އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ މިރޭ ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ޓީނޭޖުއާއި ކްލަބް ޒެފްރޯލް ބައްދަލު ކުރި މެޗު ސީދާ ދެގޭމުން ކްލަބް ޓީނޭޖު ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ކްލަބް ޓީނޭޖު ކުޅުނީ އެތެރޭން އެވެ. އަދި ކްލަބް ޒެފްރޯލް ކުޅުނީ ބޭރުންނެވެ. ފުރަތަމަ ގޭމު ފަސޭހަ ކަމާއި އެކު ކާމިޔާބުކުރީ ކްލަބް ޓީނޭޖް އެވެ. ކުލަބް ޓީނޭޖް މި ގޭމު ކާމިޔާބުކުރީ 3-10 ގެ ނަތީޖާއަކުންނެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ފުރަތަމަ މެޗް ކްލަބް ޓީނޭޖް އަދި ޒެފްރޯލް ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ކްލަބް ޒެފްރޯލް ކުޅުނީ އެތެރޭންނެވެ. މި ގޭމު ފަށައިގެން ކުލަބް ޒެފްރޯލް އިން ޓީނޭޖުގެ ގިނަ ކުޅުންތެރިންތަކެށް ނުބައިކުރަމުން ދަނިކޮށް ޓީނޭޖުން ކުޅުން ރަނގަޅުކޮށް މި ގޭމު ނިމެން 3 މިނެޓަށް ވެފައިވަނިކޮށް، ޓީނޭޖުން ވަނީ ގޭމު އަނބުރާލާފައެވެ. މި ގޭމު ޓީނޭޖުން ކާމިޔާބުކުރީ 7-8 ގެ ނަތީޖާއަކުންނެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ފުރަތަމަ މެޗް ކްލަބް ޓީނޭޖް އަދި ޒެފްރޯލް ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޓީނޭޖުގެ އަލީ ވިދާދު (ދާދު) އެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ފުރަތަމަ މެޗްގެ މެއިން އޮފް ދަ މެޗް:އަލީ ވިދާދް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ މުލަ މޯލްޑިވެސް ޖޮޒްޓީ ޕީއެސްއެމް ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. އަދި މިއަހަރުގެ ބައިބަލާ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު