ބުރޫނޯ ފާނެންޑޭޒް މެންޗެސްޓަރ ޔުނައިޓެޑްގައި ހުރީ އުފަލުންކަމަށާއި، އުންމީދު ކުރަނީ އަންނަ ސީޒަންގައިވެސް އެ ޓީމުގައި އޭނާ މަޑުކުރުން ކަމުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެންހަގް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ އަދި އެ ޓީމުގެ މިހާރުގެ ކެޕްޓަން މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާ ތަކުގައި އަޑުގަދަވެފައިވާ މިދަނޑިވަޅުގައި އެރިކް ޓެންހަގް މި ވަނީ އޭނާ އެ ޓީމުގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ގިނަ މީޑިއާތަކަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބުރޫނޯ ފާނެންޑެޒް މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލާނެ ކަމުގެ އަޑުތަށް ވަނީ މިހާރު ގަދަވެފައެވެ.

އެރިކް ޓެންހަގް ދިން އިންޓަވިއުއެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެރިކް ޓެންހަގް ބުނެފައިވާ ގޮތުން ބުރޫނޯ އަކީ އެ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ އެ ޓީމުގައި ހުރީ އުފަލުން ކަމަށާއި އޭނާ މި ސީޒަންނިމުމުން އެ ޓީމު ދޫކޮށްލާފަ ނުދާނެކަމަށް އުންމީދު ކުރާކަމުގައި ޓެންހަގް ވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ޕޯޗުގަލްގެ ތަރި ބުރޫނޯ ފާނެންޑެޒް މިހާރު ކުޅެމުންދާ ކުލަބް ކަމަށްވާ އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެ ދޫކޮށްލަން އުޅޭ ކަމުގެ އަޑު ގަދަވެފައި މި ވަނީ މި ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑްއިން ނެރުނު ނަތީޖާ އާއި އެކު އެ ޓީމުގެ މެނޭޖުމެންޓުން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މި ސީޒަން ނިމުމުން ދޫކޮށްލާނެކަން އިއުލާން ކޮށްފައިވުމުންނެވެ.

ދާދި ފަހުން ބުރޫނޯ ފާނެންޑޭޒް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާ މެންޗެސްޓަރ ޔުނައިޓެޑްގައި ހުރުމާއި މެދު ގޮތެއް ނިންމާނީ ކުރިއަށްއޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކަމަށެވެ. އަދި ބުރޫނޯ އިތުރަށް ފާހަގަ ކުރިގޮތުގައި އޭނާ މެންޗެސްޓަރ ޔުނައިޓެޑްގައި މަޑު ކުރާނީ މެންޗެސްޓަރ ޔުނައިޓެޑް އިން އޭނާ ބަހައްޓަން ބޭނުންވާ ނަމައެވެ.

2020 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑް އާއި ގުޅުނު ބުރޫނޯ ފާނެންޑެޒް އަކީ މިހާރު އެ ޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި އޭނާ އަކީ މިހާރު މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންވެސްމެއެވެ.