މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ނޮކްއައުޓް ނުވަތަ ގަދަ 16 ގެ މެޗުތައް އަންނަ އަންގާރަ ދުވަހު ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ޒޯން ބުރު ވަނީ ނިމިފައެވެ. ޒޯން 1 ގެ ޗެމްޕިއަންކަން ހއ.. އުތީމަށް ލިބުނު އިރު، ޒޯން 2 ގެ ތަށި ނެގީ ރ. ދުވާފަރެވެ. ޒޯން 3 ގެ ތަށި ކ. ގާފަރުން ހޯދިއިރު ޒޯން 4 ގެ ތަށި ހޯދީ އއ. މަތިވެރިއެވެ. އަދި ޒޯން 5 ގެ ތަށި ކުޑަހުވަދޫން ހޯދި އިރު ޒޯން 6 ގެ ޗެމްޕިއަނަކީ ލ. ގަމެވެ. ޒޯން 7 ގެ ޗެމްޕިއަންކަން ސ. ހިތަދޫ އަށް ލިބުނު އިރު، ޒޯން 8 ގެ ތަށި ކާމިޔާބު ކުރީ މާފަންނެވެ. މި ޒޯނުތަކުގެ ރަނަރަޕް ވެސް ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ.

ޒޯން ހަތަރެއްގެ ޗެމްޕިއަން, މަތިވެރި-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ނޮކްއައުޓް ސެޓޭޖް ނުވަތަ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރެހެންދި ގުރައުންޑް 1 ގައި ޒޯން 4 ގެ ޗެމްޕިއަން އއ. މަތިވެރި ބައްދަލު ކުރާނީ ޒޯން 5 ގެ ރަނަރަޕް ފ. ބިލެތްދޫއާއެވެ. މި މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ 20:00 ގައެވެ.

އަންގާރަ ދުވަހުގެ ރޭ 20:00 ރެހެންދި ގުރައުންޑް 2 ގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ޒޯން 6 ގެ ޗެމްޕިއަން ލ. ގަމާއި ޒޯން 1 ގެ ރަނަރަޕް ހދ. ނާވައިދޫއެވެ.

އެރޭ 21:00 ގައި ރެހެންދި ގުރައުންޑް 1 ގައި ޒޯން 2 ގެ ޗެމްޕިއަން ރ. ދުވާފަރާއި ޒޯން 8 ގެ ރަނަރަޕް ވިލިމާލެ ބައްދަލު ކުރާއިރު ހަމަ އެގަޑީ ރެހެންދި ގުރައުންޑް 2 ގައި ޒޯން 7 ގެ ޗެމްޕިއަން ސ. ހިތަދޫއާއި ޒޯން 4 ގެ ރަނަރަޕް އދ. މާމިގިލި ބައްދަލު ކުރާނެއެވެ.

އޭދަފުއްޓާއި ގާފަރު ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

އަންގާރަދުވަހުގެ ރޭ 22:00 ގައި ރެހެންދި ގުރައުންޑް 1 ގައި ޒޯން 3 ގެ ޗެމްޕިއަން ކ. ގާފަރާއި ޒޯން 7 ގެ ރަނަރަޕް ފުވައްމުލަކުގެ ދަޑިމަގު ބައްދަލުކުރާއިރު ގުރައުންޑް 2 ގައި ބައްދަލު ކުރާނީ ޒޯން 5 ގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ޒޯން 2 ގެ ރަނަރަޕް ނ. ކެނދިކޮޅުދޫއެވެ.

ހަމަ އެރޭ 23:00 ގައި ގަދަ 16 ވަނަ ބުރުގެ ފަހު މެޗުގައި ރެހެންދި ގުރައުންޑް 1 ގައި ޒޯން 1 ގެ ޗެމްޕިއަން ހއ. އުތީމާއި ޒޯން 6 ގެ ރަނަރަޕް ތ. ތިމަރަފުށި ބައްދަލުކުރާއިރު ގުރައުންޑް 2 ގެ ފަހު މެޗުގައި ބައްދަލު ކުރާނީ ޒޯން 8 ގެ ޗެމްޕިއަން މާފަންނާއި ޒޯން 3 ގެ ރަނަރަޕް ބ. އޭދަފުއްޓެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅެވޭ މެޗުތަކަށް ފަހު މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނެ 8 ޓީމު ޔަގީން ވާނެއެވެ. މި މުބާރާތުގެ މެޗުތައް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ފޭސްބުކް ޕޭޖު އަދި ޔޫޓިއުބް ޗެނަލްއިން ލައިވްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު