އިންޑިއާގެ ލަދޯވަލް އަވަށުގައި ހުންނަ ޕްލާސްޓިކް ގޮނޑި އުފައްދާ ޔުނިޓެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ރޭ އެތަނުގައި ރޯވުމާއެކު އަލިފާން ނިއްވުމަށް އެތަނަށް އަލިފާން ނިއްވަން ބޭނުން ކުރާ 10 ވެހިކަލް ހަރަކާތްތެެރިވެފައި ވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލިފާންގަނޑު ވަރަށް ބޮޑަަށް ގަދަވިއިރު، ރޯވެ އަނދަމުންދާ މަންޒަރު އެތައް ކިލޯމީޓަރެއް ދުރުން ފެންނަން ހުއްޓެވެ.

ކާޓާ އެންޓަޕްރައިސަސް ނަމަކަށް ކިޔާ އެ ފެކްޓަރީގައި އަލިފާން ރޯވާން ފެށުމުން ފެކްޓްރީގައި މަސައްކަތް ކުރާ މީހުން ވަގުތުން އެކަން ވެރިފަރާތަށް އެންގިއެވެ.

އެ މައުލޫމާތު ލިބުމާއެކު ފެކްޓްރީގެ ވެރިމީހާ އެސަރަހައްދަށް ދިޔައިރު، އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް އެ ހިސާބުގައި ދިރިއޫޅެ މީހުން މީހުން މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ. ނަމަވެސް އަލިފާން ގަނޑު ފެތުރެމުން ދިއުމުން ފަޔާ ބްރިގޭޑަށް ގުޅިއެވެ.

އެވަގުތު ފެކްޓްރީތެރޭގައި އެއްވެސް މީހަކު ނެތުމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ އެ ފެކްޓްރީގައި އެންމެ ތިރީ ފަންގިފިލާގައެވެ.

މި ހާދިސާގެ ސީރިއަސްކަމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތައް ހުސްކުރަން ޖެހުނެވެ.

ލަޑޯވާލް ސްޓޭޝަންގެ ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ހިސާބުގައި ބިރުވެރިކަން އުފެދުނު ކަމަށް ވެއެވެ. އަލިފާނުގެ ހާދިސާގައި އެތައް ލައްކަ ރުޕީސްގެ މުދާ އަނދާފައިވާ ކަމަށް ފަޔަރ އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސެއިން ޝާމް

    ގަސްތުގަ ރޯކޮށްލި ކަމަށް ވާނީ. ޓަހުޤީޤު ކުރަން ޖެހޭނެ.