އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފައްޓަވާނެ ކަމަށާއި އެ ހިދުމަތް ފެށުމާ އެކު، އިންޑިއާ އިން ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އަމިއްލަފައިމައްޗަށް ތެދުވުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށެވެ. ދިވެހީންގެ ގާތްކަމާއި ބަދަހިކަން އޮންނާނީ ރާއްޖޭގެ ސިޔާސަތުތަކަށް ތާއީދުކޮށް އިހްތިރާމު ކުރާ ގައުމުތަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާޗް ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފައްޓަވާނެ ކަމަށެވެ. އޭރުން ބަލި މީހުން އުފުލުމަށް ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުން ނުކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިންޑިއާގެ އުޅަނދުގެ ބަދަލުގައި ބަލި މީހުން އުފުލަން ދެން ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭ-8 މަރުކައިގެ ފްލައިޓެއް ކަމަށެވެ.

"ބަލި މީހުން އުފުލަން އެއާ އެމްބިއުލާންސް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޥަރަށް ފުރިހަމަ ނިންމުމެއް.

    81
    0
  2. ޚިޔާލު2

    އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ހެއު ރަގަޅު ނިންމުމެއް މަރްހަބާ

    73
  3. ބޮކި

    އިންޑިޔާ އައުޓްވީތަމިހާރު

    24
    4
    • ފާއިޒު

      ފައިބާކަށް ނޫޅޭ.

    • ބެއްޔާ

      އިންޑިއާ އައުޓް އެވަނީނޫންތޯ؟ ހެލިކޮޕްޓަރުގެ ބޭނުން ކެނޑުނީމާ އޭތިވެސްދެން ޖެހޭނީ އައުޓްކުރަން.

  4. ޢައިޝް

    ޜަގަޅު ނިންމުމެއް...އަހަރެމެންނަށް ރިޒްްޤް ދެއްވަނީ އިންޑިޔާއެއް ނޫން...މާތްﷲގެ ހެޔޮރަޙުމަތުން އަހަރެމެން ދިވެހިން ބަނޑަކަށް ނުޖެހޭނެ...އިންޝާﷲ

    40
    1
  5. ކިޔުންތެރިޔާ

    އިންޑީޔާ ސިފައިން ބޭރުކުރެވެންއޮތް އެންމެ މޮޅު އެއް އުކުޅު. އޭރުން ބޭނުންނުކުރާ އެއްޗެއް ބަލަން ބަޔަކު މިތާ ބޭތިއްބުމުގެ އެއްވެސް ބޭނުމެއްނެތް. ޖެހޭނީ ފައިބާން.

    13
  6. އިބްރާހިމް

    އަދި ތިވަރަކުންވެސް ނުފައިބާނެ. އެހުރިހާ ސިފައިން ތިބީ އިންޑިޔާ އެމްބަސީގެ މުވައްޒަފުންގެ މުވައްޒަފުންގެ ގޮތުގައި. ސަރުކާރަށް ދެން ޖުރެވޭނެ ކަމަކީ ދިވެހި ރާއްޖޭގައި ބޭރުގެ ނިޝަންތަޖުގައި ތިބެވޭނެ ނުވައްޒަފުންގެ އަދަދު ކަނޑައަޅުއްވަން. 15، 20 ނުވަތަ 25 އޭގެ އިތުރުން މުވައްޒަފުން 20 ދުވަސްތެރޭ ބޭރުވާން އެންގުމުން ފުދޭނެ. ދެން ޖެހޭނީ ދާން