އިންޑިއަން ގްރޯން ޕްރީގެ 800 މީޓަރު ދުވުމުގައި 2.14:53 މިލި ސިކުންތުން ރޭސް ނިންމައިގެން އަނެއްކާވެސް ފަސުހާ ގައުމީ 800 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފިއެވެ.

އެންމެ ފަހުން ފަސުހާ މި ރެކޯޑު މުގުރާލާފައިވަނީ 2.19:43 މިލި ސިކުންތުން ރޭސް ނިންމައިގެންނެވެ. މިފަހަރުގެ ރިކޯޑާއި އެކު ފަސުހާ ވަނީ ދިވެހި ގައުމީ 800 މީޓަރުގެ ރިކޯޑު ފަސް ވަނަ ފަހަރަށް މުގުރާލާފައެވެ. އަދި ހަތަރު ވަނަ ފަހަރަށް އަމިއްލަ އަށް ހެދި ރިކޯޑު މުގުރާލާފައެވެ.

އެންމެ ފުރަތަމަ ފަސުހާ ގައުމީ 800 މީޓަރުގެ ރެކޯޑު ހަދާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހެވެ. އެފަހަރުގެ ރޭސް އޭނާ ނިންމީ 2.29:72 މިލި ސިކުންތުންނެވެ. ޖެހިގެން އައި ޖުލައި މަހު އޭނާ ވަނީ އެ ރިކޯޑު އައު ކޮށް ކުރީގެ ރިކޯޑު މުގުރާލާފައެވެ. މި ފަހަރުގެ ރޭސް ފަސުހާ ނިންމީ 2.21:83 މިލި ސިކުންތުންނެވެ. ޖެހިގެން އައި ސެޕްޓެމްބަރު މަހު އޭނާ ވަނީ އަނެއްކާވެސް ރިކޯޑު އައު ކޮށްފައެވެ. މި ފަހަރުގެ ރޭސް ފަސުހާ ނިންމާފައި ވަނީ 2.20:66 މިލި ސިކުންތުންނެވެ.

ފާއިތުވި ޑިސެމްބަރު މަހު ފަސުހާ ވަނީ ހަތަރު ވަނަ ފަހަރަށް މި ރިކޯޑު މުގުރާލާފައެވެ. މި ފަހަރުގެ ރިކޯޑު ފަސުހާ އައު ކުރީ 2.19:73 ސިކުންތުން ރޭސް ނިންމާއިގެންނެވެ. އެއަށް ފަހު މިހާރު ކުރިއަށްދާ އިންޑިއަން ގްރޯން ޕެރީގައި ފަސުހާ މިވަނީ އަނެއްކާވެސް މި ރިކޯޑު އައު ކޮށްފައެވެ.

ފަސުހާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ބޭއްވި ގްރޯން ޕްރީ އަދި އެސޯސިއަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ހޯދާފައެވެ. މީގެ އިތުރުންވެސް ފަސުހާ އަންނަނީ އިތުރު މުބާރާތްތަކުގައި ވާދަކޮށް އިތުރު ކާމިޔާބީތައްވެސް ހޯދަމުންނެވެ. ފަސުހާ ފާހަކޮށްލެވެނީ މިހާރު ރާއްޖޭގައި ތިބި ލޯންގް ޑިސްޓޭންސްގެ އެންމެ ހަލުވި އެއް އެތުލީޓުގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު