އެއާ އެމްބިއުލާންސްގެ ހިދުމަތް އެެކެއް މާރިޗްގައި ތައާރަފް ކުރެވުމާއެކު، ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލައަށް ނިމުމެއް އަންނާނެ ކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖާގެ މަރުގެ މައްސަލައިގައި އެކިގޮތްގޮތަށް ވާހަކަދައްމުންދާއިރު، ވަޒީރު ޙަލީލް ވިދާޅުވީ، ހާލު ބޮޑު ބަލި މީހާ، ޓާޝަރި ފެންވަރަށް ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާހުރެ ލަސްވުމަކީ ޒަމާނުއްސުރެ ހައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ.

އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. ⁦‪މުހައްމަދު މުއިއްޒު ވަނީ މިކަމަށް ފުރިހަމަ ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ﷲގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއަރ އެންބިއުލާންސްގެ ހިދުމަތް އެެކެއް މާރޗް ގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ،". އޭނާ ވިދާޅުވިއެވެ.

ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ އެ ކުއްޖާ ފުރަތަމަ އެރަށު ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލާތީއެވެ. އެ ހޮސްޕިޓަލަށް ގެންދިއުމުން މިދިޔަ ބުދަ ދުވަހުގެރޭ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ވަނީ ވެންޓިލޭޓަރަށް ލައިފައެވެ. އެ ކުއްޖާ މާލެ ގެނެވޭ ވަރުވީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ދެރަވީ ބޮލުގައި ޓިއުމަރެއް އިނދެގެންނެވެ. ވިލިނގިލިން އެ ކުއްޖާ ގެނައި އިރުގައި ވެސް ސިކުނޑި މަރުވެފައިވާ ކަމަށްވެއެވެ.

ބުރާސްފަތި ދުވަހު އެ ކުއްޖާ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން އެންގި ނަމަވެސް، ފުރުމުގެ އިންތިޒާމްތައް ހަމަނުޖެހި ލަސްވެގެން އެ ކުއްޖާ މާލެ ގެނައުމުގައި ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ. އަދި އެކަމާ ގުޅިގެން ބުރާސްފަތި ދުވަހު ވިލިނގިލި ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކުރިއެވެ. އެ މުޒާހަރާކޮށްފައި ވަނިކޮށް އެ ދުވަހު އިރުއޮއްސެނިކޮށް މޯލްޑިވިއަންގެ ފްލައިޓެއްގައި ވަނީ ކުޑަ ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުޙައްމަދު

    އިންޑިއާ ދަށުހައި އޮއްއޮތުން ނިމުމައް ގެންނަން ޖެހޭނެ. ނިމިދިޔަ އެވެސް ސަރުކާރަކަށް މިފަދަ ހާދިސާތަކައް ތައްޔާރީ ޙާލަތުގައި އޮންނަ އަމިއްލަ ވަންތަ އެއާ އެންބިއުލޭސް ގެނެވިފައިނެތް. ހަމަ ކަމެއްވާއިރަށް އިންޑިއާ.. އިންޑިއާ.. އިންޑިއާ ގެ ގޯސް ވާހައެއްނޫން މިބުނަނީ.. އަހަރެމެން އިންޑިއާ އައްދަށުނުވެ ކުރެވެން ހުރި މިފަދަ ކަންކަން ކުރެވޭނެ ޤާބިލުކަން ދިވެހި ދައުލަތުގައި ހުރެ އެކަން ނުކުރީތީ އޭގެ ނަތީޖާ މިފެންނީ.. ބައެއްގެ އައްމަށަ ދޫކޮށްލައިފައި އޮތުމުން އެމީހުންގެ ދުއްޕާން އިންތިހާއައް ބޮޑުވާތީ.. ހާއްސަކޮށް އިންޑިއާ.. އެމީހުންގެ ސިޔާސަތަކީ 5 ޑޮލަރު ދީފިއްޔާ 20 ޑޮލަރު އަތުލާ ސިޔާސަތު.. މަގޭ ހިތެއް ނުބުނޭ ދިވެހި ނަމެއް ކިޔާފައި ހެލިކޮޕްޓާ އޮތަސް ދިވެހި ދައުލަތުން އެއައް ތެޔޮއަޅައި އެއިން ކުރާ ކޮންމެ ދަތުރަކުން އިންޑިއާއައް ބަޔެއް ނާޅާ ދަތުރެއް ނުކޮއްދޭނެއެކޭ.. އެހެންވީމަ އެހާވަރަކުން އެހިފައިގެން ދާން ބުނީމަވެސް ނުގޮސް އެތިބެނީ..

  2. Anonymous

    އިންޑިއާ ދަށުހައި އޮއްއޮތުން ނިމުމައް ގެންނަން ޖެހޭނެ. ނިމިދިޔަ އެވެސް ސަރުކާރަކަށް މިފަދަ ހާދިސާތަކައް ތައްޔާރީ ޙާލަތުގައި އޮންނަ އަމިއްލަ ވަންތަ އެއާ އެންބިއުލޭސް ގެނެވިފައިނެތް. ހަމަ ކަމެއްވާއިރަށް އިންޑިއާ.. އިންޑިއާ.. އިންޑިއާ ގެ ގޯސް ވާހައެއްނޫން މިބުނަނީ.. އަހަރެމެން އިންޑިއާ އައްދަށުނުވެ ކުރެވެން ހުރި މިފަދަ ކަންކަން ކުރެވޭނެ ޤާބިލުކަން ދިވެހި ދައުލަތުގައި ހުރެ އެކަން ނުކުރީތީ އޭގެ ނަތީޖާ މިފެންނީ.. ބައެއްގެ އައްމަށަ ދޫކޮށްލައިފައި އޮތުމުން އެމީހުންގެ ދުއްޕާން އިންތިހާއައް ބޮޑުވާތީ.. ހާއްސަކޮށް އިންޑިއާ.. އެމީހުންގެ ސިޔާސަތަކީ 5 ޑޮލަރު ދީފިއްޔާ 20 ޑޮލަރު އަތުލާ ސިޔާސަތު.. މަގޭ ހިތެއް ނުބުނޭ ދިވެހި ނަމެއް ކިޔާފައި ހެލިކޮޕްޓާ އޮތަސް ދިވެހި ދައުލަތުން އެއައް ތެޔޮއަޅައި އެއިން ކުރާ ކޮންމެ ދަތުރަކުން އިންޑިއާއައް ބަޔެއް ނާޅާ ދަތުރު ކޮއްދެއެކޭ.. އެހެންވީމަ އެހާވަރަކުން އެހިފައިގެން ދާން ބުނީމަވެސް ނުގޮސް އެތިބެނީ..