ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ގެނައި ކުއްޖާ ނިޔާވި މައްސަލަ ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

އެމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ކުއްޖާ ނިސްބަތްވާ ގއ. ވިލިނގިލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހުގެރޭ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ވަނީ ވެންޓިލޭޓަރަށް ލައިފައެވެ. އެ ކުއްޖާ މާލެ ގެނެވޭ ވަރުވީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ދެރަވީ ބޮލުގައި ޓިއުމަރެއް އިނދެގެންނެވެ.

ވިލިނގިލިން އެ ކުއްޖާ ގެނައި އިރުގައި ވެސް ސިކުނޑި މަރުވެފައިވާ ކަން އެނގިފައިވެއެވެ.

އެކަމަކު، އާއިލާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، އެ ކުއްޖާ މާލެ ގެނައުން ލަސް ކުރި ކަމަށް ބުނެއެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވާ އެމަޖެންސީ ހާލަތްތަކުގައި މީހުން/އުޅަނދު ގެއްލިގެން ހޯދުމާއި، ސިއްހީ ބަލި ހާލަތު ދަށްވެ އިމަޖެންސީގައި އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހޭ ބަލި މީހުން އުފުލުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން ފާހަގަ ކޮށްފައެވެ.

އަދި ސައުދު ވަނީ އުމުރުން 13 އަހަރުގެ ކުއްޖާގެ ނިޔާވި މައްސަލަ ވެސް ފާހަގަ ކޮށްފައެވެ.

އެ މައްސަލައިގައި ސައުދު ވިދާޅުވީ، އެކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ، އިތުރު ފަރުވާއަށް ވީއެންމެ އަވަހަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާ، އިމަޖެންސީ އިވެކުއެޝަން އަވަސް ކުރުމަށް މަސައްކަތް ކުރުމުން ވެސް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އިމަޖެންސީ އިވެކުއޭޝަންގައި ބޭނުން ކުރުމަށް ހާއްސަ ފްލައިޓު ފްލައިޓް އަދި ހެލިކަޕްޓަރ ތައްޔާރަށް އޮތް ކަމުގައި ވީނަމަވެސް އޭގެ ބޭނުން ނުކޮށް، އައިލޭންޑް އޭވިއޭޝަންގެ ފްލައިޓް ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް އެކުއްޖާއަށް ބޭނުންވާ ކްރިޓިކަލް ކެއަށް އަވަހަށް ލިބުމަށް "ގަސްތުގައި ހުރަސްއަޅާފައިވާ" ކަމަށެވެ.

ސައުދު ވަނީ މީގެ ކުރިން ޑޯނިއާ ނުވަތަ ހެލިކަޕްޓަރުގައި ބަލި މީހުން މޭލެ ގެންދެވި ފަރުވާ ދެވި ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކޮށް، މި ހާދިސާގައި ކަންކަން ވެފައިވާ ގޮތް ދިރާސާކޮށް، އެފަދަ ކަންކަން ގައުމުގައި ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ގޮވާލާފައެވެ.

މިމައްސަލައާއި ގުޅިގެން އާސަންދައިން ރޭގެ ވަގުތެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލްތައް ބަޔާނެއް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އާސަންދައިގެ ބަޔާނުގައި ބުނީ އިމަޖެންސީ އިވެކުއޭޝަން ރިކުއެސްޓް ވިލިނގިލި ހޮސްޕިޓަލްގެ ފަރާތުން ފޮނުވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ފަތިހު 5:03 ގައި ކަމަށާއި އެ ރިކުއެސްޓް ލިބުނުތާ 12 މިނެޓު ފަހުން، ފަތިހު 5:19 ގައި ރިކުއެސްޓް ބަލައިގަނެ އާސަންދައިގެ ކަސްޓަމާ ސާވިސަސްގެ މުވައްޒަފަކު، އެކަން ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް އެންގި ކަމަށެވެ.

އަދި ވީ އެންމެ އަވަހަށް ފްލައިޓެއް ލިބޭތޯ ބެލުމަށް ވެސް އެ މުވައްޒަފު، ހޮސްޕިޓަލަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ނަމަވެސް ގއ.ކޫއްޑޫ އެއާޕޯޓުން އެންމެ އަވަހަށް މާލެ އަންނަ ފްލައިޓް އޮތީ އަނެއް ދުވަހު ފަތިހު 5:55 ގައި ކަމަށާއި އެއާއެކުގައި، އެ ކުންފުނިން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ފެށި ކަމަށް އާސަންދަގެ ބަޔާނުގައިވެއެވެ. ޗާޓަރު ފްލައިޓުތަކުގެ ވަގުތުތައް އާސަންދަ އަށް ލިބުނީ އެ ކުންފުނިން ބުނި ގޮތުގައި ހެނދުނު 8:57 ގައެވެ. އެ ޗާޓަރު ފްލައިޓް ކޫއްޑޫއަށް ޖައްސަން ހަމަޖެހުނީ އެދުވަހު މެންދުރު 14:55 ގައެވެ. އަދި މާލެ ދިއުމަށް ފުރަން ހަމަޖެހުނީ 16:20 ގައެވެ.

އާސަންދަ އިން ބުނީ ހޮސްޕިޓަލްގެ ރިކުއެސްޓާ އެއްގޮތަށް ހެނދުނު 11:18 ގައި އެމްއެންޑީއެފް ސީ އެމްބީއުލަންސް ހަމަޖައްސައި، ވިލިނގިލިން ކޫއްޑޫ އަށް 14:45 ގައި ދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތަށް ހަމަޖެހިފައި ވަނިކޮށް، މާލެއިން ކައްދޫއަށް ދަތުރުކުރާ ޝެޑިއުލް ފްލައިޓަކުން ޖާގަ ލިބޭތީ ކޫއްޑޫގައި ޖެއްސިދާނެ ކަމަށް ކޫއްޑޫ އެއާޕޯޓުން 11:40 ގައި މައުލޫމާތު ދީފައިވާ ކަމަށް އާސަންދަގެ ބަޔާނުގައިވެއެވެ. އަދި އެ ފްލައިޓުން 13:50 ގައި ފުރައިގެން އެ ބަލި މީހާ މާލެ ގެންދެވިދާނެ ކަމަށް އެންގި ކަމުގައި އާސަންދަ އިން ބުންޏެވެ.

އެކަމަކު، ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ފްލައިޓުން ކުއްޖާ ގެންދެވޭ ގޮތް ނުވި ކަމަށް އާސަންދަ އިން ބުންޏެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަނެއްކާ ވެސް ފްލައިޓެއް ޗާޓަރު ކުރަން ޖެހުނު ކަމުގައި އާސަންދަ އިން ބުންޏެވެ.

އެހެންވެ، ކުއްޖާ ގޮވައިގެން ފުރުނީ އެދުވަހު 16:35 ގައި ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުނީ 17:15 ގައި ކަމަށް އާސަންދައިގެ ބަޔާނުގައިވެއެވެ.

މި ހާދިސާއާ ގުޅިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ވަނީ އިމަޖެންސީ ވޭދަނައެއް އަތުވެއްޖެނަމަ، ޝެޑިއުލް ފްލައިޓްތަކަށް ވުރެ އިސްކަމެއް ދީގެން ޗާޓަރު ފްލައިޓްތަކަށް އިސްކަމެއް ދިނުމަށް ހަމަޖައްސާފައެވެ. އަދި ކުއްޖާ ނިޔާވި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ރައީސް އޮފީހުން ރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނުއުމާނު

    އެމްޑީޕީ މީހުން ތެޅެބައިލަނީ! ތިޔޮތީވާ މަޖިލިހެއް! ބޮޑެތި މުސާރަތައް ނަގައިގެން ޖަލްސާއެއް ބާއްވަނީކީ ނޫން! ބޭއްވިއަސް މަޖިލިހަށް އަންނަނީކީނޫން! ތިބާރުވެސް އިންޝާﷲ ގެއްލިދާނެ! ހަޔާތްކުޑަ ގައުމުގެ ފައިސާތައްބަޑުއަލާި ގްރޫޕު! ރައްޔިތުންގެ ަފައިސާއިން ކޭވަރު އެމްޑީޕީ މެެންބަރުން ހަދާންނެތަސް ރައްޔިތުން ހަދާން އިބަހުރީ! މިވަގުންތަކުގެ މައްސަލަބަލައި ހައްޔަރު ކުރަން ޖެހޭނެ!

    13
    1
  2. ސައުދާ

    މީނަ ގޮޑި އަލުން ލިބޭތޯ ކުރިކަމަކަށް ތިވާނީ. އެބުނަނީއެއްނު ކަންތައް ހިގާފަވާގޮތް.
    ކޮންމެކަމެއް މަޖިލިސް މަޖިލިސް، ކޮތަޅު މަޖިލސް އެހުރީ 2 ، 3 ރ. ވިއްކަން ފިހާރަތަކުގައި. ކޮތަޅުގެ ކަންތައް ހައްލުނުކުރެވޭ މަޖިލިހަކަށް ދެން ކޮންކަމެއް ކުރެވޭނީ. ސައުދު ތައްކޫ އްޮޑިޓަރެކެ.

    14
    2
  3. ދަވާލާ

    މިހާރު ތިއީ ރައްޔިތުންގެ މަޖިލީހެއްނޫން މިހާރު ތިއީ އެމްޑީޕީގެ އަމިއްލަ ކޯޓެއް ސައުދު އެތެޅެނީ އިތުރު 5 އަހަރު ލިބޭތޯ އެކުއްޖާ ބަލިވެއުޅޭތާ އެތަށް ދުވަހެއް ހާލުބަލާވެސް ނުލާ މަރުވީމާ ސިޔާސީ ފައިދާ ނަގަން މިތެޅެނީ ސައުދުގެ ހުރި ހަޔާތްކުޑަކަށް ދެން ތިލަފަތުގެ އަހުލުވެރިންނަށް ވޯޓު ނުދޭނަން ދިވެހިންނަން އެމްޑީޕީ ފުދިއްޖެ ފުދި އިތުރު ވެސް ވެއްޖެ ދެން ހޯ ހޯ ހޯ

  4. ހނހ

    މަޖިލިސްވަނީ ގާނޫނު އަސާސީޔާ ހިލާފުވެފަވަނީ އެއީ ގަސްތުގައި ވަކި ޕާޓީއެއްގެ މަގްސަދު ހާސިލްކޮއް ބިރުދެއްކުމާއި ސަރުކާރައް ޖެއްސުން ކުރުމައްޓަކައި ބޭނުން ކުރުންމުން ގެންދިއުން އެހެންވެ އުވާލަން ޖެހޭ. ދެމީހަކު ޒުވާބެއް ލުރިޔަސް މަޖިލީހައް އަދި އެކްސިޑެންޓެއް ވިޔަސް މަޖލީހައް
    އަސްލު ރައްޔިތުންނައް ވެސް އެބައިނގޭ މިވާގޮތް

  5. ހނމ

    މަޖިލިސްވަނީ ގާނޫނު އަސާސީޔާ ހިލާފުވެފަވަނީ އެއީ ގަސްތުގައި ވަކި ޕާޓީއެއްގެ މަގްސަދު ހާސިލްކޮއް ބިރުދެއްކުމާއި ސަރުކާރައް ޖެއްސުން ކުރުމައްޓަކައި ބޭނުން ކުރުންމުން ގެންދިއުން އެހެންވެ އުވާލަން ޖެހޭ. ދެމީހަކު ޒުވާބެއް ލުރިޔަސް މަޖިލީހައް އަދި އެކްސިޑެންޓެއް ވިޔަސް މަޖލީހައް
    އަސްލު ރައްޔިތުންނައް ވެސް އެބައިނގޭ މިވާގޮތް.

  6. އަހްމަދު

    މަޖިލީހައް މައްސަލަހުށަހަޅައިގެން އެއްޖަލްސާ ބަހުސައްހުސްކުރީމަ އެޚަރަދުވާޓެކްސް ފައިސާ މެންބަރުގެމުސާރައިން ކެނޑޭނެތޯ ނޫނީސަރުކާރު ކުޑަކަކުލައްތިރިވާނެތޯ ތިކަންކުރުމުގެބޭނުމަކީ ކޮބައިތޯ

  7. ކޮޔާ

    މަގޭ ފިރިމީހާ ދެން މަވަރިކޮއްފިއްޔާ ވަރިސާބިތު ކުރަން މަވެސް ދާނީ ތިޔަ މަޖިލީހަށް އޭރުން މަށަށް އިންސާފް ލިބޭނީ އަދި މަގޭ އަތުގަ ލާރިއެއްނެތި މަޙާލުގަ ޖެހޭ ދުވަހަކުްވެސް ގެދޮރު ހޯދުމަށްވެސް މަދާނީ ތިޔަ މަޖިލީހަށް

  8. ހެޔޮދުވާ

    މަޖުލީހަށް ފޮނުވީމާ ތުއްތު ކުއްޖާ އެބުރި އަންނާނެތޯ އާއިލާއިން އެދިގެންތޯ ތިއުޅެނީ ނޫނީ ގޮނޑިގެ ބޭނުމުގައި ތޯ؟

  9. ހެ

    ހަދާންނެތުނީތަ މާލޭގަ އެމްބިއުލާންސް ފޮނުވުން ލަސްވެގެން ނިޔާވި ކުއްޖާގެ ވާހަކަ. މާ ކަންތައް ކުރެވިފައި ތިބި ބަޔަކަށް ވެގެން، ހަމަ ކަމެންވާއިރަށް ފަޔަށް ހިނިއަރައިގެން އުލޭހެން ތި އުޅެނީ

  10. ޖާނޭ

    ކަލޭ ދެން ނުހޮވާނެ. މީހުން މަރުވަނީ ކާކުގެ އިހުމާލުންކަން އެނގޭތަ؟ މަރުވެސްވާނެ. އަޖަލު ހަމަވީމަ. ކަލެއަށް އެނގޭތަ ނޫނީ އޮޅުވާލަނީތަ؟ ކިހާ މަސައްކަތެއް ސަރުކާރުންވެސް އާއިލާއިންވެސް ކުރިކަން. އެކަމަކުވެސް އެކަން ކާމިޔާބުނުވީ މަސައްކަތްނުކޮށްގެން މާލެ ގެނައުން ލަސްވެގެންނެއްނޫން.

  11. ސައިފް

    ބަލަގަ ސައުދާ ކުއްޖާ މާލެގެންނަން ޖެހެނީ ވިލިމާލެއަކުންނޫން ގއ.ފުން މީއީއްޔަކީ ޖިންނިންއުޅޭ ޒަމާނެއްނޫން ފިލާގަ އަތްކާއްތާލައިގެން ގެނެސް ބަލިމީހުން ހަވާލުކުރާކައް އެހެންނަމަ ވަގުތުން ބަލިމީހާގޮވައިގެން ނައްޓާލާނެ ހޮސްޕިޓަލައް