ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އީގައި ޔޫކްރެއިން އަދި ބެލްޖިއަމް ވާދަކުރާއިރު، މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޔޫކްރެއިން ފުރަތަމަ ކުޅުނު މެޗުން ބަލިވެފައިވާއިރު ދެވަނަ މެޗުން ވަނީ މޮޅު ވެފައެވެ. ބެލްޖިއަމް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުންނައިރު އެ ޓީމުން ފުރަތަަމަ ކުޅުނު މެޗުން ބަލިވެފައި ވާއިރު ދެވަނަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗަށް ޔޫކްރެއިން އަދި ބެލްޖިއަމް ނިކުންނަ އިރު މި ދެ ޓީމު މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައެއް ނުވެއެވެ. ޔޫކްރެއިން އެންމެ ފަހުން އެ ޓީމުން ކުޅެފައިވާ ފަސް މެޗަށް ބަލާލާއިރު، ދެ މެޗުން މޮޅު ވެފައި ވާއިރު، ދެ މެޗުން ވަނީ ބަލި ވެފައެވެ. އަދި އެއް މެޗުން ވަނީ އެއްވަރު ވެފައެވެ. ބެލްޖިއަމް އިން އެންމެ ފަހުން ކުޅުނު 5 މެޗަށް ބަލާލާއިރު ތިން މެޗުން މޮޅު ވެފައިވާއިރު، އެއް މެޗުން އެއް ވަރުވެ އެއް މެޗުން ވަނީ ބަލި ވެފައެވެ.

ޔޫރޯ 2024- ބެލްޖިއަމް އަދި ރޮމޭނިއާ ވާދަކުރި މެޗުގެ ތެރެއިން

ޔޫކްރެއިން މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފުރަތަމަ ވާދަކޮށްފައިވަނީ ރޮމޭނިއާ އާއި ދެކޮޅަށެވެ. މި މެޗުން 0-3 ގެ ނަތީޖާ އަކުން ރޮމޭނިއާ އަތުން ވަނީ ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ސްލޮވޭނިއާ އާއި ދެކޮޅަށް ވާދަކޮށްފައިވާއިރު، މި މެޗުން 1-2 ގެ ނަތީޖާ އަކުން ޔޫކްރެއިން ވަނީ މޮޅުވެފައެވެ.

ބެލްޖިއަމް މިފަހަރުގެ މުބާރާތް ފެށީ ބައްޔަކުންނެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ސްލޮވޭކިއާ އާއި ދެކޮޅަށް ބެލްޖިއަމް އިން ކުޅުނު މެޗުން ބެލްޖިއަމް ބަލި ވެފައިވަނީ 0-1ގެ ނަތީޖާ އަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޮމޭނިއާ އާއި ދެކޮޅަށް ކުޅުނު މެޗު 0-2 ގެ ނަތީޖާ އަކުން ބެލްޖިއަމް ވަނީ ކާމިޔާބުކޮށްފައެވެ.

ޔޫރޯ 2024- ޔޫކްރެއިން އަދި ސްލޮވާކިއާ ވާދަކުރި މެޗުގެ ތެރެއިން

މިރޭގެ މެޗަށް ދެ ޓީމުގެ ފަރާތުން ނިކުންނާނެ ކަމަށް ބެލެވޭ ފުރަތަމަ 11

ޔޫކްރޭން: ޓްރޫބިން؛ ޓިމްޗިކް، ޒަބަރނީ، ސްވަޓޮކް، މަޓްވިއެންކޯ، މައިކޮލެންކޯ؛ ސިގަންކޯވް، ޝަޕަރެންކޯ، ބްރަޒްކޯ، މުޑްރިކް؛ ޔަރެމްޗުކ

ބެލްޖިއަމް: ކެސްޓީލްސް؛ ކަސްޓަގްނޭ، ފޭސް، ވަރޓޮންގޭން، ތިއޭޓް؛ ޓިއެލެމަންސް، އޮނާނާ، ޑި ބްރޫއިން؛ ޑޯކޫ، ލުކާކޫ، ބަކަޔޯކޯ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގެ ފަހު މެޗުތައް ކުޅޭއިރު، މި ގުރޫޕުގެ ހުރިހާ ޓީމެއް ވެސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފައެވެ. މި ގުރޫޕުގެ އެއްވަނައިގައި މިވަގުތު ގޮތީ ރޮމޭނިއާއެވެ. އަދި ގުރޫޕުގެ ދެވަނައިގައި ބެލްޖިއަމް އޮތްއިރު ސްލޮވާކިއާ އޮތީ މި ގުރޫޕުގެ ތިންވަނައިގައެވެ. އަދި މި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ޔޫކްރެއިންއެވެ.