ސާބިއާގެ ކޯޗު ޑްރެގަން ސްޓޮޖްކޮވިޗް މިފަހަރުގެ ޔޫރޯގައި ވާދަކުރާ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފިއެވެ.

އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސާބިއާގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާންކޮށްފައިވާއިރު، އެ ޓީމުގެ ކެޕްޓަން ޑޫސަން ޓަޑިޗް އާއި އެކު އެ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ސައުދީގެ އަލް ހިލާލްގެ ފޯވާޑު އަލެކްސަންޑާރް މިޓްރޮވިޗް ވެސް މިފަހަރުގެ ސާބިއާގެ ސްކޮޑްގައި ހިމެނެއެވެ.

ސާބިއަ ގައުމީ ޓިމު

ޖަރުމަނުގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސާބިއާ ޓީމުގައި އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑޫސަން ވަހޮލްވިޗް ވެސް ހިމެނެއެވެ. ޖުވެންޓަސްއަށް ކުޅެމުން އަންނަ ފޯވާޑް މިފަހަރުގެ އިޓަލީ ލީގުގައި 33 މެޗު ކުޅެފައިވާއިރު 16 ގޯލު ވަނީ ޖުވެންޓަސް އަށް ކާމިޔާބުކޮށްދީފައެވެ.

ޔޫރޯ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ގްރޫޕްގެ ދެވަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވެފައިވާ ސާބިއާ 2000 ވަނަ އަހަރުގެ ފަހުން ޔޫރޯއަށް ކޮލިފައިވެފައެއް ނުވެއެވެ. 2000 ވަނަ އަހަރުގެ ކުރިން ސާބިއާ ޔޫރޯ ކުޅެފައިވަނީ ޔޫގޮސްލޭވިއާއާއި އެކު ވެގެންނެވެ. މިފަހަރުގެ މުބާރާތަށް ސާބިއާ ކޮލިފައިވެފައި މިވަނީ ޔޫގޮސްލޭވިޔާ އާއި ވަކިވިފަހުން ފުރަތަމަ ފަހަރަށެވެ.

ސާބިއާ

މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ސާބިއާ ޓީމު

ކީޕަރުން: ވަންޖާ މިލިންކޯވިޗް ސާވިޗް (ޓޮރީނޯ)، ޑޯޑޭ ޕެޓްރޯވިޗް (ޗެލްސީ)، ޕްރެޑްރަގް ރާޖްކޯވިޗް (މަޔޯކާ)

ޑިފެންޑަރުން: ސްޓްރަހިންޖާ ޕަވްލޮވިޗް (އާރުބީ ސަލްޒްބާގް)، ނިކޮލާ މިލެންކޯވިޗް (ފިއޮރެންޓީނާ)، ސްރްޑަން ބާބިޗް (ސްޕާޓަކް މޮސްކޯ)، މިލޯސް ވެލްޖްކޯވިޗް (ވަރޑާ ބްރޭމަން)، އުރޯސް ސްޕަޖިޗް (ރެޑް ސްޓާ ބެލްގްރޭޑް)، ނޭމަންޖާ ސްޓޮޖިޗް (ޓީއެސްސީ ބަކާ ޓޮޕޯލާ)

މިޑްފީލްޑަރުން: ސާސާ ލުކިޗް (ފުލަމް)، ނޭމަންޖާ ގުޑެލްޖް (ސެވިލާ)ނެމަންޖާ މަކްސިމޮވިޗް (ގެޓާފޭ)، އިވާން އިލިޗް (ޓޮރީނޯ)، ސްރްދާން މިޖައިލޮވިޗް (ރެޑް ސްޓާ ބެލްގްރޭޑް)، ސާޖެޖް މިލެންކޯވިޗް-ސާވިޗް (އަލް ހިލާލް)، ޑޫސާން ޓަޑިޗް (ފެނެރްބާޗޭ)، ލާޒާރ އެވަ ސަމާރްޒިޗް (އުޑިނޭޒް)، ވެޖްކޯ ބިރްމަންސެވިޗް (ސްޕާޓާ ޕްރާގް)، ފިލިޕް ކޮސްޓިކް (ޔުވެންޓަސް)، އަންޑްރިޖާ ޒިވްކޮވިޗް (ޕީއޭއޯކޭ)، ފިލިޕް މްލަޑެނޮވިޗް (ޕެނަތިނައިކޯސް)، މިޖާޓް ގަސިނޮވިޗް (އޭއީކޭ އެތެންސް)

ފޯވާޑުން: އެލެގްޒެންޑަރ މިޓްރޮވިޗް (އަލް ހިލާލް)، ޑޫސަން ވްލަހޯވިޗް (ޔުވެންޓަސް)، ލޫކާ ޖޮވިޗް (އޭސީ މިލާން) ޕެޓާ ރަޓްކޯވް (އާރުބީ ސަލްޒްބާގް)

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސާބިއާ ހިމެނެނީ ގްރޫޕް ސީ ގައެވެ. ގްރޫޕް ސީ ގައި ސާބިއާ އާއި އެކު ދެން ހިމެނެނީ އިންގްލެންޑް އާއި ޑެންމާކުގެ އިތުރުން ސްލޮވޭނިއާ އެވެ.