އިނގިރޭސި ޕްރިމިއަރ ލީގުގައި ފުރަތަމަ ފަހަރަށް ރެފްކެމް ބޭނުން ކުރާނެކަން އެ ލީގުން އިއުލާން ކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުރިސްޓަލް ޕެލަސް އާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަ ކުރާ މެޗުގައި ރެފް ރީ ކެމެރާ ނުވަތަ ރެފްކެމް ބޭނުން ކުރާނެކަން ޕްރިމިއަރ ލީގުން ވަނީ ހާމަކޮށްފައެވެ. މިރޭގެ މެޗުގައި ރެފްރީ ބޭނުންކުރާ ވީޑިއޯ ކެމެރާ ބޭނުން ކުރާނީ ޕްރިމިއަރ ލީގުގެ އޮފިޝަލުންނަށް ބާއްވާ ޕްރޮގްރާމްގައެވެ.

މީގެ ކުރިން ޖަރުމަނު ލީގުގެ މެޗެއްގައިވެސް ރެފް ޗެމް ވަނީ ބޭނުންކޮށްފައެވެ. ޖަރުމަނު ލީގުގައި ފްރެންކްފާޓް އާއި ވޮލްވްސްބާގް 2-2 ގެ ނަތީޖާ އަކުން އެއްވަރުވި މެޗުގެ ރެފްރީ ޑެނިއެލް ޝެލްގާ ވަނީ ވީޑިއޯ ކެމެރާ އާއި މައިކްރޯފޯން ބޭނުން ކޮށްފައެވެ. މި ވީޑިއޯ ބޭނުން ކޮށްފައިވަނީ ޖަރުމަނު ލާގުގެ އޮފިޝަލުންނަށް ހިންގުނު ރެފްރީ މައިކްޑް ކިޔާ ޕްރޮގްރާމެއްގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އަދި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރާ މެޗުގެ ރެފްރީ ވީޑިއޯ ކެމެރާ ބޭނުން ކުރާނެކަން އިއުލާންކޮށްފައި ވާއިރު މިދިޔަ އަހަރު ސަމާ ސީޒަންގައި ޗެލްސީ އަދި ބްރިޓަން ވާދަކުރި މެޗުގައި ޕްރިމިއަރ ލީގުގެ ރެފްރީ ރޮބް ޖޯންސް ވެސް ވަނީ ވީޑިއޯ ކެމެރާއެއް ބޭނުން ކޮށްފައެވެ.

މީގެ ކުރިން ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ ރެފްރީން ބޮޑީ ކެމް ބޭނުން ކުރުމުގެ ޓްރައިލްއެއް ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރު ފުޓްބޯޅަ އެސޯސިއޭޝުން ބުނެފައިވަނީ ރެފްރީން ބޮޑީކެމް ޓްރައިލް ކުރިއަށްގެންގޮސްފައި ވަނީ ރެފްރީންނަށް ދަނޑުމަތީގައި ކުރާ އަނިޔާތައް މަދު ކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިރުޒާ

    ތަރައްޤީގެ ރޮނގުގައި ކުރިއަރައިގެންގޮސް ހުޅަނގުގެ ގައުމުތަކުން ފުޓްބޯޅަ މެޗްތަކުގައި ތިޔަ ބުނާ ކެމެރާ ބޭނުން ކުރުމަށްވުރެ ފަލަސްޠީނުގެ ހުރިހާ ރައްޔިތުން މަރާ ހުސް ކުރަމުންދާއިރު އެކަން ހުއްޓުވުމަށް ކެމެރާއެއް ބޭނުން ކުރުން މާމުހިންމު ކަމަށް ދެކެން.
    މިމީހުންގެ ތަރައްޤީއަކީ އަކީ އިންސާނުން ނައްތާލުމުގެ ތަރައްޤީހެން ހީވާކަހަލަ.