސައުތު އިންޑިޔާއަށް ލޮޅުން އަރާނެ. ދިވެހިންނަށް ރިޒުގު ދެއްވަނީ އިންޑިޔާއަކުން ނޫން. ދިވެހިންނަށް ލިބެން އޮތްރިޒުގެއްގައި އިންޑިޔާއަށް އަތްއަޅައިގެން ނުތިބެވޭނެ.

    ރާއްޖެއަށް ބޮޑު ހަރަދުގައި އިންޑިޔާގެ ފޭކް ބޭހާއި ފޭކް ޑޮކްޓަރުން ގެނަޔަސް އަހަރުމެން ދިވެހިން އިންޑިޔާއަށް ގޮސް އެތަންތަނުގެ ހުންނަ އަގަށްވުރެބޮޑު އަގުގައި ބޭސްކުރަނީ ފޭކް ލާރިދީދފައެއްނޫން.

    19
  12. ހަމީދު

    ސާބަސް ރައީސް. މަނިކުފާނަކީ މި ލޮބުވެތި ޤައުމު ބޭނުންވާ ފަދަ އިޚުލާސްތެރި، ގައުމު ދެކެ ލޯބިވާ ވެރިއެއް. އިންޑިޔާ އުޅެނީ އޮޅިގެން. އެމީހުންނަށް ވެސް ލިބޭ ބޮޑު ގެއްލުމަކަށްވާނެ ރާއްޖެއާ ޖައްސާލައިގެން އުޅުން. އިރާދަކުރެއްވިއްޔާ މިފަހަރު މޯދީގެ ވެރިކަން ވެއްޓޭނެ. ތިއޮއް ބޮޑު ކެރަލާ ބިނާ ކުރީ ދިވެހިްނޭ ބުންޏާސް ދޮގަކަށް ވުވާނެ. އެކަމަކު ވެސް ހަތަރު ވަރކަށް ފިލްމުސްޓާރުން ކެމްޕޭން ކުރުމަކުން ވާނެ ބޮޑު ފައިދާ އެއް އެމީހުންނަކަށް ވެސް ނެތް.

    15
  13. ސަރަފަކައްދަ

    މި ޤައުމުގެ ރައްޔިތުން ހަފުސްވީ! މޮޔައެއްގެ އަތައް ޙަންޖަރެއް ދިނުމުން ވާނެ ހަތަރެއްޗެވެ މި ނިމުނީ!

    2
    22
  14. ކަށިކެޔޮ އާދަނު

    ރައީސް މުއިއްޒުއެވެ. އަހަރެމެންނަށް ގައިންކަށިކޮޅެއްބިންދައިގެންވެސް ބެންކޮކަށް ނުވަތަ ޗައިނާއަށް ނޫނީ ޑުބާއީއަށް ދެވޭނެބައެއްނޫނެވެ. ނޫންނަމަ ލޮލަށްވެއްޓޭކުނިކޮޅުނަގަންވެސް ދުރުގައުމުތަކަށް ދެވޭނުބައެއްނޫނެވެ. މިބުނީ ވަރަށްގިނަވާހަކައެވެ. އިހުތިރާމް ގަބޫލުކުރަށްވާ މިނަށްވުރެން ބޯ ބޮޑުނުކުރައްވާށެވެ.!!

    2
    5
  15. ސަލީމް

    ޝުކުރިޔާ ޢިއްޒަތްތެރި ރައީސް މަނިކުފާނު ތިޔަސާބިތުކޮއްދެއްވަނީ އަޅުގަނޑު މެންނަކީވެސް ކިތަންމެ ކުޑަނަމަވެސް މިނިވަން ޤައުމެއްކަން ކިތަންމެ މީހުން ގިނަވެފަ ޤައުމުބޮޑަސް އަޅުގަނޑުމެންނައްވެސް އިހުތިރާމް ކުރަންޖެހޭނެކަން

  16. ހައްގު ބަސް

    ﷲ ގެ އިރާދަފުޅާއެކު ދިވެހިންގެ އުއްމީދު ތި ރައީސް އަކީ.