ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތަެއް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިހާރު މިފަދަ މަސައްކަތްތައް ކުރަމުން ގެންދާ އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެެ.

މިއަދު ވަޒީރުން މަޖިލީހުގައި މާލީ ވުޒާރާއިން ހުށަހެޅި ދައުލަތް ހިއްސާވާ ދައުލަތުން އެތަންތަނުގެ ހަރަދު ކުރަން ނުޖެހި ފައިދާގައި ހިންގާ ކުންފުނިތަކަަކަށް ހެދުމަށް ސިޔާސާތަކެއް އެކަށަ އެއެޅުމާއި ގުޅޭ ކަރުދާސްގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ، އެމްޓިސީސީގައި ވަަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ.

"އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައިވާތީވެ އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް،". އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ހަފްތާ 14 ގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރަލް

    އާޒިމް ޝަކުވާ އެއް ނުކުރެ އެވެ. މަސައްކަތް ތައް ކުރި އެވެ. ފައިދާ ވިއެވެ.

    21
    25
  2. Anonymous

    ވަރަށް ރަގަޅު ކަމެއް. ތި އެމްޓީސީސިގަ ތިބީ މިހާރުވެސް އެމްޑީޕީގެ ބައިގަޑެއް . އާކުންފުނި ހަދާ ފަހުން އެކުންފުނި އެއްކޮށް އުވާލާވަރު ތަތެއް. މޭޔަރުކަން ނެގީވެސް ތިތަނުގެ މުވައްޒަފުންގެ ބޭނުން ކޮއްގެން. ވިސްނާ!!!

    26
    13
  3. ކިޔުމީ

    އިތުރު ކުންފުންޏެއް ނެހެދި ކަމުގައި ވީނަމަވެސް ތިކަން ކުރެވޭނެ. އެމް.ޓީ.ސީ.ސީ ރީސްޓްރަކްޗަރ ކޮށް ފުޅާކުރީމަ ކޭޓަރ ކުރެވޭނެ. ކުންފުނިތައް ގިނަވުމުން ދަޢުލަތައް ބުރަ ޖެހޭނީ.

  4. ވަގު ފާތުމަ

    ޕާޓީ ކުދިންނައް ވަޒީފާ ދޭނެގޮތެއް ހޯދަނީ، މަކަރާޖަހައިގެން ކާން މޮޅުބައެއް

  5. ޢަބްދުއްލަޠީފު

    މަގޭމުސާރަކޮޅު ހަމަޔައްނުދީ ހިފަހައްޓައިގެން ތިޔަ އުޅެނީ. ކުންފުނި އުފައްދާފަ ވަރުވަރުން މަގާމުތައް ބަހަންވީމަ ހަމަ އެންމެ ރަގަޅު. ކޮބާ ހަމަޔާ އިންޞާފު؟ ކޮބާ އަހަރެންގެ ޙައްގު؟ ތިންއަހަރު މިވަނީ 2695 ރުފިޔާ ދެމުން ދާތާ. ދޭން އަސްލުޖެހެނީ 7030 ރުފިޔާ.

  6. ދަތްނެތްކުއްޖާ

    އިތުރު ކުންފުންޏެކޭ ކިޔާފައި މިހާރު ތިބި މުޥައްޒަފުން މަޤާމު ތަކުން ވަކި ކުރާނެ ގޮތެއް ތިޔަ ރާވަނީ! ދެން ކުންފުނި އުފައްދާފައި ގެއްލުން ވަނީއޭ ބުނެ ކުރީގެ ކުންފުނި އޮވާލީމާ ހަތަރެސް ކަން ހަމަވީ!

  7. އަބްދޫ

    އިތުރުކުންފުންޏެއް ހެދުމުގެ ބޭނުމެއްނެތް. ބޭކާރު ހަރަދު ބޮޑުކުރުމުގެ ބޭނުމެއްނެތް. އެމްޓީސީސީން ކުރެވޭނެ.