ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ރޭ ނިމިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ފެށޭނެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާއިރު، ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި ދެވަނަ ހޯދި ޓީމާއި އެކު، ގުރޫޕް ސްޓޭޖުގެ ތިން ވަނަ ހޯދި ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރު ހަތަރު ޓީމު މުބާރާތުގެ ދެވަނަ ބުރައް ދަތުރުކޮށްފައި ވާއިރު، މި ޓީމުތަށް މިހާރު ވަނީ ކަށަވަރުވެފައެވެ.

ޔޫރޯ 2024- އިންގްލެންޑް އަދި ޑެންމާކު ވާދަކުރި މެޗުގެ ތެރެއިން

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭ އިން ގަދަ ސޯޅަ ޓީމުގެ ބުރަށް ދަތުރު ކޮށްފައިވަނީ ދެ ޓީމެވެ. މި ގުރޫޕުން ގަދަ ސޯޅަ ޓީމުގެ ބުރަށް ދަތުރުކޮށްފައިވަނީ މި ގުރޫޕުގެ އެއްވަނަ ހޯދާފައިވާ ޖަރުމަނާއި މި ގުރޫޕުގެ ދެވަނަ ހޯދާފައިވާ ސްވިޒަލޭންޑްއެވެ. މި ގުރޫޕުގެ ތިންވަނައިގައި އޮތް ހަންގޭރީއަށް މި ބުރުން ޖާގަ ލިބިފައެއް ނުވެއެެވެ. ގުރޫޕް ބީ އިން ވެސް ގަދަ ސޯޅަ ޓީމުގެ ބުރަށް ދަތުރު ކޮށްފައިވަނީ ދެ ޓީމެވެ. މި ގުރޫޕުން ގަދަ ސޯޅަ ޓީމުގެ ބުރަށް ދަތުރު ކޮށްފައިވަނީ ގުރޫޕުގެ އެއްވަނަ ހޯދި ސްޕެއިން އާއި ގުރޫޕުގެ ދެވަނަ ހޯދި އިޓަލީއެވެ. މި ގުރޫޕުގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ އަށްވެސް ގަދަ ސޯޅަ ޓީމުގެ ބުރުން ފުރުސަތު ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ގުރޫޕް ސީ އިން ތިން ޓީމެއް ވަނީ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ލިބިފައެވެ. މި ގުރޫޕުން ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕުގެ އެއްވަނަ ހޯދި އިންގްލެންޑް އާއި ގުރޫޕުގެ ދެވަނަ ހޯދި ޑެންމާކުގެ އިތުރުން ގުރޫޕުގެ ތިންވަނަ ހޯދި ސްލޮވޭނިއާއެވެ. ގުރޫޕް ޑީ އިން ވެސް ތިން ޓީމެއް ވަނީ ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ. ގުރޫޕް ޑީ އިން ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕުގެ އެއްވަނަ ހޯދި އޮސްޓްރިއާ އާއި ގުރޫޕުގެ ދެވަނަ ހޯދި ފްރާންސްގެ އިތުރުން ގުރޫޕުގެ ތިން ވަނަ ހޯދި ނެދަލެންޑްސްއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީ އިން ވެސް ތިން ޓީމެއް ގަދަ ސޯޅަ ޓީމުގެ ބުރުން ފުރުސަތު ހޯދާފައިވާއިރު، މި ގުރޫޕުން އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ރޮމޭނިއާއެވެ. އަދި ދެވަނަ ހޯދައިގެން ބެލްޖިއަމްވެސް ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވާއިރު ދެން މި ގުރޫޕުން ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕުގެ ތިން ވަނަ ހޯދައިގެން ސްލޮވާކިއާއެވެ. ގުރޫޕް އެފްގެ އެއް ވަނަ ހޯދައިގެން ޕޯޗުގަލް ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވާއިރު، ދެން މި ގުރޫޕުން ގަދަ ސޯޅަ ޓީމުގެ ބުރުން ޖާގަ ހޯދާފައިވަނީ ގުރޫޕުގެ ދެވަނަ ހޯދައިގެން ތުރުކީ އާއި ގުރޫޕުގެ ތިން ވަަނަ ހޯދައިގެން ޖޯޖިއާއެވެ.

ޔޫރޯ 2024- ގުރޫޕް ސްޓެޖުގައި ޕޯޗުގަލް އަދި ޖޯޖިއާ ވާދަކުރި މެޗުގެ ތެރެއިން, ހުއިޗާ ކަވަރަޓްސްހެއިލާ

ގަދަ ސޯޅަ ޓީމުގެ ބުރުގެ މެޗުތަށް

  • އިޓަލީ - ސްވިޒަލޭންޑް
  • ޖާމަނީ - ޑެންމާކު
  • އިންގްލެންޑް - ސްލޮވާކިއާ
  • ސްޕެއިން - ޖޯޖިއާ
  • ފްރާންސް - ބެލްޖިއަމް
  • ޕޯޗުގަލް - ސްލޮވޭނިއާ
  • ރޮމޭނިއާ - ނެދަލެންޑްސް
  • އޮސްޓްރިއާ - ތުރުކީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ވާދަކުރާ ޓީމުތަށް ފައިނަލް ވެފައިވާއިރު މި ބުރުގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި ބުރުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަދި އިޓަލީ ވާދަ ކުރާ މެޗު ކުޅޭއިރު، މި މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00ގައެވެ. އަދި ދެވަނަ މެޗު އެ ރޭ ރާއްޖެގަޑިން ދަންވަރު 12:00 ގައި ފަށާއިރު، މި މެޗުގައި ވާދަކުރާނީ ޖާމަނީ އާއި ޑެންމާކެވެ.