ރާއްޖޭގެ ރައްޔިތުން ސަދަގާތަށް ކުރާ ހަރަދު ރާއްޖޭގެ އެތެރޭގެ ކަންކަމަށް ކުރުން ވަރަށް މުހިންމު ކަަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް ފޭސްބުކްޖައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ސަދަގާތާއި ހައިރާތާއި ހެޔޮކަންކަމަށް ކުރާ ހަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިންމު ކަމަށެވެ.

"މިދެންނެވީ އިންސާނީ ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތަށް އިސްތިސްނާވެގެންވާ ގޮތުގައި.،". ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ ގުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި އެތައް ހެޔޮކަމަށް ހަރަދު ކުރެވޭނެ ހާލަތު އެބައޮތް ކަމަށެވެ. އަދި އެތަންތަން ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފަވާކަން ފާހަގަކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ 700 އެއްހާ މިސްކިތް ހުންނައިރު، އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށްބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އެތައް ގުރުއާން ކުލާހެއް ހުއްޓިފައި އެބަ ހުރި ކަމަށާއި، އެތައް އެދުރުގެއެއް ހުއްޓިފައިވާ ކަމަށެވެ. އަދި އެތަންތަނަށް ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް ބޭނުންވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ސަދަގާތުގެ ފައިސާ ބޭރަށް ހަރަދު ކުރޭ. މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެނޫން ވެސް ކަންކަމަށް. އެއީ ވެސް ރަނގަޅު ކަންކަން. އެހެން ނަމަވެސް ރާއްޖޭގެ އެތެރޭގެ ހާލަތު ވެސް ރިއާޔަތްކުރުން ވަރަށް މުހިންމުކަން މިދަންނަވަނީ.". ވަޒީރު އިތުރަށް މިކަން ތަފްސީލު ކޮށްދެއްވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެ ވުޒާރާގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ސަދަގާތްކުރެވޭނެ ނިޒާމެއް ގާއިމު ކުރާނެ ކަމަށެވެ. އަދި ސަދަގާތުގެ ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުން ވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހަރަދުކުރުން މުހިންމު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުޑަކުދިންގެ ހިޔާއާއި ހާއސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތަށް ރާއްޖޭގައި އެބަހުރި. އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވޭ."، ޕޯސްޓް ނިންމަވާލައްވަމުން ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާތުން

    ބައެއްމީހުން ބުނޭ ސަދޮގާތް ކުރުން އެންމެ އައުލާކަން ބޮޑީ 1 އައިލާ އިން ފަށައިގެން 2 އަވަށްޓެރިން، ގާތްމީހުން، ދެން ރަށުމީހުނަށް،،ކޮބާތޯ މީގެ އަސްލަކީ ؟

  2. ސަދަގާތް

    ރާއްޖޭގެ ކަންކަމަށް ސަދަގާތް ނުކުރަނީ އިތުބާރު ގެއްލިގެންދިޔައިމާ. ސަދަގާތްކުރާ ކޮންމެ ފަންޑެއްގެ އޮޑިޓް ރިޕޯޓް ލިބޭ ދުވަހު ސަހަރޯ ހީވޭ. ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދިޔައިރު އެތަނުގައިވެސް އޮތީ ކޮރަޕްޝަން. ހިތާވެގެން އުޅޭ ކުދިން އެހީތެރިންގެ ނަމުގައި ގެންގޮސްފައި ތިބި. ބައެއް ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ފައިސާ ނަގަމުންދިޔައީ އެއްވެސް ބިލެއް، ރަސީދެއް ހެދުމެއް ނެތި. ފެންނަން ހުރި ބައެއް ލިޔެކިޔުންތައްވެސް ހުރީ އެއްވެސް ކަހަލަ ރަސްމީ ހައިސިއްޔަތެއް ނެތް ގަނޑުތަކެއްގެ ގޮތަށް. މިބާވަތުގެ އެތައް ކަމެއް ކުރާތަން ފެންނަން ފެށީމާ އިތުބާރު ނުގެއްލިއެއް ނުދާނެ.

    18
    1
  3. ދޮން ކަނބުލޮ

    ވަރަށް ރަނގަޅު ކަމެއް. މިވަގުތަށް އެންމެ މުހިއްމުކަމެއް ތީ.

    13