އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމް ޓީމަށް އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރ އެކްސެލް ވިޓްސެލް އަލުން ގެނެސް 25 ކުޅުންތެރިންގެ ސްކޮޑް މިއަދު އިއުލާންކޮށްފިއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ޖަރުމަރުނައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމްގެ ޓީމުން އެތްލެޓިކޯ މެޑްރިޑްގެ ޑިފެންޑަރަށް ވަނީ އަނެއްކާވެސް ފުރުސަތު ދީފައެވެ. ކޮންމެ ޓީމަކަށްވެސް 26 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލެވޭއިރު، ބެލްޖިއަމް އިން މިއަދު އިއުލާން ކޮށްފައިވަނީ 25 ކުޅުންތެރިންގެ ސްކޮޑެކެވެ.

އެކްސްލް ވިޓްސެލް- ބެލްޖިއަމް

ބެލްޖިއަމްގެ ޓީމަށް 130 މެޗު ކުޅެދީފައިވާ އުމުރުން 35 އަހަރުގެ ވިޓްސެލް ވަނީ 2023 ވަނަ އަހަރުގެ މޭ މަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އެހެން ނަމަވެސް މިިފަހަރުގެ ޔޫރޯގައި އޭނާ ކުޅުމަށް ބެލްޖިއަމްގެ ކޯޗު ޑޮމެނިކޯ ޓޮޑެސްކޯ އެދުމުން ވިޓްސެން ވަނީ އަލުން ގައުމީ ޓީމަށް ކުޅުމަށް ނިންމާފައެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ބެލްޖިއަމް އިން އެކުލަވާލާފައިވާ 25 ކުޅުންތެރިންގެ ސްކޮޑް

ކީޕަރުން: ކޮއެން ކެސްޓީލްސް (ވީއެފްއެލް ވޯލްފްސްބާގް)، ތޯމަސް ކަމިންސްކީ (ލޫޓަން ޓައުން)، މެޓްޒް ސެލްސް (ނޮޓިންހަމް ފޮރެސްޓް)

ޑިފެންޑަރުން: ޓިމޮތީ ކަސްޓަގްނޭ (ފުލްހަމް)، މެކްސިމް ޑި ކުއިޕާ (ކްލަބް ބްރޫޖް)، ޒީނޯ ޑެބަސްޓް (އެންޑަލެކްޓް)، ވޯޓް ފޭސް (ލެސްޓާ ސިޓީ)، ތޯމަސް މެއުނިއާ (ޓްރަބްޒޮންސްޕޯ)، ޖާން ވަރޓޮންގޭން (އެންޑަލެކްޓް)، އާތުރް ތިއޭޓް (ސްޓޭޑް ރެނޭސް)، އެކްސެލް ވިޓްސެލް (އެތްލެޓިކޯ މެޑްރިޑް

މިޑްފީލްޑަރުން: ޔާނިކް ކަރާސްކޯ (އަލް ޝަބާބް)، ކެވިން ޑި ބްރޫއިން (މެންޗެސްޓާ ސިޓީ)، އޮރެލް މަންގަލާ (އޮލިމްޕިކް ލިއޮނޭސް)، އަމަޑޫ އޮނާނާ (އެވަރޓަން)، ޔޫރީ ޓިއެލެމަންސް (އެސްޓަން ވިލާ)، އާތުރް ވަރމީރެން (އެތްލެޓިކޯ މެޑްރިޑް)، އެސްޓާ ވްރަންކްސް ( ވޯލްފްސްބާގް)

ފޯވާޑުން: ޖޯހަން ބަކަޔޯކޯ (ޕީއެސްވީ އައިންޑްހޯވެން)، ޗާލްސް ޑި ކެޓެލެރޭ (އެޓަލަންޓާ)، ޖެރެމީ ޑޯކޫ (މެންޗެސްޓާ ސިޓީ)، ރޮމެލޫ ލުކާކޫ (ރޯމާ)، ޑޯޑީ ލުކެބަކިއޯ (ސެވިއްޔާ)، ލޮއިސް އޮޕަންޑާ (އާރުބީ ލައިޕްޒިގް)، ލިއަންޑްރޯ ޓްރޮސާޑް (އާސެނަލް)

މިފަހަރުގެ ބެލްޖިއަމްގެ ޓީމުން އެންމެ ބޮޑަށްފާހަގަ ވެގެން ދަނީ އެ ޓީމުގެ އެއް ނަމްބަރު ކީޕަރު ކޯޓިއަސް މިފަހަރުގެ ސްކޮޑުގައި ނެތުމެވެ. އަނިޔާގެ ސަބަބުން މި ސީޒަންގެ ބޮޑުބައެއްގައި ކުޅުމުން ބޭރުގައި ހުރުމުގެ ސަބަބުން މިފަހަރުގެ ބެލްޖިއަމްގެ ސްކޮޑުން ކޯޓުއާ އަށް ވަނީ ފުރުސަތު ނުލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު