ދިރާސީ އާ އަހަރު ފަށާއިރު، ދިވެހި ގައުމިއްޔަތު ކިޔެވުމަށް ވަކި މާއްދާއެެއްގެ ގޮތުގައި ކިޔަވާ ދިނުމަށް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ނިންމައިފިއެވެ.

މިއީ ޖެނުއަރީ 10 ވަނަ ދުވަހު ސޯޝަލް ކައުންސިލުގެ ބައްދަލުުމުގައި ނިންމެވި ނިންމެވުމެކެވެ.

މި ނިންމެވުމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ކިޔެވުމަށް ވަކި މާއްދާއެެއްގެ ގޮތުގައި ކިޔަވާ ދިނުމަށް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމާއި ގުޅޭގޮތުން ތައުލީމާއި ބެހޭ ވުޒާރާއިން ހުށަހަޅާފައިވާ މައްސަލައިގައި އަމަލު ކުރާނެ ގޮތްތަކެއް ނިންމެވުނު ކަމަށެވެ.

މިއީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ މަގްސަދުގައި ކުރެވޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދިރާސީ އާ އަހަރު ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން ގައުމީ މަންހަޖުގައި މި މާއްދާ ހިމަނާއިރު، އެކަން ރައީސް އޮފީހުގައި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނުގ

    މިދެން ހަމަ އަޖައިބެއް ކަހަލަ ކަމެއް. ވެރިކަމަށް އަރާއިރަށް، މިކޮންމެ މީހަކަށް ހީވަނީ، ތިމަންނަމެން ހިތުހުރި ގޮތެއް، ހިތުހުރި ވަރަކަށް ކުރަން ޖެހޭނޭ އެހެން މީހުން. ކާކު ތިކިޔަވަދެނީ؟ މިހާރުވެސް ދިވެހި ޓީޗަރުން ނުލިބިގެން ސުކޫލްތަކުން އެއުޅެނީ. ވަޒީރުންތަ، ނައިބުންތަ، ނޫނީ ސްޓޭޓް މިނިސްޓަރުންތަ ފޮނުވަނީ ތިކިޔަވަދޭން. ނޫންދޯ. އެމީހުން ބޮޑު މުސާރަ ދީފަ ބައިތިއްބާފަ، މިހާރުވެސް ގަނަތެޅޭ ދިވެހި ޓީޗަރަށް އިތުރު ކުލާސްތަކެއް އަޅާލީމަ އެވީ. އެއޮތީ ބުނެފަތާ ކިޔަވަދޭން ޖެހޭނޭ. ކަލޭމެން ޑރ ހެދީ ކޮން ތާކުންތޯ ވެސް ޝައްކު.

  2. އަލޮމް މިއާ

    ދިވެހި ގައުމިއްޔަތު އިހައް ކިޔަވަދޭންވީ ކުދިންގެ މައިންބަފައިންނަށް.. އެކަންނޭގޭ މި ފެށޭހިސާބަކީ

  3. ސަނުމް

    މާ ރަނގަޅުވާނެ ޤުރްއާނަށް ދަރިވަރުން ލޯބި ޖެއްސުމަށް ޤުރްއާން މި މާއްދާ މަޖުބޫރު މާއްދާއެއް ގެ ގޮތުގައި ހިމަނާ އޯލެވެލް އިމްތިހާނުގައި ހިމެނުވިއްޔާ. 10 ނިމިގެންދާއިރު ޤުރްއާން ކިޔަވަން ނޭންގޭ ކުދިން ގިނައީ

    1
    0
  4. ބަކުރު

    ދައުރު ނިމޭއިރުވެސް ތިޔަ މާއްދާ ކިޔަވަދޭނެ ޓީޗަރެއް ނުލިބޭނެ.

  5. ތަކުރު

    މަޖްލިސް މެންބަރުންނާއި ވެރިން ތި މާއްދާ ކިޔެވުން މުހިންމު