ޔޫރޮޕާ ކޮންޕަރެންސް ލީގު ޗެމްޕިއަންކަން ހޯދާ އޮލިމްޕިއާކޯސް އިން ޔޫރަޕްގެ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ގްރީސް ޓީމުގެ ޝަރަފު ހޯދައިފިއެވެ.

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި އިޓަލީގެ ފިއޮރެންޓީނާ ބަލިކޮށް ގްރީސްގެ އޮލިމްޕިއާކޯސް ޔޫރޮޕާ ކޮންފަރެންސް ލީގު ހޯދާފައިވާއިރު، މީ ގްރީސްގެ ޓީމަކުން ޔޫރަޕްގެ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ފަހަރެވެ. ޔޫރޮޕާ ކޮންފަރެންސް ލީގުގެ ތަށި އޮލިމްޕިއާކޯސް އިން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލްގައި 0-1 ގެ ނަތީޖާ އަކުން ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އޮލިމްޕިއާކޯސް

ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ރޭ އޮލިމްޕިއާކޯސް އަދި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގައި ފެނުނު ހަމަ އެކަނި ގޯލު ފެނިގެން ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓިމަކަށް ގޯލެއް ކާމިޔާބުނުކުރެވުމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އެކްސްޓްރާ 30 މިނެޓުގެ ދެ ހާފުވެސް ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް އޮލިމްޕިއާކޮސް އިން ވަނީ އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 116 ވަނަ މިނެޓުގައި ސަންތިއާގޯ ހެޒޭ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ފޯވާޑު އަޔޫބް އަލް ކާބި އެވެ.

އޮލިމްޕިއާކޯސް އިން ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފައިވާއިރު މީގެ ކުރިން ގްރީސްގެ ޓީމަކަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލްގައި ކުޅެފައިވަނީ 1971 ވަނަ އަހަރުއެވެ. އެއީ ގްރީސްގެ ޕަނަތިނާއިކޯސް ޔޫރަޕިއަން ކަޕްގެ ފައިނަލް ގައި އެޔެކްސް އާއި ދެކޮޅަށެވެ. އިނގިރޭސި ވިލާތުގެ ވެމްބްލީގައި ކުޅުނު މި މެޗުން ގްރީސްގެ ޕަނަތިނާއޯސް ވަނީ ބަލިވެފައެވެ.