ނ. ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަން ގެ ފައިނަލްގެ ދެވަނަ ޖާގަ މަނަދޫ ސްޕޯޓްސް ކުލަބް އިން ކަށަވަރުކޮށްފިއެވެ.

ނ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއިއެކު ވެލިދޫ ކައުންސިލުން ނ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފައިނަލް އިން މަނަަދޫ ސްޕޯޓްސް ކުލަބް ޖާގަ ހޯދާފައިވަނީ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާޅެންދޫ ވޮލީ ޓީމާއި ބައްދަލުކި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓް

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މަނަދޫ ސްޕޯޓްސް ކުލަބް އާއި މާޅެންދޫ ވޮލީޓީމު ބައްދަލު ކުރި މެޗުގެ ފުރަތަމަ ސެޓު 21-25 ގެ ނަތީޖާ އަކުންނެވެ. އަދި ދެވަނަ ސެޓު 16-25 އިން މަނަދޫ ސްޕޯޓްސް ކުލަބް ކާމިޔާބުކޮށްފައިވާއިރު މި މެޗުގެ ތިންވަނަ ސެޓު މަނަދޫ ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވަނީ 20-25 ގެ ނަތީޖާ އަކުންނެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މަނަދޫ ސްޕޯޓްސް ކުލަބް އާއި މާޅެންދޫ ސްޕޯޓްސް ކުލަބް ވާދަކުރި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަނަދޫ ސްޕޯޓްސް ކުލަބް ގެ ޖ.9 އަހްމަދު ހާފިޒް އެވެ.

ވިޒިޓް ވެލިދޫ ވޮލީބޯލް ޓޯނަމެންޓް

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ވެލިދޫ ސްޕޯޓްސް ކުލަބް އިންނެވެ. އެހެންކަމުން ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ވެލިދޫ ސްޕޯޓްސް ކުލަބް އާއި މަނަދޫ ސްޕޯޓްސް ކުލަބް އެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ކުޅުން މާދަމާ ފެށުމަށް މަވަނީ ހަމަޖެހިފައެވެ. އަންހެން ޑިވިޝަންގެ ދެ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވެލިދޫ ސްޕޯޓްސް ކުލަބް އާއި މަނަދޫ ސްޕޯޓްސް ކުލަބް ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 13:30 ގައެވެ. އަދި އަންހެން ޑިވިޝަންގެ ދެވަނަ މެޗު މާދަމާރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މެޗުގައި ވާދަކުރާނީ މަގޫދޫ ވޮލީޓީމާއި ފޮއްދޫ ސްޕޯޓްސް ކުލަބް އެވެ.

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2024 ގެ އޮންލައިން މީޑީއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު