ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.

ޓެޓޫ ޖެހުމުގެ ހުކުމާއި ގުޅޭގޮތުން ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައިި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައް
ކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފައެވެ.

އޭގައި ވާގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި،
އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

"އެއީ، މިކަމަކީ، މާތްﷲ ހައްދަވާފައިވާ މަހްލޫގެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ.". އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ަަަައ

    ހަރާމް ކަންކަން ހާދަ ވާ ގިނަވެއޭ!!

    7
    13
    • އަލީ

      މީހުން ބުނެގެން ގިނަވާ އެއްޗެއް ނޫން އެއީކީ ދޮންކަލޯ. އެއީ އެކަމުގެ ހުކުމް އޮތްގޮތް. އިލާހީ ގާނޫނު އެއީ މީހުންގެ އަތްތަކުން ހަދާފަ އޮތް އެއްޗެއް ނޫން.! ފަހަރުގަ ނޭނގޭ އެއްޗެއް އަލައް އަޑު އިއިދާނެ. ވާގޮތަކީ ހިތް ގަޔާވާ ކަންކަން ވީމަ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވަނީ. އެއީ އިންސާނުންގެ ތޮބީއަތުގަ ހުންނަ ސިފައެއް

  2. އިބްރާހިމް

    ތިކަން ދިވެހިން ދަންނާނެހެން ހީވަނީ، މިއީ މުސްލިމްޤައުމެއް، ތިކަން މަނާކޮށް އަދަބުދީ!

    28
    1
  3. Anonymous

    ތިޙަރާމް ކަންތައް ކޮށްގެން ތިބި މީހުން ސަރުކާރުގެ މަތީ މަގާމުތަކުގައި އެބައުޅެއެވެ. އޭޖީ އޮފީހުގެ އިސް މަގާމެއްގައި ހުރި މީހަކު ވެސް ޓެޓޫޖަހައިގެން އެއީ މޮޅު ކަމަކަށް ހަދައިގެން މީހުންނަށް ދައްކައި އުޅޭތަން ފެނިފައި ވެއެވެ. ޓެޓޫ ޖަހައިގެން އުޅޭ މީހުން ސަރުކާރުގެ އިސް މަގާމުތަކުން ވަކިކޮށް މި ގައުމަކީ މުސްލިމު ދިވެހިންގެ ގައުމަކަށް ހަދަންވެއްޖެއެވެ.

    28
    1
  4. ޢަބްދޫ

    ޙަރާމް ކަމެއް

    9
    1
  5. ބުންޒީލަ

    މަޑިދާތަނަށް ކަށިދާނެޔޭ ބުނާހެން ވަކި ބޭފުޅަކަށް ވަކި މަގާމެއް ލިބޭއިރަށް އެބޭފުޅާގެ ހުރިހާ ދަރިންނަށްވެސް އެތަނުން މަގާމުތައް ލިބޭގޮތަށް އޮތުން އެއީ އާއިލީ ވެރިކަމުގެ ސިފައެއްތޯ ނުވަތަ ދީނުގައި ކޮންކަހަލަ ކަމެއްތޯ؟

    12
    3
  6. މަ

    މިފަދަ ކަންތައްތައް ހުއްޓުވަން ފިޔަވަޅު އަޅަންވާނެ

    13
  7. ފަތުވާ މަޖިލިސް

    ކޮންމެ ކަމެއްގައި ސަރުކާރު ބަދުނާމް ނުކޮށް ބަލަަ، ރާއްޖެއަކީ %100 މުސްލިމް ޤައުމެއް، ދެން ކޮން ޓެޓޫއެއް ޖަހާކަށްތައް. އަދި ޖަހާފަ މީހުންނަށް ދައްކަން އުޅެނީ ވަރަށް ދެރަ

  8. Anonymous

    މި އުސޫލުން މޭކަޕްކުރުންވެސް ހަރާމް ދޯ!
    އެކަމަށް ފަތުވާ ހޯދަބަލަ.