ފަރުކޮޅުފުށީގައި މިރޭ ތިން މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފް އިިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފަރުކޮޅުފުށީގައި ބާއްވާ ޕްރައިވެޓް ހަފުލާއެއްގައި، މިރޭ 22:00 ހާއިރު، ފަރުކޮޅުފުށީ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރު ކަަމަށްވެސް ވިދާޅުވިއެވެ.

މިއީ އެމްއެންޑީއެފް އިން ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ. އާއްމުކޮށް ހަވާ އަރުވާ ވަގުތުތަކުގައި ފޮޓޯ ނެގުމަށް ގިނަބަޔަކު އެއްވެއެވެ.

ސިފްކޯ އިން "ވަގުތު"އާ ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ވަކިވަކިން ފަރުދުންނާއި، ކައުންސިލް، ކްލަބް ޖަމިއްޔާތަކަށް ހަވާ އަރުވާދޭ އަގަކީ މިނެޓަކަށް 1،000 ޑޮލަރެވެ. ރަށްރަށް ގެސްޓްހައުސްތަކަށް ކަނޑައާޅާފައި ވާ އަގަކީ މިނެޓަކަށް 1،500 ޑޮލަރެވެ. އަދި ރިސޯޓްތަކުގެ އަގަކީ މިނެޓަކަށް 3،000 ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ފަރުކޮޅުފުށި އެއީ ހުޅުމާލޭ މީޙޫންގެ ރަށެކެވެ. އެރަށް ވަނީ އާބަންކޯ އިން ނަގާ ފަ އެވެ.