ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅުން ފައިސާ ނަގާ، އެކަން ވަރަށް ރަނގަޅަށް ތަންފީޒު ކުރަމުން އަންނަ ގައުމެކެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެއިރުން ފެށިގެން ވިޔަފާރިތަކުން ކޮންމެ މަހަކު ވެސް ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއެެވެ. މިއީ ދައުލަތަށް ލާރިގަނޑެއް ހޯދަން ކުރި ކަމެއްގެ ގޮތުގައި އެއްބަޔަކު ދެކެމުންދާއިރު، މިކަމުން ލިބުނު ފައިދާއަކީ ގިނަ ފިހާރަތަކުން ޕްލަސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށް ހުއްޓާލުމެވެ.

މިއީ ހެޔޮ ފާލެއް ނޫން ހެއްޔެވެ؟ ރައްޔިތުންގެ އަތުން ހޭދަވާ އިތުރު އަގަކުން ދައުލަތަށް އިތުރު އާންމުދަނީއެއް ލިބޭއިރު، ޕްލާސްޓިކް ކޮތަޅާ ދުރަށް ދާން ބާރު އެޅުނީއެެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީން މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ދައުލަތަށް 12.6 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ފީން ހަތަރު މިލިއަން ރުފިޔާ ލިބިފައިވާކަަމަށް ދައްކައެވެ. ދައުލަތުގެ ބަޖެޓަށް ލިބިގެން ލުޔެކެެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި ވާގޮތުން ވިޔަފާރި ހަރަކާތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، އެ ވިޔަފާރި ހަރަކާތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ. ބައެއް ހާލަތްތަކުގައި އަގު ނެގުން އިސްތިސްނާވަނީ ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅާއި ޑިއުޓީ ފްރީން ވިއްކާ ކޮތަޅުގެ އިތުރުން ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅެވެ.

ޔޫއެސްއައިޑީގެ ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތް ފެށުމަށް ގޮނޑުދޮށް ސާފް ކުރުން -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މި ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއެކު މާލެ ސަރަހައްދުގެ ބޮޑެތި ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށްހެން ހުއްޓާލިއެވެ. އެ ފިހާރަތަކުން އެއްގޮަތަކަށް ވެސް ޕްލާސްޓިކް ކޮތަޅެއް ނުފެނެއެވެ. ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ފެނިގެން ދަނީ ފޮތި ކޮތަޅެވެ. އެކި ސައިޒުގެ ފޮތި ކޮތަޅެކެވެ. ބޮޑެތި ފިހާރަތަކުން މިކަން ހުއްޓުވިގެން ދިއުމަކީ ރަނގަޅަކަށް ވެގެންދާ ކަމަަކަށް ވާނެތާއެވެ؟ އެއީ މީގެ ކުރިން ދުވާލަކަށް އެތައް ހާސް ޕްލާސްޓިކް ކޮތަޅެއް ބޭރު ކުރަމުންދާ ފިހާރަތަކުން ތިމާވެއްޓަށް ގެއްލުންނުވާ ޒާތުގެ ކޮތަޅުތައް ބޭނުން ކުރަން ފެށުމުން، އެ ބޭރުވާ ކޮތަޅުތައް ދެން ގޮނޑަށް ދިޔަސް ފަރުތަކާއި، މަސްތަކާއި އެނޫން ވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންވެގެންދާ މަންޒަރު ފެނިގެން ނުދާނެތާއެވެ.

ފޮތި އަދި ކަރުދާސް ކޮަތަޅު ބޭނުން ކުރަން ފެށި ފިހާރަތަކުން މި ކޮތަޅުތަކަށް އަގު ވެސް ނެގިއެވެ.

މާލެ ސަރަހަައްދުގައި ބޮޑު ޝޮޕިންގމޯލްތައް ހިންގަމުންދާ މީހަކު "ވަގުތު"އަށް ވިދާޅުވިގޮތުގައި، ރާއްޖޭގައި ކޮތަޅުން ދެ ރުފިޔާ ނަގަން ފެށުމާއެއެކު، އޭނާގެ ފިހާރައަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށް ހުއްޓާލި އެއް ބައެވެ. އެ ފިހާރައިން ޕްލާސްޓިކް ކޮތަޅުގެ ބަަދަލުގައި ފޮތި ކޮތަޅުތައް ބޭނުން ކުރަމުންދާއިރު، ހުރިހާ ކަމަކަށް ވެސް ބޭނުން ކުރަނީ އެ ޒާތުގެ ކޮތަޅެވެ. ތަރުކާރީ އާއި މޭވާ އަދި ފުށާއި ހަކުރު އަދި ހަނޑޫ ފަދަ އެއްޗެެހި ވެސް އަޅަމުން ދަނީ ފޮތި ކޮތަޅަށެވެ.

ޔޫއެސްއައިޑީގެ ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތް ފެށުމަށް ގޮނޑުދޮށް ސާފް ކުރުން -- ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

އެ އޮފިޝަލް ވިދާޅުވެފައިވާ ގޮތުން ނަމަ އެ ކުންފުނީގެ ފިހާރަތަކުގެ މުޅި އޮޕަރޭޝަން ބަދަލުކޮށްލީ ޕްލާސްޓިކް ކޮތަޅާއި ނުލައެވެ.

"އަޅުގަނޑުމެން ފޮތި ކޮތަޅަށް މި ނަގަނީ ދޮޅު ރުފިޔާ،". މާލެ ސަރަހައްދުގައި ވިޔާފާރި ހިންގަމުންދާ މީހަކު ވިދާޅުވިއެވެ.

މީގެ އެތައް ބޮޑު ވިޔަފާރީއެއް މާލޭގައި ހިންގަމުން ދެެއެެވެ. މި ފިހާރަތަކުން ޕްލާސްޓިކް ކޮތަޅާއި އެއްކޮށް ދުރަށް ގޮސްފައި ވެއެވެ.

މިދިޔަ ސަރުކާރުގެ ތިމާވެށީގެ ވަޒީރު އައިމިނަތު ޝައުނާ 2022 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ގޮނޑޮދޮށްތަކާއި ފަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލައެވެ. މިއީ ހައްލު ކުރަން އުނދަގޫ ބޮޑު މައްސަލައެއްގެ ގޮތުގައި އަބަދު ވެސް އޮންނަ މައްސަލައެކެވެ.

ފިހާރައަކުން މުދާ ގަނެގެން ޕްލާސްޓިކް ކޮތަޅަކަށް ލައިގެން ގެންދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޫދުގެ ރީތިކަން ސަލާމަތްކުރެވޭނެ؟

ޔުނިސެފުން 2019 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުގައި 2018 ވަނަ އަހަރު ރާއްޖެއިން 100 މިލިއަނަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު އުކާލާފައިވެއެވެ.

ޕްލާސްޓިކް މޫދަށް އެޅުމުގެ ސަބަބުން މަޑުމަޑުން އެ ތަކެތި ހަލާކުވެގެން ދިޔަ ނަމަވެސް އެ މަސައްކަތަށް 400 އަހަރަށްވުރެ ގިނަ ދުވަސް ނަގާފާނެއެވެ. ޕްލާސްޓިކް ފަޅައިގެން ގޮސް ކުދިކުދި ޕާޓިކަލްތަކަށް ބަދަލުވުުމުން އެއަށް ކިޔަނީ މައިކްރޯޕްލާސްޓިކެވެ. ޕްލާސްޓިކް މުޅިން ވީރާނާނުވާއިރު، ޕްލާސްޓިކް އުކާލުމުން ކުދިކުދިވަމުން ގޮސް މައިކްރޯޕްލާސްޓިކަށް ބަދަލުވާތީ އޭގެ ނޭދެވޭ އަސަރު އިންސާނުންނާއި ޖަނަވާރުންނަށް ސިއްހީ ގޮތުން ވެސް ކުރާނެ ކަމަށް ބެލެވެއެވެ.

މޫދަށް ނޫނީ ގޮނޑުދޮށަށް އަޅާ ޕްލާސްޓިކްގެ ސަބަބުން މުރަކައަށް ވެސް ވަނީ ގެއްލުމެވެ. ފަރުތަކަށް ގެއްލުން ވެއެވެ. ކަނޑުގެ ރީތިކަން ގެއްލި ދިރުންތައް މަރުވުމުގެ އެއް އަސްލަކީ ޕްލާސްޓިކަށްވާއިރު، މިއީ ރާއްޖޭގެ އިގްތިސާދާ އެންމެ ބޮޑަށް ގުޅިފައިވާ ފަތުރުވެރިކަމާއި ގުޅޭ ދާއިރާއަށް ވެސް ހުރި ބޮޑު ގެއްލުމެކެވެ.

އެލެން މެކްއާތަރ ފައުންޑޭޝަނާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ޕްލާސްޓިކް ފުރިފައިވާ ބޮޑު ޓްރަކެއްގެ ކުނި ކޮންމެ މިނެޓަކު މޫދަށް އަޅައެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ޕްލާސްޓިކް އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެހެން ނޫނީ މަހަށް ވުރެ ކަނޑުގައި ޕްލާސްޓިކް ގިނަވާނެއެވެ.

އާވީ ނޭޗާސް ރިސޯޓްގެ ހިތްގައިމުކަން މޫދު ސަރަހައްދުން :- ވަގުތު އިމޭޖެސް:އަހްމަދް އަލީ

މި ޕްލާސްޓިކް ކެއުމުން ކަނޑުގެ އެތައް ހާސް މަސްމަހާއިމެއްސެއް މަރުވާއިރު، ގިނަ އަދަދެއްގެ ޕްލާސްޓިކުން އުފައްދާ ޑައިއޮކްސިން އާއި އެހެނިހެން ތަޣައްޔަރު މާއްދާތަކުން އިތުރު އެތައް މަސްމަހާއި މެހި މަޑުމަޑުން ވިހަވަމުން ދެއެވެ. ޑައިއޮކްސިން އަކީ އެންޑޯކްރައިން ޑިސްޓްރަޕްޓަރެކެވެ.

ކަނޑުތަކުގައި ހުންނަ ޕްލާސްޓިކްގެ އަސަރު އެންމެންނަށް ވެސް ކުރާކަން އެނގެއެވެ. އެއީ އަޅުގަނޑުމެންގެ ފުޑް ޗެއިންގެ ތެރެއަށް ވަންނަ އެއްޗެކެވެ. އެއީ ނެތިދިއުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެއީ ޕްލެނެޓް އަލުން ފުރުވާލާ ވަރަށް ބޮޑަށް ފެން ތަޣައްޔަރުކުރާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދާއޫދު

    ބަދަލެއް ނާދޭ
    ކޮތަޅު އިތުރުވެ މަގުމަތި ކޮތަޅުން ތަޤައްޔަރުވީ.
    ކުރާނެ ކަމެއް ނެތް
    ބޯހަލާކު

    23
    1
    • ޙ

      ވިޔަފާރި ތަކައް ފަިދާވީ

      18
      2
  2. ކައުންސެލަރު 🙌

    މިއީ ސޯލިހު ރައްޔިތުންނަށްދިން އަނިޔާއެއް. ތިމާވެއްޓޭ ކިޔާފަ ސަރުކާރަށް މިލިޔަނުން ރުފިޔާ ހޯދަން ކުރިކަމެއް. މިކަމުން މުއްސަނދިވީ އެމްޑީޕީގެ މަތިފަޑީގެ ބަޔަކު. ރައްޔިތުންނަށްވީ ގެއްލުން. ރައީސް މުޢިއްޒު މިކަން ބައްލަވާ މިކަން ރަނގަޅު ކުރައްވާނެކަމަށް ޔަގީންކުރަން

    30
    5
    • ރައީސް މުއިޒު

      ދެން ކީއްވެ ހެޔޮފުޅު ސަރުކާރުން އަދިވެސް ކޮތަޅު ޖީއެސްޓީ ކަނޑައި ނުލެވިގެން އަދިވެސް ޖކޮތަޅު ޖީއެސްޓީ އެނަގަނީ؟

      14
      4
      • ޙެޔޮ

        ސަރުކާރުން ދަނީ ހުސްކޮށްފައި ހުރި ތިޖޫރީއަށް ޑޮލަރު އަޅަމުން.

        13
        6
  3. ސަރަފަކައްދަ

    ކޮބާހޭ ކޮތަޅު ތަކުން މި ސަރުކާރުން ކަނޑާލަން ބުނި 2 ރުފިޔާ! ނުކަނޑާނެ ދޮތަ! މުލިންވެސް ދެނީ ރައްޔިތުންނަށް ދޯކާ އާއި އޮލުވާލުން!

    13
    5
  4. Anonymous

    ތިމާވެއްޓަށް ބަދަލުގެނެވުނު އެގެނެވުނު ބަދަލަކީ ތަކެތީގެ އަގު ބޮޑުވުން. އެވެސް ވެއްޓަށް އަންނަ ބަދަލެއް. ވިޔަފާތިވެރިންނަށް ލިބުނު މަންފާއެއް. ނަގާ ދެރުފިޔާވެސް ކޮތަޅު އެތެރެކުރާ މީހުން ފިޔަވައި މަދުބަޔަކު ދައްކަނީވެސް.
    މަސްމާރު ކޭޓުންވެސް މަސްކަނޑާދޭ އަގު ބޮޑުވީ ކޮތަޅުގެ އަގު ވަކިން ނަގާއިރުވެސް ކުރިން ކޮތަޅު ހިލޭ ދިން އިރުވެދް ނަގާއަގު ނަގަނީ. އަދި ކޮތަޅުދޭނަމަ ކޮތަޅަކަށް 2 ރުފިޔާ ނަގާ. އެނަގާ 2 ރުފިޔާ ދައުލަތަށް ދައްކާތޯ ނޫސްވެރިން މީރާއާ ސުވާލުކޮށްލަބަލަ

    11
    2
  5. އަލިބެ

    ތީ އިބޫ ސޯލިހް ރައީތުން ފެލަން ކުރި ކަމެއް. ތިމާވެއްޓައް ވިސްނި ނަމަ ތި އެތެރ ކުރުން ހުއްޓުވީހީ ދޯ

    14
    3
  6. ސަމުސާ

    ޕްލާސްޓިކް ކޮތަޅުން ދެރުފިޔާ ނަގާގޮތައް ގާނޫނުގަ އޮތީ ކަރުދާސް ކޮތަޅާ ފޮތިކޮތަޅުން ނަގާކައް ނޯވޭ ކަންނޭންގެ އެކަމަކު މި ފިހާރަތަކުން ކަރުދާސް ކޮތަޅާ ފޮތިކޮތަޅުންވެ ލާރިނަގާވަރުން މުސީބާތެއް

    17
    1
  7. ހަންޑިކުޑަ

    ކޮބާހޭ ކުޑަ ކުރަން ބުނި ޖީ.އެސް.ޓީ. 8 ޕަރސެންޓުން 6 ޕަރސެންޓަށް ތިރި ކުރަން ބުނި ޖީ.އެސް.ޓީ އާއި ރައްޔިތުންގެ އަތުން ކޮތަޅު ތަކުން ނަގަމުން އައި 2 ރުފިޔާ ކަނޑާލަ ދޭނަމޭ ބުނެ ދެނީ ދޯކާ! އިނބަމަކަށް ނުވާނެ! ނުކުރާނެ! ނުވެސް ކުރާނެ!

    7
    3
  8. މީމަ

    މިޤައުމުގައި ޖޫރިމަނާއެއް، އިތުރު ޓެކްސް އެއް ދައްކާގެން އެއްވެސް ކަމެއް ކޮންޓްރޯލް ނުވާނެ. މިހާރުވެސް އެއްގޮތަކަށްވެސް އެތެރެ ނުކުރެވޭ ގޮތް ހަދާލަ ބަލަ ، އެނޫން ގޮތަކުން ނުވާނެ،

    • ޙެހެހ

      ކޮންމެވެސް ވަރެއްގެ ފައިދާ ހުންނާނީވެފަ ، އެއްފަހަރުން އެކަމެއް ނުފެންނާނެދޯ ، ނޫސްވެރިޔާ ކިހާވަރެއްގެ ދިރާސާއެއް ކުރިންތޯ !! މީހުންގެ މެދުގައި ފިތުނަ އުފެދޭފަދަ މައުލޫތައް ނުނަގަބަލަ

  9. ބަބޫ

    ކެމްޕެެއިނަށް ސިޔާސީ މީހުންގެ ޖީބުތަކަށް ބަދަލު އައި. އެތެރެ ކުރާ މީހުން އަރުން 2 ރުފިޔާ. ގަނޑުކޮށް ގަންނަ މީހުން އަތުން 2 ރުފިޔާ. ވަކިވަކިން ގަންނަ މީހުން އަތުން 2 ރުފިޔާ. ކޮތަޅަކުން ސަރުކާރަށް 6 ރުފިޔާ ފައިދާ. މިވަރުން ލިބުނު ފައިދާ އެގޭނެ ކަމަށް އުއްމީދުކުރަން

  10. ދެރަ

    މިހާރު މިހުންނަ ކޮތަޅުގަ ހުންނަ ކުޑިން ގެއްލުން އެބަލިބޭ ހަށިގަނޑަށް. ހެދިކާއަޅަފަ އެބަދޭ އެކޮތަޅަށް. އަނގައިގަޖެހެނީ އިސްތަށިހެންހުންނަ އެއްޗއް. ޢެވެސް މިކެވެނީ. ތިމާވެއްޓެކިޔާފަ ކުރާކަންތައްމީ

  11. 😡😡😡

    ވޯލްޑް އިކޮނޮމިކް ފޯރަމްއިން ދައްކާ އެއްވެސް ވާހަކައެއް އެކަކުވެސް ގަބޫލުކުރާނެކެމެއް ނެތް! ނުބައި ބައިގަނޑެއް

  12. ކޯޅި

    ވަރަށް ބޮޑު ބަދަލެއް އައިކަމަށް ބެލެވެނީ. އެއީ ސަރުކާރުގެ ޖީބު ބަރުވެ ރައްޔިތުންގެ ޖީބު ފޫވެއްޓި ވިޔަފާރި ވެރިންގެ ފައިކެޓްތައް ފައިސާއިން ފުރިގެން ދިޔުން އަދި ކޮތަޅު ރާއްޖެއަކަށް ބަދަލުވެ އިހުނަށްވުރެ ކޮތަޅު ގިނަވުން.

  13. ރަސަަ

    ވިއްކާ ފަރާތް ތަށް މުއްސަދި ވުން ނޫން ކަމެއް އަދި ނުވޭ.

  14. ކޮތަޅު

    މިހާރު ފޮތިކޮތަޅުވެސް ދެރުފިޔާ އަތުލާ، އެއި ޑިއުޓީ ނުނަގާ އެއްޗެއް ކަންނޭގެ.

  15. ކޮތަޅު

    މިހާރު ފޮތިކޮތަޅުވެސް ދެރުފިޔާ އަތުލާންފެށީ، އެއި ޑިއުޓީ ނުނަގާ އެއްޗެއް ކަންނޭގެ.

  16. އަދުނާނު.

    ދުވަހަކު ތި ޕްލާސްޓިކް ކޮތަޅެއް ނުދޭ ފިހާރައަކުން. ދެނީ ފޮތި ކޮތަޅު. އެކަމް އޭގެންވެސް ދެރުފިޔާ ނަގާ. މީ ކިހިނެއްވާ ކަމެއް. ވިޔަފާރި ވެރިން ނަށް ހުރިހާ މޮޅެއް. ނިކަމެތި ވަނީ ރައްޔިތުން.