ސްޕެއިންގައި ކުޅުނު ފުރަތަމަ ސީޒަނުގައި އިންގްލޭންޑުގެ ތަރި ޖޫޑް ބެލިންހަމަށް ލަލީގާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިއްޖެއެވެ.

މި ސީޒަންގައި ރެއާލް މެޑްރިޑުން ވަނީ ލަލީގާގެ ތަށި ހޯދުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

މި ސީޒަނުގައި ބެލިންހަމް ވަނީ ލަލީގާގައި ރެއާލަށް 19 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ.

ލަލީގާގެ ޕްލޭޔަރ އޮފް ދަ އިޔާ އެވޯޑު ބެލިންގަމަށް

މިދިޔަ ސީޒަނުގައި ބުންޑަސްލީގާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ބެލިންހަމް ރެއާލަށް ބަދަލުވެ އަންނަނީ އެ ޓީމުގެ މެދުތެރޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހާރު އޮތް ރެއާލް ޓީމުގެ މައި ތަނބަކީ ބެލިންހަމެވެ.

މިފަހަރުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލިންހަމް ހޯދާފައި މި ވަނީ ރެއާލްގެ ވިނީޝިއަސް ޖޫނިއާ އާއި އެތުލެޓިކޯގެ ގްރީޒްމަން އާއި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީ އަދި ޖިރޯނާގެ ޑޯވްބީކާ ވާދަކޮށެވެ.

މިދިޔަ އަހަރު ރެއާލަށް ބަދަލުވި ބެލިންހަމް ރެއާލަށް ސޮއި ކުރީ ހަ އަހަރުގެ ކޮންޓްރެކްޓެއްގައެވެ. އޭނާ ރެއާލަށް މިހާތަނަށް އައިިއިރު ކުޅެދިން 41 މެޗުގައި ވަނީ 23 ލަނޑު ކާމިޔާބުކޮށްފައެވެ. ރެއާލަށް ބަދަލުވުމުގެ ކުރިން ބެލިންގަމް ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑަށާއި އިނގިރޭސި ކުލަބު ބާމިންގހަމް ސިޓީ އަށް ވެސް ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަސަމީއު ސިޓީ

    ތިޔާދެން ހަމަ ވޯޓުން ނުހޮވިޔަސް ދޭނެ އެއްޗެއް..