ޔޫރޯ 2024ގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅޭ އިރު ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޕޯޗުގަލް ވަނީ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފައެވެ. ޖޯޖިއާ އޮތީ ގުރޫޕުގެ ފުލުގައެވެ.

މިރޭގެ މެޗަށް ނިކުންނައިރު މުބާރާތުގައި ކުރިއަށް ދިޔުމަށް ޖޯޖިއާ އަށް ވަރަށް ހަނި ފުރުސަތެއް އެބައޮތެވެ. އެއީ ތުރުކީ އަދި ޗެކް ރިޕަބްލިކް ބައްދަލު ކުރާ މެޗުގައި ޗެކް ރިޕަބްލިކް ބަލިވެފައި، އެ ޓީމުން ޕޯޗުގަލް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރުމެވެ.

މިރޭގެ މެޗަށް ޕޯޗުގަލް ނިކުންނައިރު އެ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމަށް މިހާރު މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ލިބިފައި އޮތުމެވެ. އެހެންކަމުން މިރޭގެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް ޕޯޗުގަލަށް ގެއްލުމެއް ނެތެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ޕޯޗުގަލްގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ކޯޗު މި މެޗުގައި ނުކުޅަވާ ރެސްޓްދޭނެއެވެ.

ދެ ޓީމުގެ ބެލެވޭ ފުރަތަމަ 11؛

ޕޯޗުގަލް: ޑިއޮގޯ ކޮސްޓާ، އެންޓޯނި ސިލްވާ، ޑެނީލޯ، ގޮންސާލޯ އިނާޝިއޯ، ނެލްސަން ސެމެޑޯ، ޕަލީނިއާ، ޖާއޯ ނީވްސް، ޑަލޯޓް، ޖާއޯ ފީލިކްސް، ރޮނާލްޑޯ، ފްރޭންސިސްކޯ ކޮސީސޯ

ޖޯޖިއާ: މަމާދަޝްވިލީ، ޝެންގެލިއާ، ޑްވާލީ، ކާޝިއާ، ކްވާކްވެލިއާ، ގޮޗޯލެއިޝްވިލް، ކިޓޭސްވިލީ، ކޮޗޮރަޝްވިލީ، ޗަކްވެޓަޑްޒޭ، ކްވަރަޓްޝީލިއާ ޒިވްޒިވާޑްޒޭ

ޕޯޗުގަލްގެ ކުޅުންތެރިން ލަނޑެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޖޯޖިއާ ޓީމުން މިފަހަރުގެ މުބާރާތުގައި ނަތީޖާ ނުނެރެވުނު ކަމުގައިވީ ނަމަވެސް އެ ތީމުން ވަނީ ތުރުކީއާއެ ދެކޮޅަށް ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ޗެކް ރިޕަބްލިކާ ދެކޮޅަށްވެސް ވަނީ މޮޅު ކުޅުމެއް ދައްކާ މެޗު އެއްވަރެުކޮށްލާފައެވެ. އެހެން ކަމުން ތިން ޕޮއިންޓު ބޭނުންވާނަމަ ޕޯޗުގަލުން މި މެޗު ފަސޭހަކޮށް ނުލާނެއެވެ.

މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖޯޖިއާގެ ކޯޗު ބުނެފައިވަނީ ކޮންމެ ގޮތަކަށް ޕޯޗުގަލް އިން ނެރޭ ޓީމު އޮތް ނަމަވެސް އެ ޓީމުގައި ތިބީ ހުސް ހުނަރުވެރި މޮޅެތި ކުޅުންތެރިން ކަމަށެވެ. ނަމަވެސް އެ ޓީމަށް މުބާރާތުގައި ކުރިއަށް ދިޔުމަށް އޮތް ހަމައެކަނި ގޮތަކީ ޕޯޗުގަލް ބަލި ކޮށްގެން ކަމަށްވާ ނަމަ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކުރާމެ ކަމަށެވެ.

ޕޯޗުގަލް ގެ ކޯޗު ބުނީ މި މެޗަކީ ދެ ޓީމަށް ވެސް މުހިއްމު ދެ މެޗު ކަމަށާއި ނަތީޖާ ނިކުންނަ ގޮތަކުން މުބާރާތުގައި ކުރިއަށް ދެވޭނެ ބަޔަކާއި މުބާރާތާއި އަލްވަދާއު ކިޔާނެ ބައެއް އިނގޭނީ މި މެޗުން ކަމަށެވެ. އެހެން ކަމުން އިދިކޮޅު ޓީމުން ވެސް ރަނގަޅު ފައިޓެއް ދޭނެ ކަމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕޯޗުގަލް އަދި ޖޯޖިއާ ބައްދަލު ކުރާ މި މެޗު އޮންނާނީ މިރޭ ދަންވަރު 00:00 ގައެވެ. މި މެޗު ކުޅޭނީ ޖަރުމަނުގެ ވެލްޓިންސް އެރީނާ ސްޓޭޑިއަމުގައެވެ.