މަސްވެރިންނަށް ފައިސާ ނުލިބޭތީ މުޒާހަރާ ފެށީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މިމަހުގެ 12 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މުޒާހަރާ ފެށީ މާލޭގައެވެ. މުޒާހަރާތައް ފެށުނީ އެއް ނަންބަރު ފާލަން ކައިރިއަށް ދޯނިތައް ކައިރިކޮށްގެންނެވެ. ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އެ އިހުތިޖާޖު ކޮށްފައިވަނީ މިފްކޯއިން ބޮޑުކަންނެލި ގަތުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލައެވެ.

މަސްވެރިން އެންމެ ފުރަތަމަ އިހުތިޖާޖު ކޮށްފައިވަނީ ހުޅުމާލޭ ފަޅު ތެރޭގައެވެ. އޭގެ ފަހުން އެ މީހުން ވަނީ މާލޭގެ އެއް ނަންބަރު ފާލަމާ ދިމާލަށް ގޮސްފައެވެ. މަސްވެރިންގެ މާލޭގެ އެއް ނަންބަރު ފާލަމަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ވަގުތު ކޯސްޓް ގާޑުން ދިޔައީ މަސްވެރިން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޯސްޓް ގާޑުގެ ލޯންޗުގައި އެއް ނަންބަރު ފާލަމަށް ވަންނަ ނެރު ކައިރީ ފުލުހުން ބަންދު ކުރިއެވެ. ނަމަވެސް ބައެއް ދޯނިތަކުން ވަނީ ކޯސްޓް ގާޑުގެ ލޯންޗުގައި ޖައްސައި އެއް ނަންބަރު ފާލަމަށް ވަދެފައެވެ. ބޮޑު ކަންނެލީ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ސިފައިންގެ ލޯންޗެއްގައި ޖެއްސި މައްސަލައެއް ވެސް ފެންމަތިވެ އެކަމުގެ ތަގުގީގު މިހާރު ދަނީ ކުރިއަށެވެ.

މަސްވެރިންތަކެއް މާލެ ފަޅުގައި މުޒާހަރާ ކުރަނީ. --- ފޮޓޯ: އާދިން މޫސާ

އެއަށްފަހު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންގެ އެހެން މުޒާހަރާއެއް ފެށީ މިދިޔަ ހުކުރު ދުވަހެވެ. މަސްވެރިންގެ މުޒާހަރާ ކުރިއަށްދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީގޮތުން މެދު ކަނޑާލަން ޖެހުނެއެވެ. އެމީހުން ދިޔައީ އެ މަސްފެކްޓްރީ ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރު ދެމުންނެވެ. މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ ސްޓާފް ކެންޓީން ބަންދުކޮށްފައި ހުއްޓާ އެތަނުގައި ހުރި ކާނާ ބޭނުންކޮށްފައެވެ. އެކޮމަންޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން އެތަނުގެ މުވައްޒަފުން ނިދީ ބޭރުގައި ސަތަރި އަޅައިގެންނެވެ.

މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް އެކަމުގެ ސަބަބުން ނުފުދިވާކަން މިފްކޯ އިން ވަނީ ފާހަގަކުރައްވާފައެވެ. މަސްވެރިންގެ ޑިމާންޑަކީ "އެކޮމަންޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާފައި ބެހެއްޓުން" ކަމަށް މިފްކޯ އިން ވިދާޅުވިއެވެ. މަސްވެރިންގެ ހައްގުތައް ނުލިބިގެން އުޅުނު އިރު، އެ މުވައްޒަފުންގެ ހައްގުތައް މުހިންމު ކަމަކަށް ނުވިއެވެ.

މިފްކޯ އިން ތަކުރާރުކޮށް ވިދާޅުވަމުންދަނީ މަސްވެރިން "ސުލްހަވެރި އިހުތިޖާޖު" ކުރިޔަސް އެ ކުންފުނީގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ތަނުގެ މުވައްޒަފުން ނުރައްކާތެރި ހާލަތަކަށް ވައްޓާލާ، އެތަން "ހިސޯރު" ކުރުމަށް މަސައްކަތް ކުރަން މަސްވެރިން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެއެވެ.

އަޑު ވެސް އުފަލަންވީއެވެ. ހައްޤުތައް ހޯދުމަށް ވަކާލާތު ވެސް ކުރަންވީއެވެ. އެހެންނަމަވެސް އެހެން މީހުން ހައްޤަށް ވެސް ވިސްނައިގެންނެވެ. އެމީހުންގެ ހައްޤަށް ވެސް އުނިކަން ނާންނަ ގޮތަށެވެ. ތިމާގެ ހައްޤު ހޯދަން އެހެން މީހުންގެ ހައްޤަށް ހުރަސް އެޅުމަކީ ގޯހެކެވެ. ކޮށްގެންވާނެ ކަމެއް ނޫނެެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކަރަންޓު ދޭން "މިފްކޯ" އިން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ތަނުގެ މަސްލަހަތު މަސްވެރިން ނަގާލާ ކަމަށް އެ ކުންފުނިން ބުނެއެވެ. މަސްވެރިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން އެތަނުގެ ކަރަންޓު ކަނޑާލާފައިވަނިކޮށް ފުލުހުންގެ އެހީތެރިކަމާއިއެކީ ކަރަންޓް ދިނުމުން އަނެއްކާ ވެސް ޖެހުނީ ކަރަންޓު ކަނޑާލާށެވެ. އެއީ ހަމަނުޖެހުން ހިނގައި އެތަނުގެ މަސްލަހަތު ގެއްލުވާލުމުންނެވެ.

މިހާރު ވެސް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކަރަންޓު ވަނީ ކަނޑާލާފައެވެ. ތަނުގެ އޮޕަރޭޝަން އަދި ފެށޭ ގޮތެއް ނުވެއެވެ. އެތަނުގެ ބޭރުގައި އަދިވެސް މަސްވެރިން މަދުން ނަމަވެސް އެބަތިއްބެވެ. އެމީހުން ވަނީ އެތަނުގެ ބޭރުން ވަންނަން ހުންނަ ތަން ވެސް ބަންދުކޮށްފައެވެ.

ފުލުހުންނާއި ބައްދަލުކޮށް މިއަދު މެންދުރު ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯ އިން ވިދާޅުވެއެވެ. އެތަނުގައި މުވައްޒަފުން ތިބުމަށް ރައްކާތެރިނުވާތީ މިފްކޯ އިން ވަނީ މުވައްޒަފުން ތަނުން ބޭރަށް ބަދަލުކޮށްފައެވެ.

އެ މަސްފެކްޓްރީން ކަރަންޓު ކަނޑާލަން ޖެހުމުން މިފްކޯއަށް ވެސް ގެއްލުންތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އެތަނުގެ ބައެއް އިކުއިޕްމަންޓްތަކަކީ ކަރަންޓު ދެމުން ގޮސް، ލޯޑްދީގެން ހިންގަން ޖެހޭ މެޝިންތަކެވެ. އަދި އެތަނުގައި ކޯލްޑް ސްޓޯރޭޖުގައި އެތައް ސަތޭކަ ކިލޯގެ މަސް ރައްކާކޮށްފައިވާއިރު، ކަރަންޓު ކަނޑާލުމުން އެ ހުރިހާ މަހެއްގެ ފިނިކަން ކެނޑި މަޑުމަޑުން ހަލާކުވާނެއެވެ.

އަމިއްލަ ހައްގު ހޯދަން ސުލްހަވެރި އިހުތިޖާޖު ދޫކޮށްފައި މަސް ފެކްޓްރީ ހުއްޓުވުމުން، އެއީ ގައުމަށް ދެވޭ ދެރައެކެވެ. ދިވެހީންގެ ދައުލަތަށާއި އެންމެނަށް ލިބެން އޮތް މަންފާއެއް ހުއްޓުވުމަށް ކުރެވޭ ކަމެކެވެ.

މީގެ ކުރިން ވެސް ދައުލަތުގެ މާލީ ހާލަތު ދަށްވުމުން މަސްވެރިންނަށް ފައިސާ ނުދީ ލަސްވެއެވެ. މިއީ އިއްޔެއަކު މިއަދަކު ވާ ކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައި ވެސް ކަން ހިނގަނީ މިހެންނެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ވެސް ބެލްކޮގެއް އޮތެވެ. އެ ފައިސާ ވެސް ދައްކައި ނިންމައިފިއެވެ. ސަރުކާރުން ތަކުރާރުކޮށް ވަނީ މަސްވެރިންނަށް ފައިސާ ދޭނެ ކަމަށް ބުނެފައެވެ. މިހާތަނަށް ވެސް ބޮޑު ބެކްލޮގެއް ކްލިއާކޮށް މަސްވެރިންނަށް ވަނީ 800 މިލިއަން ރުފިޔާ ދީފައެވެ.

މުޒާހަރާގެ ތެރެއިން މަސްވެރިން ވަނީ ފިޝަރީޒް މިނިސްޓަރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް އައުމަށް ވެސް ގޮވާލާފައެވެ. މީގެ ކުރިން ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރުމުން ވަޒީރު އެ ރަށަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުން އަޑުއެއްސެވިއެވެ. އެއް ނަމްބަރު ފާލަން ބަންދުކޮށްގެން ބޮޑު ކަންނެލި މަސްވެރިން މުޒާހަރާ ކުރުމުން ވެސް އެތަނަށް ވަޑައިގެން އަޑު އެއްސެވިއެވެ.

އެކަމަކު، މިހާރު އެކަން ވެސް "ކުޅިވަރަކަށް" ވެއްޖެއެވެ. ކޮންމެ ފަހަރަކު މިނިސްޓަރާއި ރައީސް ދަމާ ކޫއްތާފައި މުޒާހަރާއަށް ގެންނަން ހެދުމުން އެއީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅުމެވެ. "ތިމާމެން މާ ބޮޑޭ، މާ މުހިންމޭ" ބުނާހެން ހީވާ ކަހަލައެވެ.

މިފްކޯއަށް ފައިދާއެއް ނުވާއިރު މަސްވެރިން ކިތަންމެ މަހެއް ބޭނިޔަސް، އަބަދު ވެސް ޑިމާންޑަކަށް ވަނީ ގެއްލުމެއް ނުވާނެހެން ހުރިހާ މަހެއް ނެގުމެވެ. ކޯލްޑް ސްޓޯރޭޖުގައި ޖާގަ ނެތަސް ވަރިހަމައެވެ. މަސް ނުކިރައިފިއްޔާ، ހުރިހާ މަހެއް މޫދަށް އުކާލައި މުޒާހަރާ ވެސް ކޮށްފައި އެބަ ހުއްޓެވެ. މަސްވެރިންގެ ފައިދާއަށް މިފްކޯ ގެއްލުމުގައި ހިންގަން ޖެހުނަސް ވަރިހަމައެވެ. މިފްކޯއަށް ކިރާ މަސް ކޮންޓްރޯލު ކުރިޔަސް، މަސްވެރިން ދައްކަނީ ގަދަބާރެވެ.

ކޮންމެ ފަހަރަކު ގަދަ ބާރުން މައްސަލަ ހައްލުކުރަން އުޅުމަކީ ތަހުޒީބު ގޮތެއް ނޫނެވެ. އައްޑޫ މަސްވެރިން ކުރާ އިހުތިޖާޖަކީ ނުބައި، އަޑި ނޭނގޭ ބަޔަކު ތިބެގެން ކުރަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ރޭ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ކުރަމުންދާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ވިދާޅުވެފައެވެ.

ޝާޑު ވިދާޅުވީ، މިހާރު އައްޑޫގެ މަސްވެރިން ހުޅުމީދޫގައި ހަދާފައިވާ މަސް ފެކްޓްރީގައި ކުރަމުންދާ އިހުތިޖާޖަކީ އެއްގޮތަކަށް ވެސް ގަބޫލްކުރެވޭ ކަމެއް ނޫން ކަމަށެވެ. އެއީ އީދު ބަންދު އައުމުގެ ކުރިން ވެސް އައްޑޫގެ މަސްވެރިންނަށާއި މުޅި ރާއްޖޭގެ މަސްވެރިންނަށް މިފްކޯއިން ފައިސާ ދޫކޮށްފައިވާތީ ކަމަށް ޝާޑު ވިދާޅުވިއެވެ. މިހާރު ނުދެވި ބާކީ ހުރި 50 މިލިއަން ރުފިޔާއަކީ އެއް މަހުގެ ބެކްލޮގެވެ.

ފައިސާ ދޫކުރަން ޖެހޭ އަދަދަށް ބަލާއިރު، މިހާރު ހުރީ ވަރަށް ކުޑަ އަދަދެއް ކަމަށާއި ސަރުކާރުން ދަނީ މިހާރު ވެސް އެ ފައިސާ މަސްވެރިންނަށް ދެވޭނެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުން ކަމަށް ވެސް ޝާޑު ވިދާޅުވިއެވެ.

މަސްވެރިންނަށް ނުލިބިވާ ފައިސާ އެ މީހުންނަށް ލިބެން ޖެހެއެވެ. ނަމަވެސް، ކޮންމެ ފަހަރަކު ހަމަނުޖެހުން އުފައްދައި، ގަދަ ބާރުން މައްސަލަ ހައްލުކުރަން އުޅުމުގެ އަޑީގައި ވަނީ ސިޔާސީ ފައިދާއެއް ހާސިލު ކުރުން ތޯ މިއީ މިހާރު އާންމުން އުފައްދާ ސުވާލެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މުމްތާޒު

    ތީކީ އަދި ޤައުމުގަ އުޅެގެން ވާނެ ގޮތެއްނޫނެވެ. ފައިސާ ހޯދަން ކަމާބެހޭ ފަރާތްތަކަށް ގޮސް ރީތި ގޮތުގައި މުޢާމަލާތް ކުރަންވީއެވެ. ކެނެރީގޭ ބޮއްޅަބެ ދަސްްކޮށްދިންގޮތަށް އޮފީހަށް މަސްތައް އަޅާލާ މުޒާހަރާކޮށް ޢިމާރްތަކުގަ ރޯކުރާކަށް ޖާގަ ދެވިގެން ނުވާނެއެވެ. މސްވެރިންވެސް ތިބެން ޖެހޭނީ ވަކި އިމެއްގެ ތެރޭގައއެވެ. އިމުން ބޭރުވުމުން ހިފަހައްޓާ އަދަބުވެސް ދޭން ޖެހޭނެއެވެ. މަސްވެރިންނަށް މި ތަކުލީފު ޖެއްސި ނާގާބީލް އިބޫ ގެ މީހުންވެސް މިކަމަށް ވިސްނަންޖެހެއެވެ. އެތައް މަހެއްވަންދެން ފައިސާ ނުދީ ހުރުމުގެ ސަބަބުން މިހާލަތައް ޤައުމު ދިޔައީއެވެ.

    79
    24
  2. ދެރަ

    މަސްވެރިންގެ އާއިލާތަކުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް ނުކުތީމަ ދެން ތިބޭފުޅުން ބުނާނީ، ކީކޭބާ. މަސްވެރިން ބުރަ މަސައްކަތުން ކުރާ މަސައްކަތުގެ އަގު ހޯދަން ދިޔައިމާ ވާނެ އެހުރިހާ ކަމެއްވެސް. ރައްޔަތުން ކިޔާއިރު މަސްވެރި އައިލާތަށް ނުހިމަނަނީ ކީއްވެބާ؟

    34
    54
  3. Anonymous

    އަޅުގަނޑަކީ ދަރުއެއްކުރާ މީހެއް. އަޅުގަނޑު އެއްކުރާ ދަރު ސަރުކާރުން ޖެހޭނެ ބޮޑުއަގެއްގައި ގަންނަން. އެހެންނޫނީ ދަރު އެއްކުރުމުގެ މަސައްކަތް ހުއްޓާލާފައި މުޒާހަރާކުރާނަން.

    52
    11
    • ވެރިން

      ކޮއްކޯ އެމީހުން މުޒާހަރާ ކުރަނީ އަގުބޮޑު ނުކޮއްގެނެއް ނޫން އެމީހުން މުޒާހަރާކުރަނީ އެއްކުރި ދަރުކޮޅު ސަރުކާރަށް ވިއްކީމަ އެޔަށް ދޭން ޖެހޭ ލާރިކޮޅު ނުދީގެން

      5
      1
  4. Anonymous

    އަހަރުމެން މަސްވެރިންނަށް މުސާރަނުދީ ދެތިން މަސްވީމާ މަސްވެރިންގެ ލޭ ކެކޭނެ. ޢާއިލާތައްވެސް ބަނގުރޫޓުވާނެ. ރާއްޖޭގެ ނިސްބަތުން އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ މަސްވެރިން. މަސްވެރިންނޭ މި ދެންނެވީ ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިން. ގަދަ ކަނޑާއި، ހޫނު އަތްވާއި ދަންވަރާއި ފަތިހު ފިނީގައި މަސްވެރިން ކުރާ މަސައްކަތް އިހްސާސްވާނީ މަސްވެރީންނަށް. ތިޔަ ބޭފުޅުން ފިނި ކޮޓަރިތަކުގައި ޓައީއަޅައިގެން ތިއްބެވިޔަސް މަސްވެރިންގެ ހާލަތު ވަޒަނެެއް ނުކުރެވޭނެ. ސަރުކާރުގެ ވަޒީފާއަކަށް ދެތިން ދުވަހަށް މުސާރަ ނުދީ ލަސްވިޔަސް ދެން ތިޔަ ބޭފުޅުންނަށް ވެގެންދާނެ ގޮތް މަސްވެރިން ދަނޭ. ބަރާބަރަށް އޯޓީވެސް ލިބޭ. މަހުން މަހަށް މުސާރަވެސް ދޭ. ބޮޑެތި ފަޅުފަޅުން ހާހުން ދެހާސް ހެކްޓަރު ހިންގައިގެން ތަރައްޤީކުރެވޭ. އެއާޕޯޓުތައް އެޅޭ. މަގުތައް ހެދޭ މަސްވެރިންނާ ޖެހުނީމާ ދައުލަތް އަބަދުވެސް އޮންނަނީ ދަރަނިވެރިވެފައި.
    އެހެންވީމާ މިހިސާބަށް ދިޔައީމާ ދެން މަސްވެރިންނަކަށްވެސް ނުތިބެވޭނެ.

    35
    34
  5. ޟ

    ނުދޭނެ ލާރިޔެއް ދޫނުކުރާތި

    19
    43
  6. ހާލަތު

    މޭޒުމަތީގައި ކޮންމެ މަސްވެރިއެއް ބާއްވާފައި އޮތީ އެންމެ ފަހުގެ އައިފޯނެއް. ޢަނބިދަރިން ނުކައި ތިބިކަމަށް ބުނަނީ. ހާލަތު..

    55
    13
  7. ކެކުރި

    ތިޔާގައި ދެފަރާތުގެވެސް މައްސަލަ އެބައުޅޭ.

    26
    5
  8. ރިވެތި

    ރުފިޔާނުދެވޭނަމަ މަސްނުގަނޭ ހައްލަކީ މީ ތަރައްގީ އަކީ މަސްވެރިކަންދޫކޮއްލުން އޭރުމަސްވެރިކަމަކީ ލޭނާރައް ވިޔަސް އަދަގެ ދުނިޔޭގައި އެކަންވަނީ ބަދަލުވެފަ އެހެންތާވާނީ މިހާރަކު މަސްކިރައިގެނެއްރުފިޔާއެއްނުދޭވިއްޔަ މަސްވެރިންގެ ކަމަކީ 6ޓަނު ހަމަވަންދެން މުޒާހަރާކޮއް ހަޅޭލަވާ ހެދުން ހިގާ ވަޒީފާއަކައްދާން މިމުޒާހަރާކުރަން ނިތާތިބޭނެކަމެއްނެތް

    25
    5
  9. ނާޖިޙް ޢަލީ

    އެމް.ޑީޕީ އަޑީގައި އޮވެގެން ކުޅޭ ގޭމެއް، މަސްވެރިންވެސް އުޅެންޖެހޭނީ ސައިޒުވެގެން، ހަމަޔާ ލަމަޔާ އުސޫލުތަކުން ބޭރުން އުޅެވިގެން ނުވާނެ، އުޅޭންޔާ ފިޔަވަޅުވެސް އަޅަންވީ..

    56
    12
  10. ވެކާ

    މީ އިބޫ ރައްޔިތުންނައް ވެރިކަން ނުދިނީމަ ދިން ލަނޑެއް ގައުމު ދަރުވާލާފަ މަސްވެރިންނައް ލާރިނުދީ

    52
    13
    • Anonymous

      ވަކި މަސްވެރިންތީ މާމުހިއްމު ބައެއްތަ؟ އެމީހުނައްލާރިދޭން. ބަލާބަލަ ކޮންމެމަސްވެރިޔަކު އަތުގައެންމެ ފަހުގެ އައިފޯނު އެކަމު ލާރިނެތޯ

      21
      9
  11. އޖއ

    ދިވެހި ރައްޔިތުން ތިބީ މަސްވެރިންގެ ހައްގުގައި. އެކަން އެކުރަނީ ރަނގަޅަށް. އެމީހުންގެ ބުރަ މަސައްކަތުން އެނ ރައްޔިތުން ކައިބޮއި ހަދަނީ.

    7
    23
  12. އަސަން

    އެމީހުންގެ ފައިސާ އެމީހުނަށް ދިނީމަ އެކަން އެނިމުނީ.

    14
    4
  13. ނާސިރު

    މުޒާހަރާއައްް ނިކުންނަ މަސްދޯނިތައް ބަލާ ރަޖިސްޓްރީީ އުވާލާ.. ދެން މަސްކިރާން އައީމާ ދޯނީގާ ހުޅުޖަހާ ސައިޒައް ވައްޓާލާ..

    6
    15
  14. އަބްދޫ

    ހައްލަކީ މަހުގެ އަގު ދަށްކޮށް މިފްކޯއަށް ލިބޭ އެއްޗަކުން މަސްގަތުން އޭރުން ކިރާތަނުން މަހަށް ފައިސާދެވެނެ.

    23
    4
  15. ޙުސެއިން ޝާމް

    ހައްޤުގެ ވާހަކަ ދައްކާ މީހާ އަށްވެސް ހައްޤު ނުލބިގެން މިއުޅެނީ. ދެން އެހެން މީހުން ކިހާ ވަރެއްވާނެ.

    12
  16. ޙުސެއިން ޝާމް .

    ފުލުހުން ލީޑް ކުރާ ބޭފުޅާ އަކީ ވަރަށް އަޚުލާގު ރަގަޅު ތަޢުލީމީ ބޭފުޅެއް.އެބޭފުޅާ އަކީ ނިއުޓްރަލް ބޭފުޅެއް .ފުލުހުން މަސްވެރިންނަށް ވަރަށް އިޙްތިރާމް ކުރޭ.އެހެންވީމަ ފެލިވަރުން ކޮންމެ ފުލުހަކަށް ފެލިވަރު މަސްކޭހެއް ދިނުމަށް ފެލިވަރު މެނޭޖްމެންޓަށް ގޮވާލަން. ޢައްޑޫ ލައިވް.އިންޑިއާ ލައިވް، ޗައިނާ ލައިވް ،ރަޝިޔާ ލައިވް.ﷲ އަކްބަރު ،ﷲއަކްބަރު

    8
    1
  17. ހަގީގަތް

    ތިތާ ގިނައީ މަސްވެރިންނެއް ނޫން. ތިތާ ތިބި ގިނަ މީހުންނަކަށް ނޭންގޭނެ ބުޅިއެއް ޖަހާލާކަށްވެސް. އަދި އަތް މަޑުކަމުން އަންހެނެއްކަމެއް ނޫނީ ފިރިހެނެއްކަމެއް ނޭންގޭ.

    ހަގީގަތަކީ ތިތާތިބީ ގިނައިން ކޮފީ މޭޒުތައްދޮށުގަ ސިޔާސީ ޒުވާބުކޮއްގެން ހައިޖާނުހިންގައިގެން ލާރި ހޯދާ މީހުން. ބައެއްގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާނަގަން ނުކުމެއުޅޭ ބައެއް.

    2
    2
  18. އިސްޢާފް ސަލީމް

    ސަރުކާރަށާ ކުންފުނިތަކަށް ދެމެހެއްޓެނިވިގޮތެއްގައި މަސްގަނެ ، ވަގުތުން ފައިސާ ދެވޭނޭ އަގަކަށް މަސްގަތުން ބަދަލުކުރުން މިކަމުގެ ޙައްލަކީ! މިސާލަކަށް 2 ކިލޯއިންމަތީގެ މަސް ކިލޯއަކަށް 15 ރުފިޔާ ، ދެކިލޯއިން ދަށުގެ މަސް ކިލޯއަކަށް 8 ރުފިޔާ އަށްވުރެ ދަށް ނުވާ އަގެއް ރަގަޅު ވާނެ! މަސް ނުވިއްކޭ އަގަކަށް މަސްގަންނަހާހިނދަކު މިކަމެއް ހައްލެއް ނުވާނެ!

  19. އާދަމް

    ޑިމޮކްރަސީގައި ޙައްޤު ހޯދަން ބިއްލޫރިތައްވެސް ތެޅޭ ނޫންތަ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަަސީއޭ ކިޔާ އެމެރިކާއާއި އިންޑިޔާގައި ވެސް ޙައްޤު ހޯދަން އެއްވުންތައް އެއްވެ އަޑުގަދަކޮށް، ބިއްލޫރިތައް ތަޅާލާ ހަދާ. ރާއްޖެ ފަދަ ޑިމޮކްރަަސީގެ ޅަފަތުގައި އޮތް ޤައުމަކުން އެފަދަ ކަންތައްތައް ވެސް ކުރީމާ ޑިމޮކްރަސީ ބާލިޢުވާނީ.

    5
    1
  20. ސަމާހު

    ވަގުތު ނޫސްއަކީ 2013 ގަ އަދީބުއާ އޭރު ސަރުކާރުގަ ހަރަދުގަ ވުޖޫދުވި ނޫސްއެއް މިހާރު މުއިއްޒުވެރިކަމުގަ މި ނޫސްގެ ބައެއްމީހުންނަ ވަޒިފާ ލިބުނީމަ މަސްވެރިންނަށް ދެެރަކޮއްފަ ހެޑްލައިން ލިޔަނީ ސަރުކާރަށް މޮޅޔކޮއްފަ،،،، ތީތޯ މިނިވަން ނޫސްވެރިކަމަކީ؟

    6
    4