ސްމޯލް އައިލެންޑްސް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) މަހާސިންތާގައި އެންމެ ފަހުން ރާއްޖޭގެ ވެރިއަކު ބައިވެރިވެވަޑައިގެންފައި ވަނީ 1994 ގައެވެ. ދިވެހި ވަފްދުގެ އިސްވެރިއަކަށް ހުންނެވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެ ފަހުން، 30 އަހަރުވެގެން ދިޔައިރުގައި ވެސް އެ މަހާސިންތާގައި ރާއްޖޭގެ ވެރިއަކު ބައިވެރިވެވަޑައިނުގަންނަވައެވެ. މީގެކުރިން ވެރިކަމަށް ވަޑައިގެންނެވި ހަތަރު ރައީސުން ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝައުގުވެރިވެވަޑައިނުގެންނެވީ ކަމަށް ވެދާނެއެވެ.

އެކަމަކު، ނޮވެމްބަރު 17، 2023 ގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނުނީ މިކަމުގައި ވެސް ވަރަށް ތަފާތު ސްޓޭންޑެއް ނެންގެވި ތަނެވެ. ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ގައުމުތައް ތަމްސީލުކުރާ އެންމެ މުހިންމު ޖަމާއަތް ކަމުގައިވާ ސިޑްސްގެ މަހާސިންތާ އަށް ވަޑައިގެން ވަރުގަދަ ލީޑަޝިޕެއް ދެއްކެވިއެވެ. ތިން ދުވަސް ތެރޭގައި ހަތް ތަގްރީރު ދެއްވަވައި ރާއްޖެ އާއި ދުނިޔޭގެ ވެރިންނަށް ވެސް ނުހަނު އަގުހުރި ނަމޫނާއެއް ދެއްކެވީއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ދިވެހީންގެ އަޑު އުފުއްލެވުމުގައި މީގެކުރިން މަސައްކަތް ކުރައްވާފައި ނުވާ ވަރަށް، ރެއާއި ދުވާލު ދިވެހީންގެ ހައްގުގައި ވަކާލާތު ކުރެއްވިއެވެ. ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވައި ރާއްޖެއަކީ ކުޑަ ނަމަވެސް މުހިންމު ގައުމެއް ކަން އަންގަވައި ދެއްވިއެވެ.

ރައީސް މުއިއްޒު ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވައި ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި މަހާސިންތާގެ ތެރެއިން ރައީސް ޑރ. މުއިއްޒު ހަތް ތަގްރީރު ދެއްވަވާފައި ނިންމަވާލެއްވީކީ ނޫނެވެ. ކޮންފަރެންސްގެ ހަވާސާގެ ތެރެއިން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝިއާ ސްކޮޓްލެންޑާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި އެކިއެކި ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެއްވިއެވެ. އަދި ބައެއް ބޭންކުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި ރާއްޖޭގައި ހުރި ފުރުސަތުތައް އޮޅުންފިލުވައި ދެއްވިއެވެ.

ރައީސްގެ އަރިހުގައި މި މަހާސިންތާ އަށް ރާއްޖޭގެ ބޮޑު ވަފްދެއް ވަނީ އެންޓީގާ އެންޑް ބާބިއުޑާ އަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ހިމެނިވަޑައިގަންނަވައެވެ. މަހާސިންތާގެ އެކިއެކި ބައްދަލުވުންތަކުގައި އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ ވެސް ރައީސް ޑރ. މުއިއްޒެވެ. އެކަމަކު، އެންޓީގާ އަށް ވަޑައިގެންނެވި ރާއްޖޭގެ ވަފްދުގެ ބޭފުޅުން ވަކިވަކިން އެހެން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރައްވާފައިވެއެވެ. އެކަމަކު، މައިގަނޑު ހުރިހާ ތަގްރީރެއް ކުރައްވަވައި، މައިގަނޑު ހުރިހާ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންނެވީ ވެސް ރައީސް ޑރ. މުއިއްޒެވެ.

ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވި ބޭފުޅުން:

1- އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
2- ސީޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަން
3- ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ ނައިބު ރައީސް އެމްބަރައޮސް ފަޔޮލް
4- ސަމޯއާގެ ބޮޑުވަޒީރު ފިއާމީ ނައޮމީ މަޓަފާ
5- އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުން
6- ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީ
7- ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް
8- އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތުގެ ސްޓޭޓް މިނިސްޓަރު ލޯޑް ރިޗަޑް ބެންޔޯން

މީގެކުރިން ދުނިޔޭގެ ގައުމުތަކުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ފެނިގެން ދަނީ ރާއްޖޭގެ ފަރާތުން ވަޑައިގަންނަވާ ވެރިއަކު އެންމެ ބަޔާނެއް ދެއްވާފައި އެނބުރި ރާއްޖެ ވަޑައިގަންނަވާ ތަނެވެ. އަމަލީ ގޮތުން މާ ބޮޑެތި އަދި ގިނަ މަސައްކަތްތަކެއް ކުރައްވާ މަންޒަރެއް ނުފެނެއެވެ. ނަމަވެސް އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ފެނިގެންދިޔައީ ރާއްޖެއިން ބައިވެރިވި ހުރިހާ ހަރަކާތެއްގައި ވެސް ވަޒީރުން "ފަހަތަށް ޖައްސަވާފައި" ސީދާ ރައީސް ޑރ. މުއިއްޒު "އަމަލީ މައިދާނަށް" ނުކުންނެވި ތަނެވެ.

މިއީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް ވެސް ލިބިވަޑައިގެންނެވި ހައިރާންކަމެކެވެ. އެ ބޭފުޅުންގެ ފަރާތުން ސާފުވި ގޮތުގައި އެ މަހާސިންތާ އިން ސާފުވީ ރައީސް ޑރ. މުއިއްޒު ދިވެހި ގައުމާ ދޭތެރޭގައި ވިސްނަވާ ވިސްނުންފުޅެވެ. ގައުމު ދެކެ އޮތް ލޯތްބެވެ.

ރައީސް ޑރ. މުއިއްޒު، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

"ރައީސްގެ މަސައްކަތްޕުޅު އެންމެ ބޮޑަށް ފެނިގެންދިޔައީ މިދިޔަ އަންގާރަ ދުވަހު. އެ ދުވަހު އެކަނި ވެސް ހަތަރު ތަގްރީރެއް އެމަނިކުފާނު ދެއްވި. އަދި ހައި ލެވެލް އިންޓަރެކްޓިވް ޑައިލޮގް އަދި ފަސް ބައިލެޓްރަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި. ޖުމްލަ ނުވަ ކަންތައް މި ހިނގީ އެއް ދުވަސް ތެރޭގައި. ރައީސުލްޖުމްހޫރިއްޔާއަކާ އަޅާ ބަލާއިރުގައި އަސްލު މިއީ ވަރަށް ބޮޑު އަދަދެއް." ރައީސްއާ އެކުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ.

"މިއާ އެކީގައި ހަމަ އެ ދުވަހު ފެނިގެން ދިޔައީ ދިވެހި ސަރުކާރުގެ މިނިސްޓަރުން ވަކިވަކި ބައްދަލުވުންތަކެއް ބޭއްވެވި ތަން. ކޮންމެ ދުވަހަކު ހެން މިކަހަލަ ބައްދަލުވުންތައް ހިނގަމުން ދިޔައީ. މި ވަފްދުގެ އޮތީ ހަމަ އެންމެ މަގްސަދެއް. އެއީ ވީ އެންމެ ފުރިހަމަ އަށް ރާއްޖެ ތަމްސީލް ކުރުން."

ރައީސް ޑރ. މުއިއްޒު، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ 30 އަހަރުވެގެން ދިޔައިރުގައި ވެސް ރާއްޖޭގެ އެންމެ މަތީ ވެރިއަކު މި ޖަމާއަތުގެ މަހާސިންތާގައި ރާއްޖެ ތަމްސީލުކުރައްވަން ބައިވެރިވެވަޑައި ނުގަންނަވާ އޮތުމަކީ ގައުމަށް ލިބުނު ދެރައެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒު އިސް ނަންގަވައިގެން 30 އަހަރަށް ފަހު "ސިޑްސް4" ގެ މަހާސިންތާގައި ދިވެހިންގެ އަޑު އުފުއްލަވަން ވަޑައިގެންނެވުމަކީ ގައުމަށް ލިބުނު އުފަލަކާއި ފަހުރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޑރ.މުއިއްޒުގެ ވިސްނުންފުޅާއި މަސައްކަތްޕުޅާއި ހަރުދަނާ ހުށަހެޅުއްވުންތައް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާ އެކި ދާއިރާތަކުގެ ތަޖްރިބާކާރުންނާއި އިލްމުވެރީންނާއި ވިޔަފާރިވެރީން ވަނީ ވަރަށް އިހްތިރާމާއެކު ބަލައިގެންފައި." ތޯރިގް ވިދާޅުވިއެވެ.

"30 އަހަރަށް ފަހު، ގައުމު ދެކެ ލޯބިވާ ހިތްވަރުގަދަ ލީޑަރެއްގެ އަގުހުރި ހިންމަތާ މިންނަތުގެ ހެޔޮ ނަތީޖާ، މި މަހާސިންތާގެ ސަބަބުން ދިވެހީންނަށް ހާސިލްވާނެކަމާ މެދު ޝައްކެއް ނެތް." ތޯރިގް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވައި ދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކުދި ގައުމުތަކަށް މާލީ އެހީ ހޯދައި ދެވޭނެ 3 ހައްލެއް!

ރައީސް ޑރ. މުއިއްޒުގެ ތާރީހީ ހަތް ތަގްރީރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ތަގްރީރަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކާއި މަޑު ދުވެއްޔައްގައި ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް މާލީ އެހީ ހޯދައި ދެވޭނެ ތިން ހައްލެއް ސިޑްސްގެ މަހާސިންތާ އަށް ހުށަހެޅުއްވުމެވެ. އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަދި އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ވެސް އަޑު އުފުއްލެވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ އާ ހަރުފަތްތަކަށް ދަތުރު ކުރުމުގައި ސިޑްސްގެ ގައުމުތަކުން ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ރާއްޖެ ހިމެނޭ ގޮތަށް ސިޑްސްގެ ގައުމުތަކުން ތަރައްގީވަމުން އަންނަނީ ވަރަށް މަޑު ދުވެއްޔެއްގައި ކަމަށާއި އެގޮތަށް އެކަން ވަނީ މާލީ ގޮތުން ކުރިމަތިވާ ދަތިތަކުގެ ސަބަބުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އިގްތިސާދު ކުރިއެރުމުގެ ރޭޓް ދަށްވުމުގެ ސަބަބުން އަތްފޯރާ ގޮތެއްގައި މާލީ އެހީ ހޯދުމުގައި ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެ އަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން އެކިއެކި ނިންމުންތައް ނިންމަން މަޖުބޫރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އާ ސްކޫލްތައް އަޅާނީތޯ ނޫނީ ކަނޑުތޮށި ލާން ނިންމާނީތޯ މިވަނީ މަޖުބޫރުވެފައި. ސާފު ބޯފެން ގާއިމު ކުރާނީތޯ ނުވަތަ ރަށްތައް ވަށައިގެން ބޮޑުހިލަ ޖަހާނީތޯ ނިންމަން ވަނީ މަޖުބޫރުވެފައި. މިއީ އަޅުގަނޑުމެންނަށް ކޮންމެވެސް އެއް ކަމެއް ހިޔާރުކުރަން މަޖުބޫރުވާންޖެހޭނެ ކަންކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

މިކަމުގައި ފުރަތަމަ ހައްލެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހު ކުރުމެވެ. ރައީސް ވިދާޅުވީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) ތަކުގައި ކްރެޑިޓް ރޭޓިންތަކަށް ވެސް ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް ކުދި ގައުމުތަކަށް މާލީ އެހީ ދެވިދާނެ ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން އެމްޑީބީތަކާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ސިޑްސްއަށް މާލީ އެހީ ލިބޭނެ މިންވަރު އިތުރު ކުރުމެވެ. ތިން ވަނަ ކަމަކަށް ރައީސް ފާހަގަ ކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުން މިހާރަށް ވުރެ ވިސްނުން ފުޅާކުރުމެވެ.

ރައީސް ޑރ. މުއިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސިޑްސް މަހާސިންތާ ބޭއްވުމުގެ ނަތީޖާއެއްގެ ގޮތުން "ބްލޫ އެންޑް ގްރީން އައިލެންޑްސް އިންޓަގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން ވަނީ 135 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)ގެ އެހީ ދޭ ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ. މި އެހީ ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ހިމެނޭ ގޮތަށް ސިޑްސްގެ ގައުމުތަކަށެވެ. މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ އުމްރާނީ ތަރައްގީ އާއި ކާބޯތަކެތި އުފެއްދުމާއި ފަތުރުވެރިކަމުގެ ދާއިރާ އިންނެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ސިޑްސް މަހާސިންތާއަކީ ވަރަށް ކާމިޔާބު މަހާސިންތާއެއް ކަމަށެވެ. މި މަހާސިންތާގައި ރާއްޖެ އިން ހާސިލް ކުރަން ބޭނުންވި ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލް ކުރެވިގެން ދިޔަ ކަމުގައި ހީނާ ވިދާޅުވިއެވެ.

ސިޑްސް ކޮންފަރެންސް އަކީ ކޮންމެ 10 އަހަރަކުން ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ. އަދި ކޮންފަަރެންސްގެ މިފަހަރު ޝިއާރަކީ "ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރުން" މިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަބަރޭ

    ހަބަރެއް ލިޔުމުގެ ކުރިން މައުލޫމާތު ހޯދުމަކީ ކުރަންޖެހޭކަމެއް!

    26
    5
    • Anonymous

      ހަބަރެއްތަ؟ ޚަބަރެއް ނޫން ދޯ! ހަބަރު ލިޔޭތަ؟ ކުރިން އަޑުއިވިފައި ވަނީ އޮޑިހަނުގައި ހަބަރު ގާނާ ވާހަކަ، ވަނުގައި ހަބަރު ތަޅާ ވާހަކަ. ކޮއްކޯ! ހަބަރެއް ނުލިޔާނެ.

      13
      3
  2. ެބެލުންތެރިޔާ.

    ސާބަހޭ! ރައީސް ޑރ. މުޙައްމަދު މުޢިއްޒު.

    66
    4
    • އެމްޑީޕީ އައުޓް

      އެމްޑީޕީ ސަރުކާރުން އައި އިނގިރޭސިން ވާހާކަ ދައްކަން ނޭނގޭ ސޮރައްވުރެ މާ ރަނގަޅު މާޝާﷲ

      29
      6
  3. ސަރީފް

    ކޮންމެ 10 އަހަަރަކުން އެެއްފަހަރު ބާއްވާ ބައްދަލުވުމެއް މީ. ޜަގަޅަށް މައުލޫމާތު ހޯދުން މުހިއްމު

    12
    2
  4. އަހުމަދު

    އެހެންވެޔޭ މި ބުނަނީ...
    ޑރ މުއިއްޒު އަކީ ހަމަ ބެސްޓް

    32
    6
    • މަހާސިންތާ

      - ވާހަކަ ދެއްކޭނީ މައުލޫމާތާއި ހުނަރު ހުރެގެން.
      އެދޭތިވެސް ޑރ. ގެ ކިބާގައި އެބަހުރި
      - މީހަކު ކަމަކަށް އިސްނަގަނީ ވިޝަނެއް އޮވެގެން.
      ޑރ. ކިބާގައި ވިޝަނެއް އެބައޮތް.
      - މީހަކު މަސައްކަތެއް ކުރާނީ ކާމިޔާބީ
      އެއް ހާސިލުކުރުމަށް.
      ޑރ. ދިވެހީންގެ ކާމިޔާބީއަށް އެދޭކަން ވަރަށް ސާފުކޮށް އެނގޭ.
      އަދިވެސް ވަރަށް ގިނަ ކަންތައް.....

      18
      2
  5. ފަރާ

    އަޅުގަޑުމެންގެ ލޮބުވެތި ރައީސް ޑރ. މުޢިއްޒު އަކީ ތަފާތު ވެރިއެއްކަން ދިވެހި ރައްޔިތުންނަށް ތި ދައްކުވައިދެއްވަނީ އެތައްހާސް ގޮތަކުން. އިން ޝާ ﷲ ދެވަނަ ދައުރަކަށް ވެސް އަޅުގަޑުމެންގެ ވޯޓް ދޭނީ މިސަރުކާރަށް. ބަޔަކު ދައްކާހާބޭކާރު ވާހަކަ ތަކުން ދިވެހިރައްޔިތުންގެ ބޯނުކެވޭނެކަން މަޖުލިސް އިންތިޚާބުން ރައްޔިތުން އެއޮތީރަގަޅަށް ދައްކާލަ ދީފަ.

    30
    6
    • ހަސަނުގެ ދަރި ލަތީފް

      ދެރަ ކަމަކީ މަޤާމްތަކަށް ކުފޫ ހަމަ ނުވާ މީހުން ޢައްޔަން ކުރައްވާކަން
      ޚާއްޞަކޮށް އަދުރޭ އަށް މަޖްލިސްގެ ރައީސްކަން ދޭން މެމްބަރުންގެ ކިބައިން އެދުން.

      19
      5
    • Anonymous

      މިސަރުކާރުން ކަމެއް ނުކުރެވޭ ވާހަކަ ދައްކާނީ މަސްދުވަހުގެތެރޭގަމި ސަރުކާރުކޮށްލާފައިވާ ގިނަކަންތަކުން ހިތަށް އުދަގޫވެ ހަޖަމް ނުކުރެވޭ މީހުން. މިސަރުކާރުގެ ރައީސް އިން ފެށިގެން ގިނަ ބޭފުޅުންނަކީ ވަރަށް ޤާބިލް ބޭފުޅުން. ހިތްހަމަ ނުޖެހޭ މީހުން ތިއްބަސް ކޮންމެސަރުކާރެއްވެސް ގެނެވޭނީ އެތައް ބައެއްގެބުރަ މަސައްކަތުން ކަންހަދާންކޮށްލީމަ އެއީއެކިފެންވަރުގެ މީހުން ނަށް ވަޒީފާލިބިފައިވާ ކަމުގެ ޖަވާބަކަށްފުދޭނެ. ކުރީސަރުކާރުތަކުން ވަޒީފާ ދެއްވާފައިވާ ތަފާތު ބޭފުޅުބްނަށް

      4
      2
  6. ސަރަފަކައްދަ

    އެންމެ 7 ތަ! އަހަރުމެން 15 ތަގުރީރު ދީފަ ހުންނާނެ އެއްތާ އެއްހުރެ އެއް ގޮނޑީގައި އިނދެގެން އެ ހޫނު ކަންމަތީގައި!

    6
    2
  7. ސިމް

    ވީކަމެއް ހަމަ ހަރާން

    7
    3
  8. ނަޝީދު

    ޤައުމައް ފައިދާއެއް ނުވާނެ ކަމެއްކަން އިނގޭތި ކުރީގެ ރައީސުން ދާން ބޭނުން ނުވީ ދަތުރުން ކޮންކަމެއްވީ.

    10
    2
  9. ޑަންޑަނާ

    ބޭކާރު ކަމެއް. ތިޔަ ކަމުން ޤައުމަށް ލިބޭ ފައިދާ އަކީ ކޮބާ؟ ޚަރަދު ކޮށްފަ މަޖާކުރަން ކުރާ ކަންކަން ކުރުން ހުއްޓާލަންޖެހޭ

    8
    2
  10. ފަހުދާ

    މިކަހަލަ ކަމެއް ކުރެވޭނީ ވަރަށް ތައުލީމީ ޤާބިލް ބޭފުޅަކަށް. ރައްޔިތުންގެހެވާއިލާބަ އަށް މަނިކުފާނު ތިކުރައްވާ ބުރަ މަސައްކަތް ތަކަށް ފަށްފަށުންޝުކުރު ދަންނަވަން. ޝުކުރިއްޔާ ދިވެހިންގެ ރައީސް ޑރ. މުޢިއްޒު.

    5
    3
  11. ކުރިޓިކު

    ބަލަ! ޖަލްސާއެއްގައި ބައިވެރިވުމަކީ، އެޖަލްސާއެއް ފެށުމުގައި ބައިވެރިވެ، ކޮމިޓީތަކެއް ކުލަވާލައިފިނަމަ އޭގައިވެސް ބައިވެރިވެ އެޖެންޑާތަކާމެދު ވާހަކަވެސް ދެއްކުން. އެކަމުގެ ތެރޭގައި ދެކެވޭ ވާހަކަ ތަގުރީރަކަށްވާނެބާ! ބައްދަލުވުންތަކުގައި އެކަކު އަނެކަކާ ބައްދަލުވާނެ، ބައްދަލު ކުރަން އެދޭނެވެސްމެ. މީގެކުރިން އެހެން ރައީސުންވެސް އެކަންކުރެއްވި. މި ޚަބަރު ލިޔުއްވީ ރައީސް އޮފީހުން ކަމަށްވެދާނެ.
    ނޫސްވެރިއަކު ލިޔާކަހަލަ ގޮތަކަށްނޫން މިލިޔެފައިމިވަނީ.

    6
    2
  12. Anonymous

    ބައެއް ފަރާތްތަކުން ރައްޔިތުންގެމަޖްލިސް ގެ ރައީސް ކަމަށް ޢަބްދުއްރަޙީމްޢަބްދުއްﷲ ހޮވިވަޑައިގަތުމުން އެކަމާ ފާޑުކިޔާ ސޯޝަލްމީޑިޔާގައާއި ބައެއްއޮންލައިން ނޫސްތަކާއި އެހެނިހެން ގޮތްގޮތަށް ފާޅުކުރަމުންގެންދާ ޝުއޫރުތަކަށް ގިނަ ދިވެހިރައްޔިތުންގެ ޝައުގުވެރި ކަމެއްނެތް. ރައްޔިތުންގެ މަޖްލިސްގެ ރައީސް ކަމަށް ހޮވިވަޑައިގަތް ފުރަތަމަދުވަހުވެސް ދެއްވި ސްޕީޗްއަކީ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއްހިމެނޭ ސްޕީޗް އެއް. މަޖްލިސްގެ ރައީސާއި ނައިބުރައީސްއަކީބޮއްސުން ލާފައިވާ ގިނަކަންތައްތައް ރަގަޅުކޮށް ހަމަމަގަށްއެޅުވޭނެ ފަދަ ޤާބިލްރިއާސަތެއްކަން ޔަޤީން. އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެމަޖްލިސްއަކީ ރައްޔިތުންގެ ހެވާއިލާބައާށްފުޅާދައިރާއެއްގަ މަސައްކަތް ކުރައްވާނެ ބޭފުޅުންތަކެއްތިއްބެވި މަޖްލިސްއެއްކަން ޔަޤީންކުރަން. ކިޔަވައިގެންހުންނަމީހުން ބަލާ މިންގަޑަކީ އިގިރޭސި ބަހުންފަރިތަކޮށް ވާހަކަ ދެއްކުންބާ. ކޮންމެކަމެއްގަ ތައުލީމީ މީހުން ފާހަގަކުރަނީ ފަރިތަކޮށް ވާހަކަ ދައްކާ މީހުން ކަމަށް ގިނަ މީހުން ނަށް ހީވާއިރު އެންމެ ގަދަމީހުންނަކީ އަޅުގަޑުމެންގެއަމިއްލަ ބަހުން ރީތިކޯށްސާފ

    4
    5
  13. ވަހީދު

    އެންމެ ޤާބިލް މީހުންނަކީ ފަރިތަކޮށް އިގިރޭސި ބަހުން ވާހަކަ ދައްކާމީހުންނެއް ނޫން. އެހެންނޫނަސް ވާހަކަ ދެއްކުމަކީ ހުނަރެއް. ބައެއްފަރާތްތަކުން އަބަދު ޖޯކުޖަހާ ހަޖޫ ކިޔާ މިހާރުގެ މަޖްލިސް ގެ ރައީސް ޢަބްދުއްރަހީމްޢަބްދުއްﷲ އަކީ ދިވެހި ބަހަށް ދޫފަރިތަ ބޭފުޅެއް. ކޮންމެ މައުލޫއު އަކާށް ފެންވަރު ރަގަޅު ޅެން ހައްދަވާ ބޭފުޅެއް. ޤާބިލް ހިތްވަރުގަދަ ކަންކަމާ ކުރިމަތި ލައްވަން ކެރޭނެ. ބައެއް މީހުންދެރަކޮށްލުމުގެ ގޮތުންބުނާ ރާއްޖެތެރޭގެ މީހެއް އެހިސާބަށް އެެއާދެވުނީ ވަރަށް ހިތްވަރާ ނުގުޑާ ޢަޒުމެއްއޮތަތީވެ. ތިޔަ ޕީ.ޕީ.އެމްއާއި ޕީ.އެން.ސީ އޭކިޔަން އެދެ ޕާޓީ ވުޖޫދުގަ އެއޮތީ ކާކުގެ ބުރަމަސައްކަތުން ކަން ދިވެހި ރައްޔިތުން ނަށް އެގޭނެ. .

    6
    1
  14. ސނޕ

    ތިޔަ މަހާސިންތާ ފެށުން ދުވަހުން ފެށިގެން.. ދިވެހިންގެ ބޮލުގަ އެޅިފަ އޮތް ލޯނުތައް އެއްކޮއް ހަލާސް ވެއްޖެ. ހުރިހާ ދިވެހި ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަން ހަމަ ޖެހިއްޖެ. މާލޭ މަގުތަކުން ފެން ހިނދިއްޖެ. މުސާރަތައް ބޮޑު ވެއްޖެ. ދައުލަތް އަރަނި ވެއްޖެ.

    ޝުކުރިއްޔާ ޑރ.މުއިއްޒު. #ދިވެހީންގެރާއްޖެ

    2
    1