ޔޫރޯ 2024 ގެ ގުރޫޕު ޗީ ގައި އިންގްލޭންޑް އަދި ސްލޮވޭނިއާ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗު އެއްވަރުވެފައިވަނީ 0-0 އިން އެއްވެސް ތީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ކުޅެމުން އައިސްފައިވަނީ ވަރަށް އާދައިގެ ހަމަހަމަ ކުޅުމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިނގިރޭސިން ކުޅެމުން އައިނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވަނީ ސްލޮވޭނިއާގެ ފަރާތުންނެވެ.

ފުރަތަމަ ހާފުގައި އިންގްލޭންޑުގެ ސަކާ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް މި ލަނޑު ރެފްރީ ވަނީ އޮފްސައިޑު ގޯލެއްގެ ގޮތުގައި ނިންމާފައެވެ. އެހެންކަމުން ރެފްރީ ވަނީ މި ގޯލު ބަލައިނުގަނެ، ސްލޮވޭނިއާ އަށް ޖެހުމަކަށް ދީފައެވެ. މީގެ އިތުރުން ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ޔޫރޯ 2024 ގައި އިންގުލޭންޑު އަދި ސްލޮވޭނިއާ ބައްދަލު ކުރި މެ ޗެުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން އިންގްލޭންޑުން އަވަސް ކުޅުމެއް ކުލެމުން އައި އިރު ގިނަ ވަގުތު އެ ޓީމުން ބޯޅަ ހިފަހައްޓާ ކުޅެމުން އައީ ސްލޮވޭނިއާގެ ހާފުގެ ތެރޭގައެވެ. މިހާފުގައިވެސް ސްލޮވޭނިއާ އިން ކުޅެމުން އައީ ފަހަތަށް ޖެހިގެން ލިބޭ ފުރުސަތު ތަކުގައި ކުރިއަށް އަރާ ހަމަލާތައް އުފައްދައިގެންނެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މި މެޗުގެ ނަތީޖާ އެއްވަރުވުމާއި އެކު މި މެޗުން ލިބުނު ޕޮއިންޓާއި އެކީ އިންގްލޭންޑު ވަނީ ގުރޫޕުގެ އެއްވަނައިގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ. އަދި މި ގުރޫޕުގެ ދެވަނަ މެޗުގައި ޑެންމާކު އަދި ސާބިއާ އެއްވަރުވުމާއި ގުޅިގެން، ޑެންމާކު އަދި ސްލޮވޭނިއާ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ދެ ޓީމުވެސް ގަދަ 16 އަށް ދަތުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު