ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ކުންފުނިތަކާއި ގުޅޭގޮތުން ވަކި ގޮތަކަށް އަމަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އެއީ މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހެވެ. މާލީ ވުޒާރާއިން ހުށަހެޅި އެ ކަރުދާސްއަކީ ދައުލަތް ހިއްސާވާ ދައުލަތުން އެތަންތަނުގެ ހަރަދު ކުރަން ނުޖެހި ފައިދާގައި ހިންގާ ކުންފުނިތަކަަކަށް ހެދުމަށް ސިޔާސާތަކެއް އެކަށަ އެއެޅުމާއި ގުޅޭގޮތުން ހުށަހެޅި ކަރުދާހެކެވެ.

މި ސަރުކާރުގެ ކެބިނެޓުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތަފްސީލް ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ، ދައުލަތުގެ ވަރަށް ގިނަ ކުންފުނިތަކުން ހަރަދު ބޮޑުކޮށް ފޫ ނުބެދޭ ގޮތަށް ހިންގަމުންދާކަމީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިގޮތުން މިކަމަށް ހައްލެއް ގެނައުމަށް ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.

1- ދައުލަތް ހިއްސާވާ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖާކޮށް، ކުންފުނިތަކުގެ ޕާފޯމެންސް އިތުރު ކުރުމަށް ޝައުގުވެރިކަން އިތުރު ކުރެވޭނެހެން ވަކިވަކި ކުންފުނިތަކަށް ހާއްސަ ކީޕާފޯމެންސް އިންޑިކޭޓަރސް ނުވަތަ ކޭޕީއެސް ކަނޑައަޅާ ތިން މަސް ދުވަހުގެ ތެރޭގައި އެކަން ތަންފީޒު ކުރުން

2- ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުން ހަރުދަނާ ކުރުމަށް ނޭޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި، ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހިންގާނެ ކުންފުނިތަކާއި، އަދި އާއްމުންނަށް ހިއްސާ ވިއްކައިގެން ކުންފުނިތައް ދެނެގަނެގަނެ އެކުލަވާލަން ޖެހޭ ސިޔާސަތުތައް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައަޅާ އެކުލަވާލަން

3- ކުންފުނިތަކުގެ ގަވަނެންސް ހަރުދަނާކޮށް ބޯޑުގެ ސަބް ކޮމެޓި، އޮޑިޓް ކޮމެޓީ، ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީތައް އެކުލަވާލާ ފަންގޝަންތައް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ތިން މަސް ދުވަހުގެ ތެރޭގައި ގެނައުން.

4- ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޑީ ދޭން ޖެހޭ ހާލަތްތަކާއި، ސަބްސިޑީ އަދި ކެޕިޓަލް ދޭނެ އުސޫލު ހަރުދަނާ ކުރުމުގެ ފިޔަވަޅުތަކެއް ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުން.

5- އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތަކުގެ ހިންގުން މި އަހަރު ތެރޭގައި ހަރުދަނާކޮށް، ކޭޝް ފްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ، ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި ހަމައަށް މުއްދަތެއްދީ، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރެވޭ ކުންފުނިތައް، ރީސްޓްރަކްޗަރ ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމާއި، އުވާލަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމާއި، އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ ތަންފީޒު ކުރަން ފެށުން.

  • ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ހަފްތާ 14 ގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ގައުމު މިހާރު އޮތް ހާލަތުން ފައިދާނުވާ ހުރިހާކުންފުނި ޖެހޭނީ އުވާލަން. ނުވަތަ ފައިދާ ނުކުރެވޭ ސަބަބުން ބަލާ ފާފޯމަންސް އޮޑިޓަކާއި މެނޭޖްމެންޓް އޮޑިޓެއް ހަދައިގެން ކުރިއަށް ދާންފެން. އަދި ކޮންމެ ކުންފުންޏަކަށް ބޯޑެއް އޮތުން ނިމުމަކަށް ގެނޭ. ކުންފުނިތައް ރެގިއުލޭތް ކުރާ މައި އިދާރާގަ އޮންނަ ބޯޑުންހުރިހާކޮންފުނިތަކުގެ މައްސަލަ ރިވިޔު ކުރާނީ .ކޮންމެ ކުންފުންޏެއް ހިންގުމަށް އެމްޑީ އަކާއި ޑީއެމްޑީ އެއް ދެން ފައިނޭންސިއަލް ކޮންޓްރޯލަރެއް ހުރީމަ ނިމުނީ މީގެ އިތުަރަށް ސެކްސަން ހެޑް ގެ ގޮތުގަ ތއްބަވާ ބޭފުޅުންނާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ އޮނިގަނޑު ރިވިއުކުރައްވާ.

  2. ޙަބީބު.

    ފައިދާއެއްނެތް ގެއްލުންހުރި އެއްޗެއް ގަންނާނީކާކު