ސޮނީ ސްޕޯޓްސް ގޯލްޑަން ޗެލެންޖު 2024 ގެ ކުއާޓާ ފައިނަލުގައި އއ. މަތިވެރީގެ މައްޗަށް ޕެނަލްޓީގައި 6-7 އިން ކުރި ހޯދާ އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމުން ސެމީ ފައިނަލަށް އަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ހާފު ފަށައިގެން ގަމުން ވަނީ ގޯލާ އަމާޒިކޮށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކެއް މަތިވެރީގެ ކީޕަރު އިމްރާން ދިފާއުކޮށްފާވެއެވެ. ހަމަ އެގޮތަށް މަތިވެރިން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމުން ވެސް ގިނަ ހަމަލާ ތަކެއް އުފައްދާ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ފާހަގަ ކޮށްލަން ޖެހެނީ ދެ ޓީމުގެ ޑިފެންސުގެ ފަރާތުންވެސް މި ހާފުގައި ވަރަށް ގިނަ ބޯޅަތަކެއް ދިފާއުކޮށްފާވާކަމެވެ.

މަތިވެރި އާއި ގަން ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

ދެވަނަ ހާފު ފެށިގެން ގަމުން ދިޔައީ މަތިވެރި ގޯލަށް ވަރަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން ގަމުގެ ޝާމިސް ފޮނުވާލި މިހަމަލާ ދަނޑީގައި ޖެހިފައި ވަނީ ނިކުމެފައެވެ. ދެވަނަ ފަހަރަށް ވެސް އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ މަތިވެރި ކުޅުންތެރިން ވަނީ ކްލިއާ ކޮށްލާ ބޯޅަ ކުރިއަށް ކުޅެފައެވެ.

ދެވަނަ ހާފު ފެށިގެން ގިނަ ފައުލުތަކެއް މަތިވެރީގެ ފަރާތުން ފެނިގެން ދިޔައިރު 5 ފައުލު ހަމަވުމުން ވަނީ ގަމަށް ދުރު ޕެނަލްޓީ ދީފައެވެ. މި ޕެނަލްޓީ ފޮނުވާލީ ގަމުގެ އައްމަޑެއެވެ. އައްމަޑޭ ފޮނުވާލި މި ޕެނަލްޓީ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ މެޗު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް ޖެހި ލަނޑެލެވެ.

މަތިވެރި އާއި ގަން ބައްދަލު ކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަބްދުالله އަބީދު

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މަތިވެރިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓޯމުގެ ކީޕަރު އިމްރާނެވެ. ބޯޅަ ހިފައިގެން ކުރިއަށް އަރާ ދަނޑުގެ މެދާ ހިސާބުން އޭނާ ފޮނުވާލި ބޯޅަވަނީ ގޯލުގެ ތެރެއަށް ވަދެފައެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އިމްރާން ވަނީ މިމުބާރާތުގެ ކުރީ ކޮޅު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައިވާ ކަމެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ އެއްވަރު ވުމުން ވަނީ ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ. ގުރުލައިގެން ފުރަތަމަ ޕެނަލްޓީ ޖަހަން ޖެހުނީ ގަމަށެވެ.

ގަމުން 7-6 އިން ޕެނަލްޓީ ކާމިޔާބުކޮށް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.

ސެމީ ފައިނަލުގައި ގަމާއި ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ އަނެއް މެޗުގައި ސ. ހިތަދޫގެ މައްޗަށް 1-0 އިން މެޗު ކާމިޔާބު ކުރި ވިލިމާލެއާއިއެވެ. މި މެޗު ކުޅޭނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ 20:15 ގައެވެ.

ކިޔުންތެރިންގެ ހިޔާލު