އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނެދަލެންޑްސް ގެ 26 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފިއެވެ.

އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނެދަލެންޑްސްގެ ސްކޮޑް އިއުލާންކޮށްފައިވާއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ތިބި އެ ޓީމުގެ މެދުތެރެއަށް ކުޅެމުންއަންނަ ފްރޭންކް ޑި ޖޯންގް އާއި ފޯވާޑް މެމްފިސް ޑިޕޭ ވަނީ މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ނެދަލެންޑްސްގެ ޓީމުގައި ހިމަނާފައެވެ.

ޑި ޖޯންގް އަދި ޑިޕޭ

ނެދަލެންޑްސް ގެ ކޯޗު ރޮނާލްޑް ކޫމަން ނެދަލެންޑްސްގެ ސްކޮޑް އިއުލާންކޮށްފައިވާއިރު އަނިޔާގައި ތިބި ޑި ޖޯންގް އަދި ޑިޕޭ މިފަހަރުގެ ސްކޮޑުން ޖާގަ ދީފައިމިވަނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 23 ކުޅުންތެރިންގެ ބަދަލުގައި 26 ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ޔޫރޯ އިން ދިނުމުންނެވެ.

ނެދަލެންޑްސްގެ ކީ ޕްލޭޔަރެއްގެ ގޮތުގައި މެދު ތެރޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ފްރޭންކް ޑި ޖޯންގް އެއްކޮށް ފިޓްވެ މުބާރާތުގައި ނެދަލޭންޑްސް ކުޅޭ މެޗުގައި ކުޅެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ނެދަލެންޑްސްގެ ކޯޗު ވަނީ ހާމަކޮށްފައެވެ. ނެދަލެންޑްސްގެ ޓީމަށް އަނިޔާގެ މައްސަލަ ބޮޑުވެފައިވާއިރު މިފަހަރުގެ ސްކޮޑުގައި ޖަރުމަނުގެ ޑޯޓުމަންޑްގެ ފަހަތަށް ކުޅެމުން އަންނަ ލަން މާޓްސަން އަށް ވަނީ ފުރުސަތު ނުލިބިފައެވެ. އަދި މީގެ އިތުރުން ގޯލް ކީޕަރ ނިކް އޮލިޖް އަށްވެސް މިފަހަރުގެ ނެދަލެންޑްސްގެ ސްކޮޑުން ޖާގައެއް ނުލިބުނެވެ.

ޑި ޖޯންގް

ނެދަލެންޑްސް ސްކޮޑް

ކީޕަރުން: ޖަސްޓިން ބިޖްލޯ (ފޭނޯޑް)، މާކް ފްލެކެން (ބްރެންޓްފޯޑް، އިނގިރޭސިވިލާތް)، ބާޓް ވަރބްރޫގޭން (ބްރައިޓަން އެންޑް ހޯވް އަލްބިއަން، އިނގިރޭސިވިލާތް)

ޑިފެންޑަރުން: ނޭތަން އޭކޭ (މެންޗެސްޓާ ސިޓީ، އިނގިރޭސިވިލާތް)، ޑޭލީ ބްލައިންޑް (ޖިރޯނާ އެފްސީ، ސްޕެއިން)، ސްޓެފަން ޑި ވްރިޖް (އިންޓަ މިލާން، އިޓަލީ)، ލުޓްޝަރެލް ގީޓްރޫޑާ (ފެޔެނޯޑް)، ޑެންޒެލް ޑަމްފްރީސް (އިންޓަ މިލާން، އިޓަލީ)، މަތީސް ޑި ލިގްޓް (ބަޔާން) އެވެ ޖަރުމަނުގެ މިއުނިކް)، ޖެރެމީ ފްރިމްޕޮންގް (ބަޔަރ ލެވަކުސަން، ޖަރުމަނުވިލާތް)، މިކީ ވެން ޑި ވެން (ޓޮޓެންހަމް ހޮޓްސްޕާސް، އިނގިރޭސިވިލާތް)، ވާޖިލް ވެން ޑައިކް (ލިވަޕޫލް، އިނގިރޭސިވިލާތް)

މިޑްފީލްޑަރުން: ފްރެންކީ ޑި ޖޮންގް (އެފްސީ ބާސެލޯނާ، ސްޕެއިން)، ރަޔަން ގްރެވެންބަރޗް (ލިވަޕޫލް، އިނގިރޭސިވިލާތް)، ޓެއުން ކޫޕްމައިނަރސް (އެޓަލަންޓާ، އިޓަލީ)، ޓިޖާނީ ރެއިންޑަރސް (އޭސީ މިލާން، އިޓަލީ)، ޖަރޑީ ޝޯޓެން (ޕީއެސްވީ އައިންޑްހޯވެން)، ޒާވީ ސިމަންސް (އާރްބީ ލައިޕްޒިގް، ޖަރުމަނުވިލާތް)، ޖޯއީ ވީރްމަން (ޕީއެސްވީ އައިންޑްހޯވެން)، ޖޯޖިނިއޯ ވިޖްނަލްޑަމް (އަލް އެޓިފާކް، ސައުދީ އަރަބިއްޔާ)

ފޯވާޑް: ސްޓީވަން ބާގްވިން (އަޔަކްސް އެމްސްޓަޑަމް)، ބްރައިއަން ބްރޮބީ (އަޔަކްސް އެމްސްޓަޑަމް)، މެމްފިސް ޑެޕޭ (އެތްލެޓިކޯ މެޑްރިޑް، ސްޕެއިން)، ކޯޑީ ގަކްޕޯ (ލިވަޕޫލް، އިނގިރޭސިވިލާތް)، ޑޮނިއެލް މާލެން (ބޮރޫޝިއާ ޑޯޓްމަންޑް، ޖަރުމަން)، ވޯޓް ވެގޯސްޓް (ޓީއެސްޖީ ހޮފެންހައިމް، ޖަރުމަން

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނެދަލެންޑްސް ހިމެނެނީ ގްރޫޕް ޑީ ގައެވެ. ނެދަލެންޑްސް އާއި އެކު މި ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް އާއި ޕޮލެންޑްގެ އިތުރުން އޮސްޓްރިއާ އެވެ. ނެދަލެންސްޑްސް މިފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި މިއަންނަ މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ޕޮލެންޑް އާއި ދެކޮޅަށެވެ.