ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޖިއާ އަދި ޕޯޗުގަލް ވާދަކުރި މެޗު ޖޯޖިއާ އިން ކާމިޔާބު ކުރުމާއި އެކު އެގައުމުގެ ރައްޔިތުން އުފާފާޅު ކުރުމަށް މަގުތަކަށް ނިކުމެއްޖެއެވެ.

ޖޯޖިއާގެ ހަޔާތުގައި އެ ޓީމުން ފުރަތަމަ ފަހަރަށް ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް އާއި ވާދަކުރި މެޗު ކާމިޔާބުކޮށް އެ ޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖު ޖޯޖިއާ އިން ނިންމާލާފައިވަނީ ގުރޫޕުގެ ތިން ވަނަ ހޯދައިގެންނެވެ.

ޖޯޖިއާ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޯދި ކާމިޔާބީ އެގައުމުގެ ރައްޔިތުން ފާހަގަ ކުރަނީ

ޔޫރޯ ފުޓް ބޯޅަ މުބާރާތަށް ޖޯޖިއާ ޓީމު ކޮލިފައިވީ ހިސާބުން އެ ގައުމުގެ ރައްޔިތުން ވަނީ ޖޯޖިއާ ޓީމުގައި ތިބީ ބަތޮލުން ކަމުގައި ފާހަގަކޮށް، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުންވެސް އެއީ އެ ޓީމުން ހޯދި ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކޮށްފައެވެ. ރޭ ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗު ނިމު ވާއިއެކު ޖޯޖިއާގެ ރައްޔިތުން ވަނީ އެ ގައުމުގެ ވެރިރަށް ޓްބިލިސީ ގައި އެ ގައުމުގެ ދިދަ ހިފައިގެން މަގުމައްޗަށް ނިކުމެ ހަވާ އެރުވުމާއި އެކު މަގުތަކުގައި އުފާފާޅުކޮށްފައެވެ. އަދި މީގެ އިތުރުން ޖޯޖިއާގެ ސިޔާސީ ވެރިންނާއި އެގައުމުގެ ވިޔަފާރިވެރިން ދަނީ އެ ގައުމުގެ ފުޓްބޯޅަ ޓީމަށް އަގު ބޮޑެތި ހަދިޔާ ހުށައަޅަމުންނެވެ.

ޖޯޖިއާ ފުޓްބޯޅަ ޓީމުން މި ހޯދި ކާމިޔާބާއި އެކު އެ ގައުމުގެ ރައްޔިތުން އުފާފާޅު ކުރަމުން ދާއިރު، މި ހަރަކާތް ތަކުގައި އެ ގައުމުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. މިގޮތުން އެ ގައުމުގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ. ޖޯޖިއާ އަށް މި ލިބުނު ކާމިޔާބާއި އެކު އެ ގައުމުގެ ބޮޑު ވަޒީރު އިރާކްލީ ކޮބަހިޑްޒޭ ފާހަގަ ކުރެއްވި ގޮތުގައި މީ އެ ގައުމަށް ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމުގައެވެ. އަދި ޖޯޖިއާގެ ކުޅުންތެރިންނަކީ އާދައިގެ ބައެއްގެ ގޮތުގައި ބެލެން ނެތް ކަމަށާއި އެ އާދަޔާ ހިލާފު ބައެއްކަމުގައި ބޮޑު ވަޒީރު ކޮބަހިޑްޒޭ ވަނީ ފާހަގަ ކުރައްވާފައެވެ.

ޖޯޖިއާ އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޯދި ކާމިޔާބީ އެގައުމުގެ ރައްޔިތުން ފާހަގަ ކުރަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮޗުގަލް އަދި ޖޯޖިއާ ވާދަކުރި މެޗު ނިމިގެން ދިއައީ 0-2 ގެ ނަތީޖާ އަކުން ޖޯޖިއާ ކުރި ހޯދައިގެންނެވެ. މިއާއި އެކު ޖޯޖިއާ ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ލިބިގެން ގޮސްފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ތުރުކީ އަތުން ޖޯޖިއާ ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެ ޓީމުން ވަނީ ޗެކްރިޕަބްލިކް އާއި އެއްވަރުކޮށްފައެވެ. ގުރޫޕް ސްޓޭޖު ނިމުނު އިރު ޖޯޖިއާ އަށް ލިބުނު ހަތަރު ޕޮއިންޓާއި އެކު އެ ޓީމަށް ގުރޫޕުގެ ތިންވަނަ ލިބި ދެވަނަ ބުރަށް ވަނީ ކޮލިފައިވެފައެެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޖޯޖިއާ ވާދަކުރަން ޖެހޭނީ ސްޕެއިން އާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:00 ގައެވެ.