ރާއްޖެެއިން އިންޑިއާއަށް ދިޔަ އަންހެނެއްގެ ގައިން ކޮވިޑް-19ގެ އާ ވައްތަރު ފެނިފައިވާ ކަމަަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނީ ރާއްޖެ އިން އެނބުރި އައި އުމުރުން 33 އަހަރުގެ އަންހެނަކު މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ކޮވިޑްގެ ޖޭއެން.1 ސަބް ވޭރިއަންޓަށް ފައްސިވެފައިވާ ކަމަށެވެ.

އޮފިޝަލުންނާއި ހަވާލާދީ އެ ނޫހުން ބުނިގޮތުގައި އެ މީހާ އަށް ބަލި ޖެހިފައި ވަނީ މިދިޔަ މަހެވެ. އަދި މިހާރު އޭނާ ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ މީހާ ކޮވިޑަށް ފައްސިވެފައި ވަނީ ޑިސެމްބަރު 13 ވަނަ ދުވަހެވެ.

އިންޓަގްރޭޓެޑް ޑިޒީޒް ސަވައިލެންސް ޕްރޮގްރާމް (އައިޑީއެސްޕީ)ގެ ޑިސްޓްރިކްޓް ޔުނިޓްގެ ނޯޑަލް އޮފިސަރު ޑރ އަމިތު މަލަކަރް ވިދާޅުވީ އޭނާގެ ސުންކު ބޯޕާލްގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)އަށް ކޮވިޑުގެ ވައްތަރުތައް ދެނަގަތުމަށް ހަދާ ޓެސްޓު (ޑަބްލިއުޖީއެސް) ހެދުމަށް ފޮނުވިއިރު، ބުރާސްފަތި ދުވަހު އައި ރިޕޯޓުން އޭނާއަށް ޖޭއެން.1 ސަބް ވޭރިއަންޓް ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މީހާ ހޯމް ކަރަންޓީނުގައި ހުރިއިރު، އޭނާ ބަލިން ރަނގަޅުވެފައި ވަނީ މިދިޔަ މަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    ރާއްޖެ އަންނަ ފަތުރުވެރިންއަށް ބިރު ދައްކަން ޖައްސާ ގޭމެއް ނޫންބާ؟؟

    34
  2. ދެރަ

    ފެށުނީ. ދެންލޮކްޑައުންކޮށް، މާސްކުއަޅުވަން މަޖުބޫރުކޮށް، ނުރައްކާތެރި ބޫސްޓަރުތައް ޖަހުވާނީކީނޫން. ގައިމު ތިޔަކޮވިޑަކީ އާދައިގެ ރޯގާއެއްގޮތުގަ ބެލީ އެހަކަށްދުވަހަކު، ދެންކޮން ބިރެއްގަންނަަވާކަށްތަ! ....

    21
  3. އއ

    އިންޑިޔާއަށް ކޮވިޑް ގެންދަނީ ދިވެހިރާއްޖެއިންތަ؟ އިންޑިއާއިން ދިވެހިރާއްޖެއަށް ކޮވިޑް ނުގެނެވޭތަ؟ ރައީސްގެ ޗައިނާ ދަތުރުފުޅުގެ ވާހަކަ މީޑިއާތަކުން ފެންނާތީ، ހަޖަމު ނުވެގެން އުޅޭހެން ހީވަނީ.

  4. ބަބޫ

    އިންޑިޔާއިން ކުޅޭ ގޭމެއްމީ. އެއުޅެނީ ރާއްޖޭގެ ޓުއަރިޒަމް ފުނޑަންވެގެން.

  5. ވެންގަބޯ

    ޗައިނާ އިން ފަތުރުވެރިން ގެންނަވާހަކަ ބުނީމަ މޭކަރާލީދޯ ހުރިހާ އަޑުތަކެއްވެސް އިވޭނެ ދިވެހިންނަކީ ފުދުންތެރިބައެއް ދެންއިވޭނީ ރައްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ވާހަކަ އަދި ބޭހުގެ ވާހަކަ މިވެނިކަމެއް ވެފައި އެވެނި ކަމެއް ވެފައި ދެރަކަމެއް ދޯ