އާއިލީ މައްސަލަތަކަކީ އާންމުކޮށް މި ކުޑަކުޑަ ރާއްޖޭގައި ޖެހޭ މައްސަލަތަކެވެ. ގިނަ މައްސަލަތައް ބޮޑު ޒުވާބަކުން ގޮސް ނިމޭ އިރު، ބައެއް ފަހަރު މާރާމާރީ ހިންގައި މީހެއްގެ ފުރާނަ ދުއްވާލާ މަދު ފަހަރު ވެސް ދެއެވެ.

މިއީ ވެސް ދިވެހި އާއިލާއެއްގެ ކޮއްކޮ އާއި ބޭބެއެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި އެކަކު ދުނިޔެ ދޫކޮށް ދިޔަ ހިތާމަވެރި ހާދިސާއެކެވެ.

މީސްމީޑިއާގައި ރޭ އެންމެ ފުރަތަމަ ދައުރުވި ވީޑިއޯއިން ފެނިގެން ދިޔައީ ހުދު ކުލައިގެ ގަމީހެއް ލައިގެން އޮތް މީހަކު މަގު މަތީގައި މަރަށް ތެޅެން އޮތް ވީޑިއޯއެކެވެ. ވީޑިއޯ ބެލުމުން އެއީ ކާކު ކަމެއް އޭރަކު ނޭނގެއެވެ. ނަމަވެސް އިވޭ އަޑުތަކުން ވަރަށް ދަންނަ ނަމެއް އެތަނުގައި އެވަގުތު ހުރި މީހަކު ބުނެފައިވެއެވެ. އެހެން ނަމަވެސް އޭރުވެސް އެއީ ހީކުރި މީހާ ކަމެއް އެއްވެސް ގޮތަކަށް ނޭނގެއެވެ.

އެހެންކަމުން އެކަން ޔަގީން ކުރަން އެކި މީހުންނަށް ގުޅައި މައުލޫމާތު އޮޅުން ފިލުވިއިރު، މިއީ ރަހްމަތްތެރިއެއް ކަން އެނގުނެވެ. ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ޕޭވްމެންޓް މަތީގައެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ މަގެއް މަތި - ވަގުތު އިމޭޖަސް

ސ. މަރަދޫ ފޭދޫ، ބްލޫސްޓަރ، އުމުރުން 27 އަހަރުގެ އަހުމަދު ޝުޢައިބު، އަށް ލިބުނު ޒަހަމްތަކުގެ މައުލޫމާތެއް، ނުވަތަ ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އޭނާ މިދުނިޔެ ދޫކޮށް ގޮސްދާނެ ވަރަށް ކަމެއް ވެސް އޭރަކު ނޭނގެއެވެ. އެނގުނުހާ ވެސް އެއްޗަކީ ރޭ ފަތިހު 5:00 ޖަހާކަންހާއިރު، އޭނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާ ދެމުންދިޔަ ހަބަރެވެ.

އަދި ޝުއައިބު ނިޔާވި ހަބަރު އެހީ ހަމަ ކުއްލިއަކަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްޑޫސިޓީ މަރަދޫ ފޭދޫގެ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 23:38 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ޒަހަމްތަކާއި އެކީ ޝުޢައިބު ޕޭވްމެންޓް މަތީ

އަނިޔާވެރި މަރެއް، މިވީ ކިހިނެތް؟

އެރަށުން "ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޝުޢައިބު އާއި އޭނާގެ ކޮއްކޮ ހުސެއިން މަވާޒް (25އ.) އާއި ދޭތެރޭ މައްސަލައެއް ޖެހިގެން އިއްޔެ ހަވީރުން ފެށިގެން ދިޔައީ ޒުވާބު ކުރަމުންނެވެ. އޭރު ވެސް ވެގެން އުޅޭ ގޮތެއް އެއްވެސް މީހަކަށް ނޭނގެއެވެ.

"ހަވީރުން ފެށިގެން ޒުވާބެއް ކުރިކަން އެނގޭ. އެކަމަކު ވެގެން އުޅޭ ގޮތެއް ސީދާ ނޭނގޭ." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޝުޢައިބު އާއި މަވާޒް މެދުގައި ޒުވާބެއް ފެށުނީ ފޯނެއްގެ މައްސަލައިގައެވެ. އެއީ އެކެއްގެ ފޯނު އަނެކަކު ވިއްކާލުމުން ޖެހުނު މައްސަލައެއް ކަމަށް ވެސް ވެއެވެ. ނަމަވެސް ވިއްކާލީ ކާކުގެ ފޯނެއް ކަމެއް ސާފެއް ނޫނެވެ.

ޒަހަމްތަކާއި އެކީ ޝުޢައިބު ޕޭވްމެންޓް މަތީ

މަރަދޫ ފޭދޫ ކައުންސިލަރު، ޚާލިދާ މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ޝުޢައިބުގެ މަރާއި ގުޅިގެން ދެގޮތަކަށް އަޑު ފެތުރެމުން އަންނަ ކަމަށެވެ.

"އެއް ގޮތަކީ ކޮއްކޮގެ ފޯނު ބޭބެ ވިއްކާލުމުގެ ކޮއްކޮ ރުޅި ގަދަވެގެން ފެށުނު ޒުވާބެއްގެ ތެރެއިން ބޭބެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ ކަމަށް. އަނެއް ގޮތަކީ ބޭބެ ފޯނު ކޮއްކޮ ވިއްކާލައިގެން ފެށުނު ޒުވާބެއްގެ ތެރެއިން ހަމަ ކޮއްކޮ ރުޅި ގަދަވެގެން މަރާލީ ކަމަށް" ޚާލިދާ ވިދާޅުވިއެވެ.

ޚާލިދާ ވިދާޅުވީ، މި ދެގޮތަށް އަޑު ފެތުރުނު ނަމަވެސް އާއިލާގެ ފަރާތުން މައުލޫމާތު ލިބުނީ، ބޭބެގެ ފޯނު ކޮއްކޮ ވިއްކާލައިގެން ފެށުނު ޒުވާބެއް އަނިޔާވެރި މަރަކަށް ބަދަލުވި ވާހަކައެވެ.

"އިރުއޮއްސުނު އިރުން ފެށިގެން ދަންވަރާއި ހަމައަށް އެ ޒުވާބެއް ދިޔަ ކަމަށް ވަނީ. އާއިލާ ފަރާތުން މައުލޫމާތު ލިބުނު މަސްތުވާތަކެތީގެ މައްސަލައެއް ވެސް އުޅުނު ކަމަށް" ޚާލިދާ ވިދާޅުވިއެވެ.

ރަހުމަތްތެރިންގެ ދުލުން ޝުޢައިބު އާއި މަވާޒް

ޝުޢައިބުއާއި މަވާޒަކީ މަރަދޫފޭދޫގެ ގިނަ ބަޔަކު ދަންނަ ދެބެއިންނެވެ. ރަހުމަތްތެރިންނާއި އެކީ އުޅެ، ކަމެއް ބޭނުން ވެއްޖެނަމަ، އެއީ ކޮށްދެވޭނެ ކަމެއް ނަމަ ކޮށްދޭ ދެބެއިންނެވެ. އެހެން ކަމުން މިފަދަ ކަމެއް ހިނގުމަކީ އެއީ އެދެބެއިންގެ ރަހުމަތްތެރިންނަށް ގަބޫލު ކުރަން ވެސް ދަތިވި ހާދިސާއެކެވެ.

އެދެބެއިންގެ ގިނަ ރަހުމަތްތެރިން ވެސް އިއްތިފާގު ވަނީ ދެބެއިންނަކީ ވެސް މަސްތުވާތަކެތި ބޭނުންކޮށް ނުވަތަ ވިއްކައި އުޅޭ ދެބެއިން ކަމަށެވެ. އެކަކު ވިއްކާ ކަމަށް ބައެއް ރަހުމަތްތެރިން ބުނާއިރު، އަނެކަކު މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ.

ޝުޢައިބު

ދެބެއިންގެ ތެރެއިން މަވާޒަކީ މަސްތުވާތަކެތީގެ މައްސަލައިގެ އިތުރުން މީގެ ކުރިން އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތު ވެސް ކުރެވިފައިވާ ޖަލުގައި ވަކި ދުވަސްތަކެއް ހޭދަކޮށް ވަރަށް ފަހުން ދޫކޮށްލާފައިވާ މީހެއް ކަމަށް ވެސް އޭނާގެ ރަހުމަތްތެރިން ބުނެއެވެ.

"ކީކޭ ދެން ބުނާނީ މިއީ މިކަހަލަ ވާހަކަ ދައްކަން ވެސް ރަނގަޅު ވަގުތެއް ނޫން. އެކަމަކު ދެމީހުންނަކީ ވެސް އެގޮތަށް މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ މީހުން. ޝުޢައިބު އެކަން ކުރަން އަމިއްލައަށް މަސައްކަތް ވެސް ކުރާނެ" އެރަށުން ވާހަކަ ދެއްކި ޝުޢައިބު އާއި މަވާޒުގެ ރަހުމަތްތެރިއަކު ބުންޏެވެ.

އެދެބެއިންގެ ރަހުމަތްތެރިން ބުނާ ގޮތުގައި މިވަގުތު ފެތުރޭ އަޑު ތަކުން ހަގީގަތަކީ ކޮބައި ކަމެއް ނޭނގެއެވެ.

މަވާޒް

"އަޑު އިވޭ ޝުޢައިބުގެ ފޯނު މަވާޒު ވިއްކާލީއޭ. ދެން އެކަމާ ޒުވާބެއް ކުރަމުން ގޮސް، މަވާޒު ރުޅިގަދަވެ ޝުޢައިބަށް ހަމަލާދިނިއޭ. އަޑު އިވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ވެސް އެކަމެއް ހިނގީ. ހަގީގަތަކީ ކޮބައި ކަމެއް ނޭނގޭ" ޝުޢައިބު އާއި މަވާޒު ރަހުމަތްތެރިއަކު ކިޔައިދިނެވެ.

"ޝުއައިބު އަކީ ވަރަށް ވެސް ހިތްހެޔޮ ރަނގަޅު ރަހުމަތްތެރިއެއް. އެކުގައި އުޅޭއިރު، ވަރަށް ބަލާނެ. ހަމަ އެގޮތަށް މަވާޒަކީ ވެސް އޭނާގެ ރަހުމަތްތެރިންނަށް ވަރަށް ބަލާ މީހެއް. މިވީ ކަމަކީ ގަބޫލު ކުރަން ވެސް ދަތި ކަމެއް"

ޝުޢައިބުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު، މަސްޖިދުލް އަލީގައި ބޭއްވުމަށް ނިންމާފައިވާއިރު، އަދި ވެސް އޭނާއަށް ހަމަލާދިން ކޮއްކޮ، މަވާޒް ފެނިފައެއް ނުވެއެވެ.

ފުލުހުން ވެސް ވިދާޅުވީ، މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުގެ ހާލަތުގައި ހުރެ އެކަމެއްކޮށް، މިވަގުތު މަވާޒް ހުރީ ފިލައެވެ. އޭނާ ފިލައި ހުރި ނަމަވެސް، އަމިއްލަ ފޭސްބުކު އެކައުންޓުގައި ބޭބެ ނިޔާވި ހަބަރު ލިބުމާއި އެކީ އޭނާ ވަނީ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎ ލިޔެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޅަބޭ

    ޑުރަގު މަރެއް.

    30
  2. ކަންބަޅި

    މަސްތުވާތަކެތްޗަކީ ހުރިހާނުބައިކަމުގެ އަސްލު މިކަންހުއްޓުވޭނެ ވެރިއެތް މިގައުމަށް ލައްވާޝިއެވެ

    100
    1
    • ކަހުރަބު

      އާމީން

      38
  3. ޕ

    މައްސަލައަކީ ހަމަ ޑްރަގްސް. ހައްލަކީ ދީން. މިގައުމު އަނބުރާ ދީނުގެ މަގަށް ގެންނަންވީ ވަގުތު ޖެހިއްޖެ

    98
    1
  4. ޖާބެ

    އެމް.ޑީ.ޕީގެ ފަލްސަފާ އަދި އަދާލަތުގެ ސިޔާސަތު މިވެރިކަމުގަ ފރނިގެން މިދަނީ މުނާފިގުން ވާނީ މުނާފިގުންނައް ދިވެހިރައޔިތުންގެ ލޭބޮއެގެން ވެރިކަންކުރާމީހުން ޙަޒާނާގެ އިން މުއްސަދިވާމީހުން މިފެންނަނީ މިކަމުގެ ހިތި މިއާއިލާތަކުން ޓެކްސްފައިސާއިން ތަންފީޒީ އިދާރާތަކުންވެސް ބަނޑުފުރައި ފަލަވެފަ ތިބެނީ ގަމީހުގަ ހުސް މެޑަލް

    35
    1
  5. Anonymous

    ޢިންސާނެއްގެ ހުރިހާވެސް އެއްޗަކީ އެމީހެއްގެ ސިކުޑި، ބާރުގަދަ މަސްތުވާ އެއްޗިސް، ބޭނުންކުރުމުގެ ސަބަބުން،މީހާގެ ސިކުޑި އަށް އަންނާނެ ވަރުގަދަ ނުރަށްކާތެރި މެސެޖުތައް، ،،،،ކޮށްކޮ ހުރިތަނެއްގަ ބަހަށްޓާފަ، އިންސާފުގެ ކުރިމަށްޗަށް ގެންނަން ޖެހެނީ ފުރަތަމަ ގައުމާހަވާލުވެގެން ހުރިފަރާތް،،، އޭގެފަހުން ރައިޔިތުން ތަމްސީލުކުރާ މަޖިލިސް މެމްބަރުން، ރަށުކައުން ސިލުން،،،،

    44
    2
  6. ޑޖދުެޖ

    މަސްތުވާ ތަކެތި ވިއްކައި އަދި ބޭނުންކުރާ މީހުންގެ މައްސަލަ ޕޮލިހުން ބަލައި ފިޔަވަޅު ނޭޅިޔަސް އެހެރަދަނީ ގިޔަވަޅު އެއިގެ އަމިއްލަ ޒާތުގައި އެޅެމުން

    46
  7. އާދަނު

    މައިންބަފައިން ބެލެނިވެރިން ވެރިން ވިސްނަވާ ބަނގުރަލާ މަސްތުވާ ތެކެތިން މިގައުމު ސަލާމަތް ކުރުމަށް މަސެތްކަަށް ކުރުމަށް އަޒުމުކަނޑައަޅާ ޙަރަމް ތަކެތިން ލިބޭނެ މަންފާއަކީ ކޮބާތޯ؟ އުފަލެއް ހިތްހަމަޖެހުމެއްލިބޭތޯ ބަންގުރާ ވިއްކަާ ޜިޒޯޓް ވެރިންގެ ނިމުމާމެދު ވިސްނަވާ އެބައިމީހުންގެ ދަރިން ހާލަތަކީ ކޮބާތޯ .

  8. އަލީ

    އިބޫ ކަލޭމިކަން ހުޓުވާ ހުއްޓޭނެ ސޭކް އިމްރާނަކައް ނުވި

  9. Anonymous

    ފޯނެއް ނޫނޯ... ގޭގައިހުރި ކޮއްކޮގެ މަސްތުވާތަކެތި ބޭބެ ވަގައްނެގީޔޯ.

  10. ގޭން

    އައްޑޫގެ މަގުތަކުން މަސްތުވެފެ ތިބޭ މީހުން ވަރަށް ނުފެނޭ، އައްޑޫ ގިނަ މީހުންނަކީ ހިތްހެޔޮ މެހެމާނުންނަށް ކަމޭ ހިތާ ބައެއް، ވަރަށް ހިތާމަވެރި ހަބަރެއް ތީ

    4
    15
  11. ހަސަނުގ

    ބޮއެލައިގެން މަގުތަކުގަ އެތިބެނީ. ވާކަމެއް ހަރާމް. ކުޑަކުދިން ވެސް ބޮނީ. ވިއްކަނީ. ބޮޑެތި މުސްކުޅިންވެސް ހަމަ އެވަރު. ގިނަ މަރުތަކުގެ ފަހަތު މިއޮތީ ހަމަ ހަކުރު. ވެރިން ވޯޓު ހޯދަން ސަޅިބައިސާ ކަނޑަނީ. މަރަން ހުކުމް ކުރާނެ. އެކަމު އެހިސާބުން އެނިމުނީ.

    12
  12. ސާކާ

    ރައީސް ޔާމިން ވެރިކަމުގަ މިގައުން މަސްތުވާތަކެތި އެކޮށް ހުސްކޮށް ސާފުކޮށް ދިޔަފަހުން މި ކިނބޫ އައިސް ޑްރަގު ބޯކޮށް އެޅީ

    10
    4
    • ސިންދުބާދު

      ކޮންތާކު؟ ތި ޑްރަގް ގޭންގުތަކާ އެކު ގްރޫޕް ފޮޓޯ ނަގާ އެމީހުނަށް ހުޅުމާލެ ފްލެޓްތައް ބަހާ ބާރުވެރިކުރުވީ ޔާމީން

  13. އެލޮކޮސް

    ބަލިކުދިންކޮޅެއް! އެލެކުސް ނަޝީދުގެ ރަޙްމަތްތެރިންކަމަށް ވެދާނެ ތިބަލި ކުދިންކޮޅު

    2
    1
  14. ބޯހަލާކު

    " އޭނާ ފިލައި ހުރި ނަމަވެސް، އަމިއްލަ ފޭސްބުކު އެކައުންޓުގައި ބޭބެ ނިޔާވި ހަބަރު ލިބުމާއި އެކީ އޭނާ ވަނީ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎ ލިޔެފައެވެ."
    ދަ އޮޑޭސިޓީ އޮފް ދިސް މޭން 🤮

  15. ރޮނާލްޑޯ

    ފޯނެއް ވިއްކާލި މައްސަލަކަމަށް ބުނި ހިސާބުން އެނގިއްޖެ ޑްރަގުގެ ކަމެއްކަން. މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވާ، ކަށްވަޅުގެ އަޒާބާއި ނަރަކައިން ސަލާމަތް ކުރައްވާ، ސުވަރުގެ މިންވަރުކުރައްވާނދޭ، އާމީން. ބޭބެ މަރާލި މީހާއަށް ހަރުކަށި އަދަބު ދިނުމަށް ސަރުކާރަށް ގޮވައިލަން. ކުށްވެރިންނާއި މެދު ހަރުކަށި ފިޔަވަޅު ނޭޅޭނަމަ މިފަދަ ހިތްދަތި މަންޒަރު ފެންނަލެއް ގިނަވާނެ. މި އިބޫ ސަރުކާރުން އަމަލުވެގެން އުޅޭ މީހެއް ފެނިގެން ރިޕޯޓުކުރިއަސް އެމީހަކު ގެންދަނީ ހޮސްޕިޓަލަށް. ޖަލަކަށް ނޫން. ދެން މި މީހުން ތިބެގެން ކޮންމެ ކަމެއް ވެސް ކުރަންވީ.

  16. ޢަހު

    ޖެހުނު މައްސަލައަކީ ﷲ އަށް ބިރުވެތި ނުވުވެ ބޭނުން ގޮތަަށް އުޅުން ﷲ އަށް ބިރުވެތި ވިނަނަމަ މިފަދަ ގޮތަކަށް މީހަކު މަރައެއް ނުލެވޭނެ