ސްޕެއިން އަދި ރިއަލްމެޑްރިޑްގެ ޑިފެންޑަރު ހޯސޭ އިގްނާސިއޯ ފާނެންޑޭސް އިގްލެސިއާސް (ނާޗޯ) ރިއަލްމެޑްރިޑް ދޫކޮށް ސައުދީގެ އަލް ގަދްސިއާ އަށް ބަދަލުވާން ނިންމައިފިއެވެ.

ތޭވީސް އަހަރަށް ފަހު ނާޗޯ ރިއަލްމެޑްރިޑް ދޫކޮށްލާފައިވާއިރު، ނާޗޯ ސައުދީއަށް ދާނީ މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތް ނިމުމުންނެވެ. ސައުދީގެ ފަސްޓް ޑިވިޝަންގެ 2023-2024 ގެ ޗެމްޕިއަންކަން ހޯދާފައިވާ އަލް ގަދްސިއާ އާއި ގުޅެން ނިންމާފައިވާކަން އެ ޓީމުން ވަނީ އިއްޔެ ހާމަކޮށްފައެވެ.

ރިއަލް މެޑްރިޑް އަދި ސްޕެއިންގެ ޑިފެންޑަރ ނާޗޯ

ނާޗޯ ރިއަލް މެޑްރިޑް އާއި ގުޅިފައިވަނީ 2001 ވަނަ އަހަރު ޔޫތް ޕްލޭޔާއެއްގެ ގޮތުގައެވެ. އަދި އެއަށްފަހު ސީނިއާ ޓީމަށް ނާޗޯ ކުޅެން ފަށާފައިވަނީ 2011 ވަނަ އަހަރެވެ. ސްޕެއިން އަށް އުފަން ނާޗޯ ރިއަލް މެޑްރިޑް އާއި އެކު ހަ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހަތަރު ފަހަރު މަތިން ލަލީގާ ވެސް ވަނީ ހޯދާފައެވެ. އަދި މީގެ އިތުރުން ދެ ފަހަރެއްގެ މަތިން ކޮޕަ ޑެލްރޭވެސް ނާޗޯ ވަނީ ރިއަލް މެޑްރިޑްއާއި އެކު ހޯދާފައެވެ.

އުމުރުން 34 އަހަރުގެ ނާޗޯ މިވަގުތު ހުރީ ސްޕެއިންގެ ގައުމީ ޓީމާއި އެކު ޖަރުމަނުގައެވެ. މިފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލާފައިވާ ސްޕެއިންގެ ޓީމުން ނާޗޯ އަށް ވަނީ ފުރުސަތު ލިބިފައެވެ. ނާޗޯ އަލް ގަދްސިއާ އަށް ބަދަލުވާން ނިންމާފައިވާއިރު، އެ ޓީމު ސައުދީގެ ޓޮޕް ލީގަށް ޕްރޮމޯޓް ވެފައި ވަނީ މިއަހަރުއެވެ.

ރިއަލް މެޑްރިޑް އަދި ސްޕެއިންގެ ޑިފެންޑަރ ނާޗޯ

ނާޗޯ ސައުދީގެ ލީގަށް ބަދަލުވާން ނިންމާފައިވާއިރު، 2022 ވަނަ އަހަރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވި ފަހުން ގިނަ އަދަދެއްގެ ހައި ލެވެލްގެ ކުޅުނުތެރިން ދަނީ ސައުދީ ލީގާއި ގުޅެމުންނެވެ. މިދިޔަ ސީޒަންގައި ހަތަރު ވަނަ އަށް ޓްރާންސްފާ އަށް ހަރަދު ކުރި ލީގަކީ ސައުދީ ޕްރޯ ލީގެވެ.

ރޮނާލްޑޯގެ އިތުރުން ކަރިމް ބެންޒިމާ އާއި ސާޑިއޯ މާނޭ ގެ އިތުރުން ބްރެޒިލްގެ ތަރި ނޭމާވެސް ކުޅެމުން އަންނަނީ ސައުދީ ލީގުގައެވެ. ސައުދީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެ ގައުމުގެ އެންމެ ބޮޑު ލީގު، ސައުދީ ޕްރޯ ލީގުގެ ޓީމު ތަކަށް މަޝްހޫރު ގިނަ ކުޅުންތެރިން ހޯދުމަށް އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު