ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމި ފައިނަލްގެ ފުރަތަމަ ލެގުގައި ރިއަލް މެޑްރިޑް އިން ބަޔާން މިއުނިކް އާއި ދެކޮޅަށް ކުޅޭ މެޗުގައި ބަޔާން މިއުނިކް އަކީ ބަލި ޓީމެއް ގޮތުގައި ނުބަލާނެ ކަމަށް ރިއަލް މެޑްރިޑް ގެ ކޯޗް ކާލޯ އެންޗޮލޮޓީ ބުނެފިއެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަންގެ ބަޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރިއަލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗޮލޮޓީ ފާހަގަ ކުރި ގޮތުގައި ބަޔާން މިއުނިކް އިން ޖަރުމަނު ލީގުގައި ދައްކަމުންދާ ދައް ނަތީޖާ ތަކަކުން އަދި މިރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އާއި ދެކޮޅަށް ރިއަލް އިން ނިކުންނާނީ ބަޔާން އަކީ ބަލި ޓީމެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށެވެ.

އެންޗޮލޮޓީ އިތުރަށް ފާހަގަކުރި ގޮތުގައި މީގެ ދެ ހަފްތާ ވަރު ކުރިން ބަޔާން ލެވަކޫސެން އިން ޖަރުމަނު ލީގުގައި ބަޔާންގެ 11 އަހަރުވީ ރަސްކަން ނިމުމަކަށް ގެނައި ނަމަވެސް 6 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ބަޔާން މިއުނިކް އިން މިރޭ ނިކުންނާނީ އިތުރު ހިތްވަރެއް ލައިގެން މި ސީޒަންގައި ތައްޓެއް ހޯދުމުގެ ނިޔަތުގައެވެ.

14 ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް ސެމީ ފައިނަލް އިން ޖާގަ ހޯދާފައިވަނީ ޕެނަލްޓީގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހުގައެވެ. ސްޕެނިޝް ލީގުގައި ވެސް ފަސް މެޗު ބާކީ އޮތްއިރު ދެވަނައިގައި އޮތް ޖިރޯނާ އަތުން 13 ޕޮއިންޓުގެ ލީޑަކާއެކު ރިއަލް މެޑްރިޑް އެއްވަނައިގައި އޮތްއިރު 36 ވަނަ ފަހަރަށް ލަލީގާ ހޯދުމަށް ވަނީ ވަރަށް ގާތްވެފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ރިއަލް މެޑްރިޑް ނިކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ޖަރުމަނު ގައި ބަޔާން މިއުނިކްގެ ދަނޑުގައެވެ. މި މެޗު ކުޅެވޭނީ ރާއްޖެގަޑިން މިރޭ 12:00 ގައެވެ.