ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން އިންތިޒާމްކޮށްގެން ލ. ކުނަހަންދޫގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތަކީ ކުނަހަންދޫގެ ޓީމުތަކަށް ހުޅުވާލެވިގެން ކުރިއަށްދާ މުބާރާތެކެވެ.

ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

މުބާރާތުގެ ގުރުއަތުލުން ކުނަހަންދޫ ޒުވާނުންގެ ހަޓްގައި ބާއްވާފައިވާއިރު، 6 އެޕްރިލްވާ ހޮނިހިރު ދުވަހުގެ ރޭ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ފުރަތަަމަ މެޗުގައި ވާދަކުރާނީ ސޮކަރ ފޯ ލައިފް ޓީމާއި އެސްސީ ހަޓް ކަންމަތި ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 9:30 ގައެވެ.

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ 5 ވަނަ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރާނީ ކުރަތުލް ގަލަމި ޓީމާއި އެފްސީ ނޯނޭމް ޓީމެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:30 ގައެވެ.

ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

ލ. ކުނަހަންދޫ ޒުވާނުންނާއި ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ ކުނަހަންދޫގައި ވާދަވެރި ރޫހެއްގައި، ފުޓްބޯޅައަށް ޒުވާނުން ޝައުގުވެރި ކުރުވުން ކަމުގައި ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫއިން ބުނެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.