މިއަދު ތ.ތިމަރަފުށީގައި ފެށި އެފްއޭއާރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ޔުނިޓީ ސްޕޯޓްސް ކުލަބާއި ފުޓްބޯލް އެންހެންސް އެކެޑަމީ އޮފް ތިމަރަފުށި ވާދަކުރި މެޗު 0-9 ގެ ނަތީޖާ އަކުން ޔުނިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް، މިއަދުގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބް އަދި ގަލްފް ސްޕޯޓްސް ކުލަބް ވާދަކުރި މެޗު އޮޑި ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

ގިނަ ދުވަސްތަކެއް ވަންދެން ތިމަރަފުށީގައި ފުޓްސަލް މުބާރާތެއް ބާއްވާފައިނުވާއިރު، މިފަހަރުގެ އީދާއި ދިމާކޮށް ތިމަރަފުށި ފަޅުމަސް ސްޕޯޓްސް ކުލަބުން އިސްނަގައިގެން އެރަށު އެކުވެރިންގެ އާ ރޫހު ޖަމުއިއްޔާއާއި ގުޅިގެން ކުރިއަށް ގެންދާ އެއްއޭއާރު ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގައި ޔުނިޓީ ސްޕޯޓްސް ކުލަބުން ވަނީ ގިނަ ގޯލުތަކެއް ކާމިޔާބުކޮށްފައެވެ.

ޔުނިޓީ ސްޕޯޓްސް ކުލަބްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޔުނިޓީ ސްޕޯޓްސް ކުލަބްގެ ޖ.11 މުހައްމަދު ސާހިލް ވަނީ 5 ގޯލު ކާމިޔާބުކޮށްފައެވެ. އަދި ޔުނިޓީ ސްޕޯޓްސް ކުލަބްގެ ޖ.10 މުހައްމަދު ޔައީޝް ޝާމް މި މެޗުގައި 3 ގޯލު ކާމިޔާބުކޮށްދީފައިވާއިރު، ޔުނިޓީ ސްޕޯޓްސް ކުލަބްގެ ޖ.6 އަކްމަލް އިބްރާހިމް ނަސީމް ވަނީ އެ ޓީމަށް އެއް ގޯލު ކާމިޔާބުކޮށްދީފައެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

މި ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނިޓީ ސްޕޯޓްސް ކުލަބް ގެ ޖ.11 މުހައްމަދު ސާހިލެވެ.

އެފްއާރުއޭ ފުޓްސަލް ޗެލެންޖުގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބް އަދި ގަލްފް ސްޕޯޓްސް ކުލަބް ވާދަކުރި މެޗު އޮޑި ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.

އޮޑި ސްޕޯޓްސް ކުލަބް އަދި ގަލްފް ސްޕޯޓްސް ކުލަބް ވާދަކުރި މެޗުގައި އޮޑި ސްޕޯޓްސް ކުލަބްގެ ޖ.9 އިސްމާއިލް މުނީޒު ވަނީ 2 ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބް ގެ ޖ.11 އަބްދުﷲ ޒިޔާން އަދި އެ ޓީމުގެ ޖ.10 ސާރިހު ހަސަން މަނިކު ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލު އޮޑި ސްޕޯޓްސް ކުލަބަށް ކާމިޔާބުކޮށްދީފައެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮޑި ސްޕޯޓްސް ކުލަބްގެ ޖ.9 އިސްމާއިލް މުނީޒެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއިއެކު ތިމަރަފުށީގައި މިހާރު ކުރިއަށްދާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި މާދަމާވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ފުރަތަމަ މެޗުގައި ޓައިމްސް އަދި ޓައިޓަންސް އެފްސީ ވާދަކުރާއިރު، މި މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައެވެ. މާދަމާގެ ދެވަނަ މެޗުގައި ވާދަ ކުރާނީ ކަންމަތި ސްޕޯޓްސް ކުލަބް އާއި ފަޅުމަސްއެވެ. މި މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރު 5:00 ގައެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު 2024ގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު