ތ.ތިމަރަފުށީގައި މިހާރު ކުރިއަށްދާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި މިއަދު ޓައިޓަންސް އެފްސީ އަދި ޓައިމްސް އެއްވަރުވިއިރު، ކަންމަތި ސްޕޯޓްސް އަތުން ފަޅުމަސް މޮޅުވެއްޖެއެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

ތިމަރަފުށި ފަޅުމަސް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ތިމަރަފުށި އެކުވެރިންގެ އާ ރޫހު ޖަމުއިއްޔާއާ ގުޅިގެން އެރަށުގައި މިހާރު ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅެފައިވެއެވެ. މިގޮތުން މިއަދުގެ ފުރަތަމަ މެޗުގައި ޓައިޓަންސް އެފްސީ އަދި ޓައިމްސް ވާދަކުރި މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓައިމްސް އަށް އެ ޓީމުގެ ޖ.20 އާދަމް ނާސިހު އެއް ގޯލު ކާމިޔާބުކޮށްދީފައިވާއިރު، އެ ޓީމުގެ ޖ.10 އަޔާޒް އަހުމަދު އަދި އަހުމަދު އަފްލާހު ވެސް ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލު ޓައިމްސް އަށް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޓައިޓަންސް އެފްސީ އަށް އެ ޓީމުގެ ޖ.40 އަހުމަދު ޝަރީފު 2 ގޯލު ކާމިޔާބުކޮށްދީފައިވާއިރު، ޓައިޓަންސް އެފްސީގެ ޖ.10 މުހައްމަދު ރާއިފު ފަޒީލް ވަނީ އެ ޓީމަށް އެއް ގޯލު ކާމިޔާބުކޮށްދީފައެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓައިޓަންސް އެފްސީގެ ޖ.40 އަހުމަދު ޝަރީފެވެ.

މިއަދުގެ ދެވަނަ މެޗުގައި ފަޅުމަސް އަދި ކަންމަތި ސްޕޯޓްސް ކުލަބް ވާދަކުރި މެޗު ފަޅުމަސް އިން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފަޅުމަސް ގެ ޖ.8 އިބްރާހިމް އަސްވާދު (ގަބޭ) ވަނީ އެ ޓީމަށް 2 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މީގެ އިތުރުން ފަޅުމަސްގެ ޖ.37 މުހައްމަދު ތޯރިގު (އަބުދޭ) އެ ޓީމަށް އެއް ގޯލު ކާމިޔާބުކޮށްދިންއިރު، ޖ.5 އަލީ ޝިމާޒު (ތޮއްޕެ) ވަނީ ފަޅުމަސް ޓީމަށް އެއް ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި ސްޕޯޓްސް ކުލަބްގެ ފަރާތުން ފެނުނު ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޖ.24 އަހުމަދު މުފީދެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖު

މި ރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަޅުމަސް ޓީމުގެ ޖ.8 އިބްހާރިމް އަސްވާދު (ގަބޭ) އެވެ.

މާދަމާވެސް މި މުބާރާތުގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓައިޓަންސް އެފްސީ އާއި ޔުނިޓީ ސްޕޯޓްސް ކުލަބް އެވެ. މި މެޗު ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ. އަދި މާދަމާގެ ދެވަނަ މެޗުގައި ވާދަކުރާނީ ގަލްފް ސްޕޯޓްްސް ކުލަބް އާއި ފަޅުމަސް އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު