އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން އިން އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފައިވާއިރު މިޑްފީލްޑަރު މާކޯ އެސެންސިއޯ އަށް ފުރުސަތެއް ނުލިބުނެވެ.

އަންނަ މަހު ފަށާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން އިން އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑުން ޕީއެސްޖީގެ ކުޅުންތެރިޔާ އެސެއްންސިއޯ ބާކީވި އިރު، އޭނާއަކީ 2016 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުން އައި ކުޅުންތެރިއެކެވެ. އެކަމަކު، ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ލަމިނޭ ޔަމާލް އަށް ސްޕެއިންގެ 29 ކުޅުންތެރިންގެ ސްކޮޑުން ވަނީ ޖާގަ ލިބިފައެވެ.

މާކޯ އެސެންސިއޯ

އެސެންސިއޯގެ އިތުރުން ސާޖިއޯ ރާމޮސް އާއި ޕައު ޓޮރޭޒްގެ އިތުރުން ޕެޑްރޯ ޕޮރޯ އަށް ވެސް މިފަހަރުގެ ސްޕެއިންގެ 29 ކުޅުންތެރިން ސްކޮޑުން ޖާގަ ލިބިފައިނުވާއިރު، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ނާޗޯ ވަނީ މިފަހަރުގެ ސްކޮޑުން ޖާގަ ހޯދާފައެވެ. އަދި މީގެއިތުރުން ފެރަން ޓޮރޭޒް އާއި އަޔޮޒެ ޕެރޭޒް އަށްވެސް މިފަހަރުގެ ސްކޮޑުން ޖާގަލިބިފައި ވެއެވެ.

ލުއިސް ޑިލަ ފުއެންޓޭ ގެ ކޯޗު ކަމުގެ ދަށުން މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ސްޕެއިންގެ 29 ކުޅުންތެރިންގެ ސްކޮޑަށް ބަލާލާއިރު، ކީޕަރުންގެ ގޮތުގައި އުނާއީ ސިމޯނޭ އާއި އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ ވެސް މިފަހަރުގެ ސްކޮޑުން ވަނީ ޖާގަ ހޯދާފައެވެ. އަދި ފޯވާޑުންގެ ތެރޭގައި އަލްވަރޯ މޮރާޓާ އާއި ޑެނި އޮލްމޯ ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނެއެވެ.

މާކޯ އެސެންސިއޯ

އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި 29 ކުޅުންތެރިންގެ ސްކޮޑް އެކު ލަވާލުމަށްފަހު ސްޕެއިންގެ ކޯޗު ފުއެންޓޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ފާހަގަ ކުރިގޮތުގައި މިފަހަރުގެ ސްޕެއިންގެ ސްކޮޑަށް އޭނާ ފުރިހަމަ އަށް އިތުބާރު އެބައޮތެވެ.

މިފަހަރުގެ ސްޕެއިން ޓީމުން މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެކަމަށް ޔަގީން ކުރާ ކަމަށް ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ކޯޗު ފާހަގަ ކުރި ގޯތުގައި މުބާރާތަށް މިހާރު ނަގާފައިވާ ސްކޮޑުގައި ނުހިމެނޭ އިތުރު ކުޅުންތެރިއަކުވެސް ފައިނަލް ސްކޮޑައް ނަގަން ޖެހިދާނެކަން ފާހަގަކޮށްފައިވެއެވެ.

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޓީމުތަކުން އެކުލަވާލާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އަންނަ މަހުގެ 7 ގެ ކުރިން އިއުލާން ކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު