އެމެރިކަން ސުޕާ ލީގު (އެމްއެލްއެސް) ގެ އެލް އޭ ގެލެވްސީ އިން މާކޯ ރިއުސް ގެންދަން ޕްރޮޕޯސަލް ހުށައަޅައިފިއެވެ.

ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ އިތުބާރު ހިފޭ ނޫސްވެރިޔާ ފަބްރިޒިއޯ ބުނެފައިވަނީ އެލްއޭ ގެލެކްސީ އިން ރިއުސް، ޑޯޓްމަންޑްގެ ކޮންޓްރެކްޓް ހަމަވެފައިވުމާއި ގުޅިގެން ފްރީ އޭޖެންޓެއްގެ ގޮތުގައި ގެންދިޔުމަށް އޭނާ އަށް އެ ޓީމުން ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފަބްރިޒިއޯ ބުނެފައިވަނީ ސައުދީގެ ކުލަބު ތަކުންވެސް ރިއުސް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި ރިއުސް ދިޔުން ގާތީ އެމެރިކާ އަށް ކަމަށެވެ.

ބޮރޫޝިއާ ޑޯޓުމަންޑަށް 9 އަހަރު ކުޅެދިނުމަށް ފަހު މި ސީޒަން ނިމުމަށް ފަހު ރިއުސް އެ ޓީމާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން އޭނާ އެ ޓީމު ދޫކޮށްލާނެ ކަން އޭނާ ވަނީ މިދިޔަ މަހު ހާމަކޮށްފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗަކީ ރިއުސް ޑޯޓުމަންޑަށް ކުޅެދިން ފަހު މެޗެވެ.

ބޮރޫޝިއާ ޑޯޓުމަންޑުގެ ލެޖެންޑު މާކޯ ރިއުސް އެ ޓީމުގެ ޖާޒީގައި

މާކޯ ރިއުސް ޒުވާން ދުވަސްވަރު ބުރޫސިއާ ޑޯޓްމަންޑްގައި ހޭދަކުރުމަށްފަހު އޭނާ ވަނީ ރޮޓް ވެއިސް އަހްލެން އާއި ގުޅިފައެވެ. އަދި އެއަށް ފަހު 2009 ވަނައަހަރު ބުރޫސިއާ މޮންޗެންޑްލަގްބާޗް އަށް ގުޅުމަށްފަހު އެ ޓީމަށްވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާދީފައި ވެއެވެ. މިގޮތުން 2012 ވަނަ އަހަރު އެ ޓީމަށް ރިއުސް 18 ގޯލާއި 12 އެސިސްޓް ކޮށްދީފައިވާއިރު އެ ސީޒަންގެ ޗެމްޕިއަންސް ލީގައް އެ ޓީމު ކޮލިފައިކޮށްދީފައިވެއެވެ. އަދި އެ ސީޒަން ނިމުމުން އޭނާ ވަނީ އެ ޓީމު ދޫކޮށް ބުރޭސިއާ ޑޯޓްމަންޑް އާއި ގުޅިފައެވެ

އަލުން އެންބުރި 2012 ވަނަ އަހަރު ބުރޫސިއާ ޑޯޓްމަންޑާއި ގުޅުނު މާކޯ ރިއުސް އެ ޓީމުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާއިރު، ރިއުސް ވަނީ ޑޯޓްމަންޑް އަށް 429 މެޗު ކުޅެދީފައެވެ. އަދި އެ ޓީމަށް 170 ގޯލު ވެސް އޭނާ ވަނީ ކާމިޔާބުކޮށްދީފައެވެ.

2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޑޯޓްމަންޑްގެ ކެޕްޓަންކަންވެސް ކޮށްފައިވާ ރިއުސް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ޖަރުމަނު ގައުމީ ޓީމަށް 48 މެޗު ރިއުސް ކުޅެފައިވާއިރު، ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދެފަހަރު ނޮމިނޭޓް ވެފައިވާ ރިއުސް ވަނީ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 3 ފަހަރު ހޯދާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު