ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ޓްރެންޑަކަށް ހަދާފައި ދަމާލާ އެންމެ ދުންކޮޅަކުން ވެސް ހަށިގަނޑަށް ދެވޭ އަނިޔާގެ މިންވަރު އެނގޭހެއްޔެވެ؟ ފަށަން އެހާމެ ފަސޭހަ ހުއްޓާލަން ވަރަށް އުދަގޫ ކަމެއް މި ނޫނީ ނުދެކެމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއެކު ވެސް، އެކި ސަބަބުތަކާ ހުރެ އެކަމުގައި ބައިވެރިވާ މީހުން އަދިވެސް ގިނައެވެ. ބައެއްފަހަރަށް، ވަކި ޖަމާއަތްތަކެއްގެ ތެރެއަށް ފިޓުވުމުގެ ބޭނުމުގައި އެއް ބަޔަކު އެކަން ކުރާއިރު، އަނެއް ބަޔަކު ކުރަނީ ބޯ ހާސްވެ މީހާ މާ ބޮޑަށް ފިކުރުބޮޑުވުމުން އެ ފިކުރުތަކާ ދުރަށް ދިޔުމަށްޓަކައެެވެ. ބައެއް ފަހަރު އެހެން ބަޔަކު ބޯތަން ފެނުމުން ވެސް ސިނގިރޭޓް ބޯ މީހުން އުޅެއެވެ.

އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިކޮށްދޭ ސިނގިރޭޓަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ސިނގިރޭޓުގައި ހުންނަ ނިކޮޓިންގެ ސަބަބުން ބޯން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއަށް އަވަލައި ކަށީގެ މަދުގައި އެ ނުބައި އާދަ ހިފައެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ސިއްޚީ ގޮތުން އެހާމެ ގެއްލުން ލިބެއެވެ. ގަސްތުގައި ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދެއެވެ. އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ސިނގިރޭޓް ބޯ މީހަކު އެކަން ހުއްޓާލަން ބޭނުންވާ ނަމަ އޭނާގެ ވަށައިގެން އުޅޭ އެންމެންގެ އެހީތެރިކަން އެކަމަށް ބޭނުންވެއެވެ. އެހެންނަމަވެސް ހުއްޓާލަން ކިތަންމެ ބޭނުންވިޔަސް ހުއްޓާލުމުގެ އަޒުމު ވަރުގަދަވެގެން ނޫނީ އެކަން ކުރަން އުދާގޫވާނެ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

"ސިނގިރޭޓް ބުއިމަކީ އެއަށް އެޑިކްޓުވާ ކަމެއް. އެކަމުން އަރައިގަންނަން އެންމެންގެ އެހީ ބޭނުންވާނެ. އެންމެ ފުރަތަމަ ސްމޯކް ކުރާ މީހާ އަޒުމު ކަނޑައަޅައިގެން ހުއްޓާލަން މަސައްކަތް ކުރަން ވާނީ، އަދި އާއިލާގެ އެންމެން އެކަމަށް އެއްބާރުލުން ދޭންވާނެ. އެއްޗެހި ކިޔާ ހަޅޭއްލަވައިގެން އެޑިކްޝަނުން އަރައެއް ނުގަނެވޭ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހާ އެންމެ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ އެކަމަށް އަޒުމު ކަނޑައަޅައި ހުއްޓާލާނޭ ވަކި ދުވަހެއް ކަނޑައެޅުމެވެ. ހަށިގަނޑުގައި އަޅާ ވަގުތީ ވޭނަކަށް ނުބަލައި ފަހުން ވާނޭ ފައިދާއަށް ވިސްނާލާފާ އަޒުމައިގެން ކުރިޔަށް ދިޔުމެވެ. މިކަން ކުރުމުގައި ކައުންސިލަރެއްގެ އެހީ ހޯދުން ނުވަތަ ޑޮކްޓަރެއްގެ ލަފަޔާއެކީ ބޭހެއް ބޭނުން ކުރެވިދާނެއެވެ. އެއަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރުން މަޑުމަޑުން މަދު ކުރަން ފަށާށެވެ. އަދި އެކަން ކުރާހިތްވާ ކޮންމެ ފަހަރަކު، ޗުވިންގ ގަމެއް ނުވަތަ މެޓަލެއް ފަދަ އެއްޗެއް ކާލާށެވެ. ޗުވިންގަމް، މެޓާ ފަދަ އެއްޗިއްސަކީ ދުންފަތަށް “ކްރޭވް” ކުރުން ކުޑަކޮށްދޭނެ އެއްޗިއްސެވެ.

ޖިސްމާނީ ހަރަކާތްތެރިކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ޝައުގުވެރިކަމުން ސަމާލުކަން ނައްތާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ސިޑިން މައްޗަށް ފައިބައިގެން ދެތިން ފަހަރު ދުވުން ފަދަ ކަންތައްތައް ކުރުމުން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ޝައުގުވެރިކަން ފިލުވާލައެވެ. އެހެންނޫނީ ހިނގާލަން ނުވަތަ ދުވަން ނުކުމެލާށެވެ. ގޭގައި ނުވަތަ އޮފީހުގައި އުޅޭނަމަ ސްކޮޓްސް، ޑީޕް ނިއު ބެންޑްސް، ޕުޝްއަޕްސް، ފަދަ ކަންކަން ކޮށްލަުމުންވެސް ސިނގިރޭޓް ބޯހިތް ކަނޑުވާލަދެއެވެ. އެގޮތުންވެސް ނުވާނަމަ ނަމާދުކޮށް، ޤުރުއާން ކިޔަވާލާ އެހެނިހެން މަސައްކަތްތަކުގައި ޝާމިލްވެލާށެވެ.

ޓެކްނޮލޮޖީގެ ޒަމާނެއްކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ މީހުންނާ ގުޅުން ބަދަހިކޮށް ވާހަކަ ދައްކާލާ ހެދުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. އެހެންކަމުން ސިނގިރޭޓް ބޯހިތްވުމުން ރައްޓެއްސަކާ ވާހަކަ ދައްކާލުމުން ނުވަތަ ޓިކްޓޮކް ބެލުން ފަދަ ކަންތައްތައް ކުރުމުން ވެސް ވަރަށް ބޮޑު އެހީތެރިކަމަކަށް ވެއެވެ. ހުއްޓާލަން ކުރާ މަސައްކަތުގައި ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި ގުޅޭގޮތުން އެ މީހުންނާއި ވާހަކަ ދައްކާލާށެވެ. އެގޮތުން ވެސް ނުވާހެން ހީވާނަމަ އެ ކްރޭވިންގސް ނައްތާލުމަށް ސިނގިރޭޓެއް ހިޔާރު ކުރުމުގެ ބަދަލުގައި ތިމާ ސިނގިރޭޓް ބުއިން ހުއްޓާލުމުން ހަށިގަނޑަށް އަދި އާއިލާއަށް ލިބޭނެ ފައިދާތަކާ މެދު ވިސްނާލާށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ހުއްޓާލަން މަސައްކަތް ކުރާ ދުވަސްތަކުގައި ހަށިގަނޑަށް އަންނަ ބަދަލުތަކާއި ބަލިވާ ކަމުގެ އިހުސާސް ވުމެވެ. ހަށިގަނޑުގައި ވޭން އަޅާހެން ހީވުމެވެ. އާދައާ ޚިލާފަށް ރުޅި ގަދަވެ މީހާ ހާސްވެއެވެ. ރުޅިގަދަވުން، އެންޒައިޓީ، ޑިޕްރެޝަން، އިންސޮމްނިއާ އަދި ބަރުދަން އިތުރުވެއެވެ. އެހެންނަމަވެސް މިއީ މަދު ދުވަސްކޮޅެއްގެ ކަމެކެވެ. ކެތްތެރި ކަމަކީ މިކަމުގައި އޮތް އެންމެ ބޮޑު ފަރުވާއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ސިނގިރޭޓް ހުއްޓާލާ ފުރަތަމަ ދުވަސްކޮޅު ރޯގާޖެހި ހަށިގަނޑަށް އުދަގޫތަކެއްވީ ނަމަވެސް ހުއްޓާލުމުން މީހާގެ ހަށިގަނޑު ރަނގަޅުވެ ބަރުދަން ވެސް އިތުރުވާނެ ކަމަށެވެ. ސަބަބަކީ އެކަން ހުއްޓާލުމުން ގުނަވަންތަކަށް އަންނަ ހެޔޮ ބަދަލުތަކެވެ.

"ސްމޯކިންގ ހުއްޓާލީމާ މަދުން ނަމަވެސް ބައެއް އުދަގޫތައް ދިމާވާނެ، އަނގަޔާ ނޭފަތާ ފުއްޕާމޭގެ ދަވަ ފަށަލަ ރަނގަޅުވަމުން އަންނައިރު ކޮންމެވެސް ވަރަކަށް ރޯގާގެ އަސަރު ނުވަތަ ކެއްސުމެއް އައުން އެކަށީގެންވޭ. ނަމަވެސް ވަރަށް އަވަހަށް އެކަންކަން ރަނގަޅުވެ ކުރިއަށްވުރެ ނޭވާލާން ފަސޭހަވޭ. އަދި ބައެއް ފަހަރަށް ބަރުދަން ވެސް ރަނގަޅުވާން ފަށާ އެކަމަކު ކަސްރަތު ކުރުމާއި ކެއުމަށް ބަލައިފިނަމަ އެކަންކަން ރަނގަޅުވޭ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ތިބާއަކީ ކޮންމެވެސް ގޮތަކުން ސިނގިރޭޓް ކަމުގައިވިޔަސް ބޭނުންކުރާ މީހަކަށްވާނަމަ އެކަން ހުއްޓާލަން އެބަޖެހެއެވެ. ސަބަބުތައް ބައިވަރެވެ. ކަމާއިބެހޭ މާހިރުން ބުނާގޮތުން ސިނގިރޭޓް ބުއިން ހުއްޓާލާތާ 20 މިނެޓް ފަހުން ހަށިގަނޑަށް އޭގެ ހެޔޮ ބަދަލު ފެންނަން ފަށައެވެ. އެގޮތުން ބަލާއިރު ސިނގިރޭޓު ބުއިން ހުއްޓާލާތާ ވިހި މިނިޓް ތެރޭ ހަށިގަނޑުގައި ދައުރުވަމުން އަންނަ ލޭގެ ޕްރެޝަރު އަސްލު ހުންނަންވީ ވަރަށް ތިރިވާއިރު 24 ގަޑިއިރު ތެރޭ ހާޓް އެޓޭކްއެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ. އަދި 48 ގަޑިއިރު ތެރޭގައި ސިނގިރޭޓުގެ ސަބަބުން ގެއްލުން ލިބިފައިހުރި ނާރުތައް ވެސް މަސައްކަތްކުރަން ފަށައި، ކާއެއްޗެހީގެ ރަހަ އަށާއި އެއްޗެހިން ދުވާ ވަހަށް ވެސް ބަދަލުތަކެއް އަންނަން ފަށައެވެ. އެއްޗެހީގެ ވަސް ރަނގަޅަށް ދެނެގަނެވި ރަނގަޅަށް ކެވޭނެއެވެ. ސިނގިރޭޓް ބުއިން ހުއްޓާލާތާ 3 ދުވަސް ވާއިރު ފުއްޕާމެޔަށް ލުއި ލިބި ފުއްޕާމޭ ސާފުވާނެއެވެ. އެގޮތުގައި 5 ދުވަސް ވުމުން ފުއްޕާމޭގެ ކެންސަރު ޖެހުމަށް އޮތް ބިރު ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްދެއެވެ.

ސިނގިރޭޓް ބުއިން ހުއްޓާލާތާ 6 މަސްވާއިރު ކެންސަރު ޖެހުމާއި ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުން ވަރަށް ބޮޑަށް ދަށްވާ ކަމަށް ޑޮކްޓަރުން ބުނެއެވެ.

"ސިނގިރޭޓް ހުއްޓާލާ ދުވަހުން ފެށިގެން މީހާގެ އަނގައިގެ ވަސް ރަނގަޅުވެ ގައިގެ ވަސް ރަނގަޅުވޭ. ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ކުރިން ހުރި ވަރަށް 6 މަސްވާއިރަށް ދަށްވޭ. ކެންސަރު ޖެހުމުގެ ފުރުސަތު ދަށްވާން ފަށާ. ގޭސްޓްރިކް އުދަނގޫ ކުޑަވޭ، ޖިންސީ ގުނަވަނުގެ ބާރު ރަނގަޅުވެ އެއްދާން ކުރުމުގައި ދިމާވާ އުދަނގޫތައް ރަނގަޅުވޭ." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ސަބަބު ކަމަށާއި ކޮންމެ އަހަރަކު 8 މިލިއަނަށް ވުރެ ގިނަ މީހުން ދުންފަތުގެ ސަބަބުން މަރުވާ ކަމަށް ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ދައްކައެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއި، އިޝްތިހާރު ކުރުމާއި ސްޕޮންސާޝިޕް ކުރުން ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުން ވެސް މިކަން ހުއްޓުވަން މަސައްކަތް ކުރެވިދާނެއެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން؛ ޕްލެއިން ޕެކޭޖިންގ ތަންފީޒުކުރުން؛ އަދި ދުންފަތުގެ އިސްތިއުމާލު ނުކުރާ ސިޔާސަތުތައް ތަންފީޒުކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ދުންފަތުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ކުޑަވެ، ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުމުން ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތޭރަވާ

    ސިނގިރޭޓު އެކަންޗެއް ނޫން ޕްރޮސެސްޑް ފުޑްސްގަ ހުންނަ ކެމިކަލްގެ ނުރައްކާވެސް މިހާރު ވަރަށް ބޮޑުވެއްޖެ

    23
    0
    • ޑ

      ދަރިފުޅާ ހޭއަރާ....
      ނިކަމެތި މީހާ ގެ އެއް އިރުގެ ކެއުން ބައްޓަން ކުރެވިއްޖެނަމަ ސަލާމަތްވެދާނެ... އިންސާނުން މިހާރު ތަހައްމަލް ކުރަމުން މިދާ 90 އިންސައްތަ ބަލިބަލީ ގެ ސަބަބަކީ ކެއުން ބުއިމުގެ ސަބަބުން ޖެހޭ ބަލިތައް!

      20
      2
    • ދެވިހިފުން

      އަވަލާނީކީ ނޫނެވެ. ދެވިހިފާނީ.

  2. ަގ

    ފުރަތަމަ ސުވާލަކީ އިންސާނުން އުފެއްދެވީ ދުންއަޅާގެން ހިންގާގޮތައް ތޯއޭ!

    18
  3. އަލީ

    ޕެސިވް ސޮމޯކިންގ ގެ ނުރައަކާ އަދި މާބޮޑު.

  4. ކޮރަލް

    ގާނޫނާ ގަވާއިދާ ހިލާފައް ސިނގިރޭޓް ބުއިން ރާއްޖޭގަ ވަނީ ހައްދު ފަހަނަ އަޅާފަ އެވެ.

    15
    1
    • ނާރުބޭ

      އަޅުގަޑު އެންމެ ފަހަރަކުވެސް ނުބުނަން ދުންފަތުގެ އިސްތިއުމާލް އަދި ވޭޕްކުރުން މީ ރަނގަޅު ކަމެކޭ އެކަމަކު ތިޔަ ހުރިހާ ޑޮކްޓަރުން ތިބެގެން އެއްވެސް ކަމަކައް ބެލުމެއްނެތި މީހުންނައްް މަޖުބޫރު ކޮއްގެންދޯ ކޮވިޑް ވެކްސިން ޖެއްސުވީ އެކަމު މިހާރު ތިކިޔަނީ އޭގާ މައްސަލަ ތަކެއް އުޅޭކަމައް މިގޮތައް މިކަހަލަ ކިތައް ކަންތައްތޯ މިގައުމުގަ ހުރީ ކީއްވެތޯ ސޮސެޖް އަކީ ކިހާވަރެއްގެ އެއްޗެއްކަން މީހުންނައް އޮޅުންފިލުވާ ނުދެނީ މާލޭ މާރުކޭޓްގަ ވިއްކާ މޭވާފަދަ ތަކެތި އަވަހައް ދޮންކުރަން ޖަހާ ކެމިކަލް ތަކުގެ ވާހަކަ ނުދައްކަނީ ނޫނީ އެކަންކަން ހުއްޓުވަން ކޮން ފިޔަވަޅެއްތޯ އެޅުނީ

      11
  5. ޢަލީ

    ހަރާމްކަމަކަށްވުންފުދޭ މުސްލިމަކަށް ހުއްޓާލަން!

    26
  6. ހަޝް

    ހެޑްލައިންއަށް އަރަންވީމަ މިވަރެއްނެތް
    އަހަރެން އަޖީއެމްއެޗް ގަ އެޑްމިޓް ކޮއްފަ އޮއްވާ މީނަ ނޯޓް އަޕްޑޭޓްކޮއްފަ އޮވެގެން މީނަ ވޯޑަށް ވަން ތަނެއް ނުފެންނާތީ ނަރުހުން އިރު އިރުކޮޅާ އައިސް އެހި މީނަ އައިތޯ.
    ހަމަގައިމުވެސް އަހަރެން އޮތް ކޮޓަރިއަށް ނާދެއޭ ބުނީމަ ނަރުސް ކްއްޖާ ބުނީ މީނަ ނޯޓްސް އަޕްޑޭޓް ކޮއްފަ އެބަ އޮތޭ.
    3 ދުވަހު އޮތް އިރު އޭނަ ލޮލަށް ނުދެކެން. އަންޑަރ ޑރ މުހައަމަދު އަލީ ޖަހާފަ އެޑްމިޓް ކުރީ. އެޑްމިޓް ވި ދުވަހު އޭނަ ފަރާތުން އެމްއޯ އެއް އައިސް ވާހަކަ ދައަކާލި. މީނަ އަންނާނެ ކަމަށް ބުނި. އެކަމް 3 ދުވަސް ނިމުނީ އޭނަ ލޮލަށް ނުފެނި

    7
    0
  7. ދުންބޯ މީހާ

    ރާއްޖޭގައި ޑްރަގްގެ ވަބާއޭ ކިޔައި ފަރުވާ ދޭންކުރާ ހަރަދާއި ސްމޯކިންގް ސީސޭޝަން ކްލިނިކް ހިންގަން ކުރާ ހަރަދު ބަލައި ދިރާސާކޮށް އިލްމީ ދިރާސާ އަށް ބިނާކޮށްގެން ސަރުކާރާއި އަމިއްލަ ޖަމިއްޔާ އަދި ނޫސްތަކުން ގުުޅިގެން މިކަމަށް މަސައްކަތް ކޮށްފިނަމަ 5 ވަރަކަށް އަހަރުތެރޭ މިކަން ކޮޅެއްގައި ޖެއްސިދާނެކަމަށް ފެނޭ. ވޭޕް މަނާކޮށްފައިވާ ގައުމުތައް ރާއްޖެއަށް ވުރެބޮޑު އަދި މީހުންވެސް ގިނަ. އެހެންވީމަ ކީއްޗެ ރާއްޖޭގައި ވޭޕް މަނާ ނުކުރެވެންވީ؟ ސަރުކާރަށް އަދި ސިއްހީ ނިޒާމަށް ބާރުބޮޑުވެ މަރުތަށް އަދި ފުންފަތާ ގުޅުންހުުރި ބަލިތަށް ގިނަވާއިރު ސަރުކާރުން ފިޔަވަޅު ނާޅާތީ މިކަން މިހެން މިހިނގަނީ. ރައީސް އަދި ހެލްތް މިނިސްޓަރަށް މިކަން ވާނީ

  8. އާދަންބެ

    ހުއްޓާލަން ބޭނުން. އެކަމު ތިޔަ ޑރ ކައިރީ ނާހާނަން. އޭނަ މާކެޓްކުރީ ސިގިރެޓަށްވުރެ މާ ވިހަގަދަ ކޮވެކްސިން.

    5
    2
  9. ހަސަނުބެެ

    ސިނގިރޭޓްް ބުއިންް ހުއްޓާލައިފިންް ކުއްލިކަށްް ހުއްޓާލީީ އަތުގާާ އޮތްފޮށިި ހުސްވީމާާ ލައިޓަރުު ވެސްް އެއްލާއިިލީީ މިއަދަށްް 26ދުވަސްް ދުވާލަކަށްް 1ފޮއްޓަށްް ވުރެންް ގިނައިންް ބޮއެފާާ މިި ހުއްޓާލީީ ބޯހިއްވޭޭ އެކަމުު ނުބޮއެެ މިި ހުންނަނީި ހަމަަ ހުރީމާާ ހުރެވޭނެެ ހުރިހާަ ޕްރެސަރަކާާ އެކީގާާ މިި ހުންނަނީ

    11
    • ހ

      ސާބަހޭ ހަސަނާ

      11
  10. ނުރައްކާ

    އެންމެ ފަހުން ލިޔެލާފަ ތީނަބައި އެއީ ތިކަމުގެ ހައްލުކަމަކައްނުފެނޭ.މިހެން މިބުނެލީ ތިޔަބުނާ އަގުބޮޑުކޮއް އެކި އެކި މޮޅެތި ކަންތައް ކުރަންފެށިފަހުން މި ރާއްޖެއައް ވޭޕްކިޔާ އެއްޗެއް ތާރަފްވެންދިޔައީ އެއީ ސގިރޭޓައްވުރެއް އެތައްގުނައެއް ނުރައްކާބޮޑު އެއްޗެއްކަމައް ވަނީ އޭގެފަހުން ވޭޕްބޮއެގެން މީހުން މަރުވިވާހަކަތައްވެސް މި ހަބަރުތަކުން ފެނުނު އަގުހެޔޮއެއްޗެއް އިޚްތިޔާރުކޮއްގެން ޖޫރުމަނާތަކުންސަލާމަތް ވާން ކުރާމަސެއްކަތް އަނެއްކާ މިހާރު މިކަމުގެތެރެއައް އަންހެންވެރިން ވައްނަނީ ފަތުއަޑުކިޔާފަ ދެންވާނެގޮތް ބަލަންތިބެމާ

  11. 7000

    މީ ފައްކާ ރޯނުއެދުރެއް. އަބަދުވެސް އަމިއްލައަށް މަޝްހޫރުވާންއުލޭ އަމިއްލައެދުން ވަރަށް ބޮޑުމީހެއް.

    6
    1
  12. ނަސީމާ

    އެއްކަލަ ފަލަ މީހާ ހަހަހަ އަމިއްލަ މިހާގެ ހާލަތާމެދު ވިސްނަބެއަ ހަހަހަ

    4
    1
  13. Anonymous

    އަހަރެން މީ ކުރިން އަބަދު ހޭލާ ހުރިއްޔާ އަތުގަ ސިނގިރޭޓެއް އޮންނަ މީހެއް ، އާ ދެނެއް ނުބޯނަމޭ ކިޔާ މިހުރީ ނުބޮން ، މިހާރު 3 އަހަރުވަނީ.