ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން އަދި ކްރޮއޭޝިއާ ވާދަކުރި މެޗުގައި ކާވަހާމް ސްޕެއިންގެ ގައުމީ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްފައިވާއިރު، މި ގޯލު ޖެހިއިރު ލައިގެން ހުރި ޖޯޒީ ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް އަށް ހަދިޔާ ކޮށްފިއެވެ.

ލޫކާ މޮޑްރިޗް އަދި ޑެނީ ކާވަހާލް

އިއްޔެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި، ސްޕެއިނުން ކްރޮއޭޝިއާގެ މައްޗަށް 0-3 ގެ ނަތީޖާ އަކުން ކުރިހޯދި މެޗުގައި ކާވަހާލް ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު ކާވަހާލް ބުނެފައިވާ ގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މި ދެ ކުޅުންތެރިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ކާވަހާލް ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖެހި ޖޯޒީ އޭނާގެ އަތުގައި ބޭއްވުމަށް އޭނާ ބޭނުން ވި ނަމަވެސް މޮޑްރިޗް އޭނާގެ ޖާޒީ ބޭނުން ވެގެން ބުނުމުން އޭނާ އެ ޖޯޒީ މޮޑްރިޗް އަށް ހަދިޔާ ކުރީ ކަމުގައި ކާވަހާލް ވަނީ ބުނެފައެވެ.

ސްޕެއިންގެ ގައުމީ ޓީމު އަދި ރެއަލް މެޑްރިޑްގެ ޑިފެންސްގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޑެނީ ކާވަހާލް އެންމެ ފުރަތަމަ ސީނިއާ ގައުމީ ޓީމަށް ކުޅެފައިވަނީ 2014 ވަނަ އަހަރުގައެވެ. އޭގެ ކުރިން ކާވަހާލް ވަނީ ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއި 21 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ.

ސްޕެއިންގެ ޑިފެންޑަރ ކާވަހާލް

އުމުރުން 32 އަހަރުގެ ކާވަހާލް މިހާތަނަށް ސްޕެއިންގެ ގައުމީ ޓީމަށް 45 މެޗު ކުޅެފައިވާއިރު އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލު ފެނިގެން ދިޔައީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ ކްރޮއޭޝިއާ އަދި ސްޕެއިން ވާދަކުރި މެޗުގައެވެ.

ޑެނީ ކާވަހާލް އާއި ލޫކާ މޮޑްރިޗް އަކީ ސްޕެއިންގެ އެންމެ ވަރުގަދަ އެއް ކުލަބް ކަމަށްވާ ރިއަލް މެޑްރިޑްގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. އެންމެ ފަހުން ރިއަލް މެޑްރިޑް ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައިވެސް ކާވަހާލް ވަނީ ރިއަލް މެޑްރިޑް އަށްވެސް ގޯލެއް ކާމިޔާބުކޮށްދީފައެވެ.