ތ.ތިމަރަފުށީގައި މުހާރު ކުރިއަށްދާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި އޮޑި ސްޕޯޓްސް ކުލަބް އަދި ފަޅުމަސް ވާދަކުރިމެޗު ފަޅުމަސް ކާމިޔާބުކޮށްފިއެވެ.

ތިމަރަފުށި ފަޅުމަސް ސްޕޯޓްސް ކުލަބުން އިސްނަގައިގެން ތިމަރަފުށި އާ އެކުވެރިންގެ ރޫހު ޖަމުއިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި އޮޑި ސްޕޯޓްސް ކުލަބް އަދި ފަޅުމަސް ވާދަކުރި މެޗު ފަޅުމަސް އިން ކާމިޔާބުކޮށްފައިވަނީ 7-10 ގެ ނަތީޖާއަކުންނެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖުގެ ތެރެއިން

މިއަދުގެ މެޗުގައި ފަޅުމަސް އިން މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލު ކާމިޔާބުކޮށްފައިވާއިރު އޮޑި ސްޕޯޓްސް ކުލަބުން މި މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައިވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފަޅުމަސް އިން ފަހު ހާފުގައިވެސް ފަސް ގޯލު ކާމިޔާބުކޮށްފައިވާއިރު މި މެޗުގެ ފަހު ހާފުގައި އޮޑި ސްޕޯޓްސް ކުލަބަށް ކާމިޔާބު ކުރެވިފައިވަނީ ތިން ގޯލެވެ.

ގިނަ ގޯލުތަކެއް ފެނިގެން ދިޔަ މި މެޗުގައި ފަޅުމަސްގެ ޖ.21 މުހައްމަދު އިޔާދު އަލީ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. އަދި ފަޅުމަސް ޓީމުގެ ޖ.5 އަލީ ޝާމިޒް ތިން ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވާއިރު، ޖ،8 އިބްރާހިމް އަސްވާދު އާއި ޖ.9 އަހުމަދު ތޯހިރު ގެ އިތުރުން އަރާޝް އަދްނާން ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

ފަޅުމަސް އަދި އޮޑި ސްޕޯޓްސް ކުލަބް ވާދަކުރި މި މެޗުގައި އޮޑި ސްޕޯޓްސް ކުލަބްގެ ޖ.11 އަބްދުﷲ ޒިޔާން އެ ޓީމަށް ހަތަރު ގޯލު ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމުގެ ޖ،15 އަބްދުﷲ އިލްހާމް އަދި ޖ.10 ސާރިހު ހަސަން ވަނީ ކޮންމެ ކުޅުންތެރިއަކު އެއް ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.

އެފްއޭއާރު ފުޓްސަލް ޗެލެންޖުގެ ތެރެއިން

ތިމަރަފުށީގައި މިހާރު ކުރިއަށްދާ އެފްއޭއާރު ފުޓްސަލް ޗެލެންޖުގައި އޮޑި ސްޕޯޓްސް ކުލަބް އަދި ފަޅުމަސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަޅުމަސްގެ ޖ.21 މުހައްމަދު އިޔާދު އަލީ އެވެ.

ފަޅުމަސް އަދި އޮޑި ސްޕޯޓްސް ކުލަބް ވެސް ވަނީ މި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު