އަދިވެސް އެންމެ އިސްކަމެއްދެނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރުމަށްކަމަށް އެސްޓެންވިލާ ގެ ކޯޗު އުނައި އެމެރީ ބުނެފިއެވެ.
އެސްޓަންވިލާގެ ކޯޗު އެމެރީ ބުނި ގޮތުގައި އަދިވެސް އެންމެ އިސްކަމެއްދެނީ އިންގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރު ކުރުން ނަމަވެސް 42 އަހަރު ފަހުން އެ ކުލަބުން ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ލިބިފައިވުމުން އެކަމަށްވެސް ވިސްނުން ގެންގުޅޭނެ ކަމަށެވެ.
ސްޕެއިންއަށް އުފަން އެމެރީގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ރަނގަޅު ކުޅެއް ދައްކަމުންއަންނަ އެސްޓަން ވިލާ މިވަގުތު އޮތީ އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތަރު ވަނައިގައެވެ. މި ހަފްތާގެ ބުރާސްފަތި ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އާއި ޗެލްސީ ބައްދަލު ކުރާ މެޗުން ޓޮޓެންހަމް ބަލިވެއްޖެނަމަ އެސްޓަން ވިލާ އަށް ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުވެ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގައް ކޮލިފައިވެގެން ދާނެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ލިބުނު 67 ޕޮއިންޓާއިއެކު އެސްޓަންވިލާ ޓެބަލްގެ ހަތަރު ވަނައިގައި އޮތްއިރު، އެސްޓަންވިލާގެ ފަހަތުން ޓޭބަލްގެ ފަސްވަނައިގައި އޮތް ޓޮޓެންހަމް ކުޅުނު 33 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
52 އަހަރުގެ ސްޕެއިންގެ ކޯޗު ގެ އިރުޝާދާއި އެކު އެސްޓަންވިލާ މިއަންނަ ބުރާސްފަތި ދުވަހު ކޮންފަރެންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނިކުންނާނީ ގްރީކްގެ އޮލިމްޕިއާކޮސް އާއި ދެކޮޅަށެވެ. މިއީ 42 ދެ އަހަރު ފަހުން އެސްޓަން ވިލާއިން ޔޫރަޕްގެ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.